Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 4:20 - ކިތާބުލް މުޤައްދަސާ

20 ޢާދަތު ވިހޭ ފިރިހެން ދަރިފުޅުގެ ނަމަކީ ޔާބާލް އެވެ. މީނާއަކީ ގެރި ބަކަރިއާއި ޖަމަލާއި ހިމާރުފަދަ ތަކެތި ބަލަހައްޓާ ފޭލިގެތަކުގައި ދިރިއުޅުނު ފުރަތަމަ މީހުންގެ ކާބަފައިކަލުންނެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 4:20
10 ပူးပေါင်းရင်းမြစ်များ  

ދެ ދަރިކަލުން ބޮޑުވަމުން ދިޔައެވެ. އެ ދެ ދަރިކަލުން ތެރެއިން ޢީސޫ ޝިކާރަ ކުރުމުގެ ކުޅަދާނަ ބޭފުޅަކަށް ވިއެވެ. އަދި ހާމަކަންބޮޑު ދަނޑުތަކުގެ ތެރޭގައި އުޅުމަށް ލޯބި ކުރެއްވިއެވެ. ނަމަވެސް ޔަޢުޤޫބުގެފާނު ވީ ބަސްމަދު ބޭފުޅެއްގެ ގޮތުގައެވެ. އަދި އެކަލޭގެފާނު ގިނަ ވަގުތު ފޭލިގެކޮޅު ކައިރީގައި ހޭދަކުރެއްވުމަށް ލޯބި ކުރެއްވިއެވެ.


ލާމިކު ކައިވެނިކުރީ ދެ އަންހެނުންނާއެވެ. އެކަކުގެ ނަމަކީ ޢާދަތު އެވެ. އަނެކަކުގެ ނަމަކީ ޞިއްލަތު އެވެ.


އެއަށް ފަހު ވެސް ޙައްވާގެފާނަށް އިތުރު ފިރިހެން ދަރިކަލަކު ލިބިވަޑައިގެންނެވިއެވެ. އެދަރިކަލުންނަށް ހާބީލްގެ ނަމުން ނަންދެއްވިއެވެ. މިދެބޭން ބޮޑުވުމަށް ފަހު ހާބީލް ކުރަންފެށި މަސައްކަތަކީ ކަންބަޅިބަކަރި ބެލެހެއްޓުމެވެ. ޤާޔީން ކުރަނީ ދަނޑުވެރިކަމެވެ.


މީނާގެ ފިރިހެން ކޮއްކޮގެ ނަމަކީ ޔޫބާލް އެވެ. އޭނާއަކީ އޫދާއި ފުމޭއޮނުން މިޔުޒިކު ކުޅުނު ފުރަތަމަ މީހުންގެ ކާބަފައިކަލުންނެވެ.


ކަލޭމެންގެ ބައްޕައަކީ ޝައިތާނާ. ކަލޭމެންނަކީ އޭނާގެ މީހުން. ކަލޭމެން ކުރަނީ ކަލޭމެންގެ ބައްޕަ އުފާވާފަދަ ކަންތައް. ފެށުނީއްސުރެން ވެސް ޝައިތާނާއަކީ ގާތިލެއް. އޭނާއަކީ ތެދާ ދެކޮޅުވެރިވާ މީހެއް. އޭނާގެ ކިބައިގައި ތެދުވެރިކަމެއް ނުވާނެ. އޭނާ ހަދާނީ މުޅީން ވެސް ދޮގު. އެކަމުން ޝައިތާނާގެ އަސްލު ހާމަވެގެންދޭ. ޝައިތާނާއަކީ ދޮގުވެރިއެއް. ޝައިތާނާ އެއީ ދޮގުގެ ބައްޕަ ވެސް މެ.


އިބްރާހީމްގެފާނު، ވަޢުދު ކުރެއްވުނު ޤައުމުގައި ބީރައްޓެއްސެއްގެ ގޮތުގައި އުޅުއްވީވެސް އެކަލޭގެފާނުގެ އީމާންތެރިކަމުގެ ސަބަބުންނެވެ. އެރަށުގައި އެކަލޭގެފާނު ދިރި އުޅުއްވީ ފޭލިގެގަނޑެއްގައެވެ. ޔަޢުޤޫބުގެފާނާއި އިސްޙާޤުގެފާނު ވެސް އުޅުއްވީ އެފަދަ ހާލުކޮޅެއްގައެވެ. އެ ދެބޭކަލުންނަށް ވެސް ވަނީ ހަމަ އެއް ވަޢުދުފުޅެއް ކުރައްވާފައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ