Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 4:14 - ކިތާބުލް މުޤައްދަސާ

14 މިއަދު އިނބަރަސްކަލާނގެ މިއަޅާ މި ބިމުން ތިޔަ ފޮނުއްވާލައްވަނީ. އަދި މިއަދުން ފެށިގެން މިއަޅާއަށް ޖެހޭނީ އިނބަރަސްކަލާނގެ ކިބަފުޅާ ދުރުގައި ފިލައިގެން އުޅެން. މިއަޅާ ވާނީ ލާހޫރޭ މީހަކުކަމުގައި. މިއަޅާ އެފަދަ ޙާލެއްގައި ވަނިކޮށް މީހަކަށް ފެނިއްޖެ ނަމަ އެމީހަކު މިއަޅާ މަރާ ވެސް ލާނެ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 4:14
27 ပူးပေါင်းရင်းမြစ်များ  

އެއަށް ފަހު ދާއިމީ ޙަޔާތުގެ ގަހުގެ ކައިރިއަށް ދެވެން އޮންނަ މަގު ބަންދު ކުރެއްވުމަށް ޢަދަންގެ އިރުމަތީ ފަރާތުގެ ބޭރުގައި މަތިވެރިރަސްކަލާނގެ ހުރަހެއް ލެއްވިއެވެ. މިހުރަހަކީ ކަރޫބީމު މަލާއިކަތުންގެ ވަފުދަކާއި، އަދި ދެކޮޅަށް ހޫރިހޫރި ހުންނަ އަލިފާނުގެ ކަނޑިއެކެވެ.


ޤާޔީން މާތްރަސްކަލާނގެ ކިބަފުޅަށް ދެންނެވިއެވެ. ”⁠ތިޔަ އަދަބަކީ މިއަޅާއަށް ކެތްކުރެވޭ ވަރުގެ އަދަބެއް ނޫން.


މިހާރު ގަބީލާގެ އެންމެން އަޅުގަނޑާ ދެކޮޅުވެއްޖެ. އެމީހުން ބުނަނީ ’⁠ކަލޭގެ ދަރިފުޅު މަރާލި ދަރި ތިމަންމެންނާ ހަވާލު ކުރާށޭ. ތިމަންމެން ބޭނުންވަނީ އޭނާ މަރާލާށޭ. އެގޮތަކީ އޭނާއަކީ އޭނާގެ ކޮއްކޮ މަރާފައި ހުރި މީހެއް.⁠‘ އަޅުގަނޑުގެ އެދަރިފުޅަކީ އާއިލާގެ ހުޅުކޮޅުގެ އެންމެ ފަހު ކަނިކޮޅު. އެ ދަރިފުޅު މަރުވެއްޖެއްޔާ އެހުޅުކޮޅު އެއްކޮށް ނިވިދާނެ. އަޅުގަނޑުގެ ދިރިހުރިހާ ވެސް ކުއްޖަކީ އެއީ. އޭނާގެ ބައްޕަގެ މުދަލުގެ ވާރިސަކަށް ހުރީ އޭނާ. އޭރުން އަޅުގަނޑުގެ މަރުހޫމު ފިރިމީހާގެ މުދާ ލިބޭނީ ހިލޭ މީހަކަށް. އޭނާގެ ނަމާއި އާއިލާ ވެސް ބިންމަތީން ފުހެވިގެން ހިނގައިދާނެ.⁠“


ނުބައިމީހާ މުސީބާތެއްގައި ފުނޑުފުނޑުވެއެވެ. ހެޔޮމީހާއަށް މަރުމަތީގައި ވެސް ރައްކާތެރިކަމުގެ ޔަޤީންކަން ލިބިގެންވެއެވެ.


ނުލަފާ މީހުން ފައްސާނުލިޔަސް ދުވެ ފިލައެވެ. ހެޔޮ މީހުން ސިންގާއެއްހާ ހިތްވަރު ގަދައެވެ.


އެއަށް ފަހު ރަސްގެފާނުގެ ވާތްފަރާތުގައި ތިބި މީސްތަކުންނަށް ވިދާޅުވާނެ. ’⁠އަހަރެންގެ ކައިރިން ދުރަށް ދޭ. ކަލޭމެން ވަނީ މާތްރަސްކަލާނގެ ކޯފާގެ ދަށުގައި! ޝައިތާނާ އަށާއި އޭނާގެ ބައިވެރިންނަށް ތައްޔާރު ކުރެވިފައިވާ ނިމުމެއް ނުވާ އަލިފާނުގެ ތެރެއަށް ވެއްޓިގަތުމަށް ދޭ.


އެއަށް ފަހު އީސާގެފާނު ވިދާޅުވިއެވެ. ”⁠މިފަދަ މީހުން އަބަދުގެ އަބަދަށް ޢުޤޫބާތުގައި ދެމިގެންވާނެ. ނަމަވެސް މާތްރަސްކަލާނގެ ރުހިވޮޑިގަތުން ލިބިގެންވާ ހުރިހާ އެންމެންނަށް ނިމުންނުވާ ޙަޔާތެއް ލިބިދޭނެ.⁠“


އެބައިމީހުންނަށް ދެއްވާނޭ ޢުޤޫބާތަކީ ނިމުމެއްނެތް ހަލާކެވެ. އަދި އެބައިމީހުން ވާނީ މާތް ސާހިބާއާއި އެކަލޭގެފާނުގެ ޖަލާލަތުކަމުގެ ބާރުފުޅުން އެއްކިބާ ކުރެވިގެންނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ