ފެށުން 4:15 - ކިތާބުލް މުޤައްދަސާ15 މާތްރަސްކަލާނގެ އޭނާއަށް ވަޙީކުރެއްވިއެވެ. ”އެއްގޮތަކަށް ވެސް ތިޔަހެނެއް ނުވާނެ. އެއްވެސް މީހަކު ޤާޔީން މަރާލައިފިނަމަ އެމީހެއްގެ ކިބައިން އެކަމުގެ ބަދަލު ހަތް ގުނައަށް ހިފޭނެ.“ އަދި ޤާޔީން ފެންނަ އެއްވެސް މީހަކު އޭނާ މަރާނުލާނެކަން ސާބިތުކޮށްދިނުމުގެ ގޮތުން މާތްރަސްކަލާނގެ އޭނާގެ ގައިގައި ފާހަގައެއް ޖެއްސެވިއެވެ. အခန်းကိုကြည့်ပါ။ |
އެބައިމީހުން ކަނޑު ދާއްބައަށާއި އޭތީގެ ސޫރައަށް އަޅުކަންކޮށް އަދި އޭތީގެ ނަމުގެ ނިޝާން ޖަހާފައިވާނަމަ، އެބައިމީހުންނަށް ދުވާލާއި ރޭގަނޑު ޢުޤޫބާތް ދެއްވުމުގައިވާނެ. އެބައިމީހުންނަށް ދެވޭ ޢުޤޫބާތުގެ ދުންތައް އަބަދާއި އަބަދު މައްޗަށް އަރައަރާ ހުންނާނެމެ. އަދި އެބައިމީހުންނަށް އަރާމުކޮށްލުމަށް ވަގުތެއް ނުމެލިބޭނެ.“