ފެށުން 4:4 - ކިތާބުލް މުޤައްދަސާ4 ހާބީލް ވެސް މާތްރަސްކަލާނގެ ކިބަފުޅަށް ހުށަހެޅުމަށްޓަކައި އޭނާގެ ކަންބަޅިބަކަރިތަކަށް ލިބުނު ފުރަތަމަ ދަރިންތައް ކަތިލައި އޭގެ އެންމެ މަސްހުރި ރަނގަޅު ބައިތައް ގެނައެވެ. މާތްރަސްކަލާނގެ ހާބީލް އާއި، އެކަލާނގެ ކިބަފުޅަށް ހުށައެޅުމަށްޓަކައި އޭނާ ގެނައި ތަކެއްޗާ މެދު، ރުހިވޮޑިގެންވިއެވެ. အခန်းကိုကြည့်ပါ။ |
ހާބީލްއަށް ޤާޔިނަށް ވުރެން ރަނގަޅު ޤުރުބާނީއެއް ވެދުން ކުރެވުނީ އޭނާގެ ކިބައިގައި މާތްރަސްކަލާނގެއާ މެދު އޮތް އީމާންތެރިކަމެއްގެ ބޮޑުކަމުންނެވެ. އޭނާ ކުރި މި ވެދުންތަކުގެ ސަބަބުން އޭނާއަކީ ޞާލިޙު މީހެއްކަމުގައި މާތްރަސްކަލާނގެ ވަޙީކުރެއްވިއެވެ. ހާބީލް މިހާރު މަރުވެ ގޮސްފައިވީ ނަމަވެސް އޭނާގެ އީމާންތެރިކަން އޭނާގެ މަތިން އަދިވެސް ވާހަކަ ދައްކައެވެ.
އެކަމަކު ޞަމޫއީލްގެފާނު ވިދާޅުވިއެވެ. ”މާތްރަސްކަލާނގެއަށް ޤުރުބާންކޮށް ވެދުން ހުށަހެޅީމަ އެކަލާނގެ މާބޮޑު އުފާފުޅެއް ވޭތަ؟ އެކަލާނގެއަށް ޤުރުބާނީއެއް ހުށަހެޅުމަށް ވުރެން އެކަލާނގެއަށް މުހިންމީ ކިޔަމަންތެރިކަން. ފިރިހެން ކަންބަޅިއެއްގެ ބޮޑު ސަރުބީގަނޑެއް އަންދައި އެކަލާނގެ އަށް ކުރާ ވެދުމަކަށް ވުރެން އެކަލާނގެއަށް ކިޔަމަންތެރިކަން އަދާ ކުރުން މާ މުހިންމު.