12 ކަލޭ ދަނޑު ހައްދަން އުޅުނަސް ކަލެއަކަށް އެ ބިމަކުން ފައިދާއެއް ނުލިބޭނެ. ކަލޭ ވާނީ ގެދޮރުނެތި އެތަންމިތަނުގައި ލާހޫރޭ މީހަކަށް.“
ޤާޔީން މާތްރަސްކަލާނގެ ކިބަފުޅަށް ދެންނެވިއެވެ. ”ތިޔަ އަދަބަކީ މިއަޅާއަށް ކެތްކުރެވޭ ވަރުގެ އަދަބެއް ނޫން.
މިއަދު އިނބަރަސްކަލާނގެ މިއަޅާ މި ބިމުން ތިޔަ ފޮނުއްވާލައްވަނީ. އަދި މިއަދުން ފެށިގެން މިއަޅާއަށް ޖެހޭނީ އިނބަރަސްކަލާނގެ ކިބަފުޅާ ދުރުގައި ފިލައިގެން އުޅެން. މިއަޅާ ވާނީ ލާހޫރޭ މީހަކުކަމުގައި. މިއަޅާ އެފަދަ ޙާލެއްގައި ވަނިކޮށް މީހަކަށް ފެނިއްޖެ ނަމަ އެމީހަކު މިއަޅާ މަރާ ވެސް ލާނެ.“
މީހަކު މަރާލިމީހާ އެކޮންނަނީ އޭނާގެ އަމިއްލަ ކަށްވަޅެވެ. އޭނާއަށް ރައްކާތެރިކަން ދޭން ނޫޅޭށެވެ.