Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 39:7 - ކިތާބުލް މުޤައްދަސާ

7 މީގެ ދުވަސްތަކެއް ފަހުން ފޫޠީފާރުގެ އަންހެނުން ޔޫސުފުގެފާނުގެ މައްޗަށް އެދުންވެރިވާން ފެށިއެވެ. އަދި އެއްދުވަހަކު އެކަނބުލޭގެ ޔޫސުފުގެފާނަށް އެދުންވެރިވެ އެކަނބުލޭގެ އާއިއެކުގައި ޖިންސީ ގުޅުން ހިންގުމަށް އެދި ދަޢުވަތު ދެއްވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 39:7
19 ပူးပေါင်းရင်းမြစ်များ  

މާތްކަލާނގެ ދަރިންނަށް އިންސާނުންގެ އަންހެން ދަރިން ފެނި އެމީހުން ރީތިވިއެވެ. އެކުދިންގެ ތެރޭން އެމީހުން ރުހޭ ކުއްޖަކާ އެ ދަރިން ކައިވެނި ކުރިއެވެ.


އޭނާ އަމްނޫނަށް ކާންދޭން ފެށިތަނާ އޭނާ ތާމާރުގެ އަތުގައި ހިފަހައްޓައިފިއެވެ. އަދި ބުންޏެވެ. ”⁠ކޮއްކޯ! އާދޭ އަހަންނާއެކު އެއްދާން ކުރަން.⁠“


ފާފަވެރިން ބުނާ ބަސްތައް އަހައި އެމީހުންގެ ވަސްވާސްތަކަށް ނުހެއްލޭށެވެ.


ވަގުފިރިން ގެންގުޅޭ ބަސްއޮމާން އަންހެނާގެ ކިބައިން ކަލޯ ސަލާމަތްކޮށްދޭނީ މި ހެޔޮ ވިސްނުމެވެ.


ކަލޯ އެތަނަށް ގޮސް އުޅޭނަމަ ކަލޯގެ އަގުވެއްޓި ހިނގައިދާނެއެވެ. ކޮންމެވެސް ރަޙުމެއްނެތް ބައެއްގެ އަތްދަށުވެ ކަލޯގެ ޙަޔާތް ބަރުބާދު ވެދާނެއެވެ.


އެހެނީ ކަސްބީ އަންހެނެއްގެ ކިބައިން ކަލޯއަށް އަންނާނީ ފަގީރު ކަމެވެ. އެކަމަކު މީހެއްގެ އަނތްބެއްގެ ފަރާތުން ކަލޯގެ މުޅި ދިރިއުޅުން ގެއްލި ހިނގައިދާނެއެވެ.


މިއަންހެނާ އައިސް އެސޮރުގެ ކަނދުރާއަށް އަތް މަހާފައި ދޮނެއް ނެގިއެވެ. އަދި ލަދެއްނެތި ބުންޏެވެ.


އެކަމަކު އަހަރެން ތިޔަބައިމީހުންނަށް ބުނަން. ތިބާ ޖިންސީ އެދުން ހިތުއަޅައިގެން އަންހެނަކާ ދިމާއަށް ބަލާލިޔަސް ތިބާއަށް ހިތުން ޒިނޭއެއް ކުރެވި ނިމިއްޖެ.


އެބައިމީހުންގެ ލޯތަކުން ޒިނޭތަކަށް ހުށަހެޅި ގަންނާނެއެވެ. އަދި އެބައިމީހުންގެ ހިތް ފާފަތަކަށް އެދޭ އެދުމުން ހިތް ފުރޭވަރެއް ނުވެއެވެ. އެބައިމީހުން ނިކަމެތި ވެގެންވާ މީސްތަކުން ޖައްސުވާ ފާފަތައް ކުރުވާނެއެވެ. އަދި އެބައިމީހުންގެ ހިތްތައް ވާނީ ދަހިވެތިކަމުގައެވެ. ހަމަކަށަވަރުން މާތްރަސްކަލާނގެ އެބައިމީހުންނަށް ކޯފާލައްވާނެއެވެ.


ދުނިޔޭގެ މިލްކުވެރިކަމުގެ ތެރޭގައި ހިމެނޭ ފާފަވެރި ނަފްސުގެ އެދުންތަކާއި ލޮލަށް ފެނި ހިތް އެދޭ ތަކެއްޗާއި، އެތަކެއްޗެއް ހާސިލުވުމުން އެމީހުން ބޮޑާވެގަންނަ ތަކެއްޗާއި ކަންކަމަކީ ބައްޕާފުޅުގެ ކިބަފުޅުން އަންނަ ތަކެއްޗާއި ކަންކަމެއް ނޫނެވެ. މިހުރިހާ އެއްޗެއް އަންނަނީ ދުނިޔެމަތިންނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ