Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 39:9 - ކިތާބުލް މުޤައްދަސާ

9 އަހަރެންނަށް ވުރެން ވަކިން އިސްފަރާތެއް މި ގަނޑުވަރުގައި އަހަރެންގެ ސާހިބާއަށް ނުވޭމެ. އޭނާ ހަމައެކަނި އަހަރެންނަށް ދީފައިނުވަނީ ކަނބުލޭގެ. ސަބަބަކީ ކަނބުލޭގެއަކީ އޭނާގެ އަނބިމީހާ. ވީއިރު، ތިޔަފަދަ ވަޙުޝީ ނުބައި ކަމެއް ކުރެވޭނީ ކިހިނަކުން؟ ތިޔަފަދަ އަމަލުތަކަކީ މާތްކަލާނގެ ކިބަފުޅަށް އުރެދި ކުރެވޭ ފާފައެއް ވެސްމެ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 39:9
34 ပူးပေါင်းရင်းမြစ်များ  

އެރަށުގެ މީހުންނަކީ މާތްރަސްކަލާނގެ މަނާކުރައްވާފައިވާ ނުބައި ނުލަފާ ކަންތައްކުރާ ނުބައި ބަޔެކެވެ.


ނަމަވެސް އެއްރެއަކު ހުވަފެނެއްގައި މާތްކަލާނގެ އަބީމާލިކަށް ވަޙީކުރެއްވިއެވެ. ”⁠ކަލޭގެ ގާތަށް ތިޔަ ގެނައި އަންހެނާއަކީ މީހެއްގެ އަނތްބެއް. ކަލޭގެ ތިޔަ އަމަލުގެ ސަބަބުން ކަލޭ މަރުވެދާނެ.⁠“


އެއަށް ފަހު ހުވަފެނުގައި މާތްކަލާނގެ ވަޙީކުރެއްވި. ”⁠ކަލޭގެ ކުށެއް ނެތްކަން ތިމަންކަލާނގެ ދެނެވޮޑިގެންވަމު. ކަލޭ އޭނާއާ އެކު އެއްދާން ކުރުމުގެ ކުރިން ކަލޭ އެ ފާފައިން ތިމަންކަލާނގެ މި ދުރުކުރެއްވީ އެހެންވެ.


ދެން އަބީމާލިކުގެ ގާތަށް އިބްރާހީމްގެފާނު ގެންނަވައި ވިދާޅުވިއެވެ. ”⁠ކަލޭގެފާނު ތިޔަ ކުރެއްވީ ކޮންފަދަ ކަމެއް؟! އަހަރެންގެ ރަސްކަމާއި އަދި މި ޤައުމުގެ މައްޗަށް މިފަދަ ބޮޑު މުސީބާތެއް ޖެހުމަށް ކަލޭގެފާނު ބޭނުންފުޅުވީ އަހަރެން ކަލޭގެފާނާމެދު ކޮންކަމެއް ކޮށްގެންކަން ބުނެދެއްވަ ބައްލަވާ؟ މިއީ އިންސާނުން ކުރާ ކަހަލަ ކަންތައްތޯ؟


އެއްދުވަހަކު އިބްރާހީމްގެފާނު އެކަލޭގެފާނުގެ ގޭގެ ކަންތައް ބަލަހައްޓާ އެންމެ ދުވަސްވީ ޚާދިމަށް ވިދާޅުވިއެވެ. ”⁠އަހަރެންގެ ދަރިފުޅު އިސްޙާޤުގެ ކައިވެންޏަށް މި ކަންޢާނުގެ އަންހެން ކުދިންގެ ތެރެއިން އަންހެން ކުއްޖަކު ޚިޔާރު ނުކުރުމަށް އަހަރެންގެ ފަލަމަސްގަނޑުގެ ދަށުގައި އަތްޖައްސައި އުޑުތަކާއި ބިންތަކުގެ ވެރި ރަސްކަލާނގެ، މާތްކަލާނގެ ގަންދީ ހުވާކުރޭ.


ނަމަވެސް ފޫޠީފާރުގެ އަނބިމީހާ ކުރުނުކޮށް ދުވަހުން ދުވަހަށް އެކަނބުލޭގެ އާއި އެކު އުޅުމަށް އެދި ޔޫސުފުގެފާނަށް ވަސްވާސް ދެމުން ގެންދިޔައެވެ. އެކަމަކު އެކަނބުލޭގެ އާއިއެކުގައި ޖިންސީގުޅުން ހިންގުމަށް އެކަލޭގެފާނު އިންކާރު ކުރެއްވިއެވެ. އަދި އޭނާއާ އެކު ވަގުތު ހޭދަކުރާކަށް ވެސް އެއްބަސްފުޅެއް ނުވިއެވެ.


އެހެންވީމާ، އަހަރެންގެ ގަނޑުވަރުގެ ކަންތައްތައް ހިންގައި ބެލެހެއްޓުމަށް އަހަރެން ތިބާ ޢައްޔަން ކުރަން. ހުރިހާ އެންމެން ތިބާއަށް ކިޔަމަންތެރިކަން އަދާކުރާނެ. އަދި އަހަރެން ފިޔަވައި ތިބާއަށް ވުރެން ވަކިން އިސްމީހަކު މި ތަނުގައި ނުހުންނާނެމެ.⁠“


ތިންވަނައަށް ވީ ދުވަހު ޔޫސުފުގެފާނު އެބައިމީހުންނަށް މިފަދައިން ވިދާޅުވިއެވެ. ”⁠އަހަރެން މާތްކަލާނގެ ކިބަފުޅަށް ބިރުވެތިވަމު. އަހަރެން މިބުނާ ޝަރުތާ އެއްގޮތަށް ކަލޭމެން އަމަލުކޮށްފިނަމަ ކަލޭމެންނަށް ދިރިހުރުން ލިބިދޭނެ.


ދެން އޭނާގެ ހިތާމައިގެ ދުވަސްތައް ނިމުމުން ދާއޫދުގެފާނު އޭނާ ގަނޑުވަރަށް ގެންނަވައި ކައިވެނި ބައްލަވައިގެންފިއެވެ. އެއަށް ފަހު ދާއޫދުގެފާނަށް އޭނާ ދަރިޔަކު ވިހައިފިއެވެ. އެކަމަކު މިހިނގި ކަންތަކާ މެދު މާތްރަސްކަލާނގެ ރުހިވޮޑިއެއް ނުގެންނެވިއެވެ.


ދެން ދާއޫދުގެފާނު ނާޘާންއަށް ވިދާޅުވިއެވެ. ”⁠އަހަރެންނަށް މާތްރަސްކަލާނގެ ކިބަފުޅަށް ފާފަ ކުރެވިއްޖެ!⁠“ ދެން ނާޘާން ދާއޫދުގެފާނަށް ދެންނެވިއެވެ. ”⁠އެހެންނަމަވެސް މާތްރަސްކަލާނގެ ކަލޭގެފާނަށް އަފޫ ކުރައްވައިފި. ކަލޭގެފާނުގެ ތިޔަފާފައިގެ ސަބަބުން މަރުނުގެންނެވުމަށް އެކަލާނގެ ހިންމަވައިފި.


މީހެއްގެ އަނތްބަކާއެކު އުޅުމަކީ އެފަދަ ކަމެކެވެ. އެމީހަކަށް އެކަމުގެ ޢުޤޫބާތް ލިބޭނެއެވެ.


ޒިނޭ ކުރާ މީހާ ހާދަ މޮޔައެވެ. އޭނާ އެހަލާކު ކޮށްލަނީ އޭނާގެ އަމިއްލަ ދިރިއުޅުމެވެ.


ނަމަވެސް އެކަންތައް ކުރެވެނީ ގޯސްކޮށް ކަން ނޭނގި ކަންތައްކުރާ މީހަކަށް ދެވޭ އަދަބު ކުޑަވާނެ. ގިނައިން ދެވިފައިވާ މީހެއްގެ އަތުން ލިބެންވާ ވަރު ވެސް ބޮޑުވާނެ. އަދި ގިނައިން ހަވާލު ކުރެވިފައިވާ މީހެއްގެ އަތުން އަތުލެވޭ ވަރު ވެސް ބޮޑުވާނެ.⁠“


އަދި ސާހިބުންނަށް މަކަރު ނުހަދާށެވެ. އެމީހުން ވާންޖެހޭނީ ތެދުވެރިކަމާ އިތުބާރާއިއެކު ފުރިހަމައަށް މަސައްކަތްކުރާ ބަޔަކަށެވެ. މިހެން ވެއްޖެނަމަ މާތްރަސްކަލާނގެ އަދި އަހަރެމެން ދިންނަވާ ފަރާތުގެ އުނގަންނައި ދިނުންތަކަށް އެންމެންގެ ފަރާތުން މަތިވެރި ގަދަރެއް ލިބޭނެއެވެ.


ކައިވެންޏަށް އެންމެން ވެސް އިޙްތިރާމް ކުރަންވާނެއެވެ. އަބަދުވެސް ބައިވެރިޔާއަށް ވަފާތެރި ވާންވާނެވެ. އެހެނީ ކައިވެނީގައި ބޭވަފާތެރިވާ މީހުންނާއި ވަހުޝީ މީހުންނަށް މާތްރަސްކަލާނގެ ޢަޒާބު ދެއްވާނެއެވެ.


މާތްރަސްކަލާނގެ ދަރިންގެ ގޮތުގައިވާ އެއްވެސް ބަޔަކު ފާފަކުރުމުގައި ދެމިއެއް ނުތިބެއެވެ. ސަބަބަކީ އެބައިމީހުންގެ ކިބައިގައި މާތްރަސްކަލާނގެ ޒާތުފުޅު ވޮޑިގެންވާކަމެވެ. އެހެންވީމާ، އެފަދަ ބަޔަކު ފާފަކުރުން މަތީގައި ދެމި ތިބުމަކީ ކުރެވިގެން ވާނެ ކަމެއް ނޫނެވެ. ސަބަބަކީ އެފަދަ ބަޔަކު ވާނީ މާތްރަސްކަލާނގެ ދަރިން ކަމުގައެވެ.


ނަމަވެސް ފިނޑިންނާއި، އީމާންވުމަށް ދެކޮޅުހަދާ މީހުންނާއި، ފާޙިޝް އަމަލުތަކުގެ ވެރިންނާއި، މީހުން މަރާލި މީހުންނާއި، ޖިންސީ ގޮތުން ފާފަކުރި މީހުންނާއި، ފަންޑިތަވެރިންނާއި، ބުދަށް އަޅުކަންކުރި މީހުންނާއި، އަދި ހުރިހާ ދޮގުވެރިންނަށް ހުރި ތަނަކީ ކައްސަނދުވާނިން އަނދައަނދާ ހުރި އަލިފާނުގެ ބޮޑުފުން ކުޅި. މިއީ ދެވަނަ މަރުވުން.⁠“


ނަމަވެސް އެސަހަރުގެ ބޭރުގައި ތިބޭނީ ވަޙުޝީ އަމަލުތައް ކުރި މީސްތަކުންނާއި ފަންޑިތަވެރިންނާއި، ފާޙިޝް މީހުންނާއި، ގާތިލުންނާއި، ބުދަށް އަޅުކަންކުރާ މީހުންނާއި، އަދި އަމަލުންނާއި ބަހުން ދޮގުވެރިންނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ