Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 39:5 - ކިތާބުލް މުޤައްދަސާ

5 އެހުރިހާ ކަންތައްތަކެއް ޔޫސުފުގެފާނުގެ އަތްޕުޅުމައްޗަށް ފޫޠީފާރު ދޫކޮށްލި ހިނދުން ފެށިގެން އެކަލޭގެފާނުގެ ޙައްޤުގައި ފޫޠީފާރުގެ އާއިލާ އަށާއި އޭނާގެ މުދަލާއި އަދި ދަނޑުފަނގުގައި ވީ އެންމެހާ ތަކެއްޗަކެއްގެ އިތުރުން އޭނާގެ މިލްކުގައި ވީ އެންމެހާ ތަކެއްޗަކަށް މާތްރަސްކަލާނގެ ބަރަކާތް ލެއްވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 39:5
9 ပူးပေါင်းရင်းမြစ်များ  

ތިމަންކަލާނގެ ތިބާގެ ދަރިކޮޅުގެ މީހުން އެތައް ގުނައަކަށް އިތުރު ކުރައްވާނަން. އަދި ތިބާގެ ފަރާތުން އުފަންވާނެ ޤައުމަކީ މަތިވެރި ބޮޑުޤައުމެއް ކަމުގައި ލައްވާނަން. ތިމަންކަލާނގެ ތިބާގެ ނަން މަތިވެރި ކުރައްވައި ތިބާއަށް ރަޙުމަތް ލައްވާނަން. އަދި ތިބާއަކީ މީސްތަކުންނަށް ރަޙުމަތެއް ކަމުގައި ވާނެ.


މާތްކަލާނގެ އެވާދީގެ ތެރޭގައި ވީ ހުރިހާ ރަށްތައް ނެތިކޮށްލެވިއެވެ. ނަމަވެސް އެކަލާނގެ އިބްރާހީމްގެފާނަށް ކުރެއްވި ވަޢުދުފުޅު އުވާ ނުލައްވައި ލޫޠުގެފާނު އެތަނުން ބޭރު ކުރެއްވިއެވެ.


އެހެނަސް ލަބާން ޔަޢުޤޫބުގެފާނަށް ދެންނެވިއެވެ. ”⁠އަހަރެން ދޫކޮށްފައި ނުދޭ. މާތްރަސްކަލާނގެ އަހަރެންގެ މައްޗަށް ބަރަކާތް ލެއްވީ ތިބާ މިތަނުގައި ވުމުންކަން އަހަރެންގެ ފާލުން އެނގިއްޖެ.


އެ މަލާއިކާތާ ވިދާޅުވި. ’⁠ޕައުލް އޭ ބިރުނުގަންނާށޭ. ހަމަކަށަވަރުން ވެސް ކަލޭ ރޯމުގެ ރަސްގެފާނުގެ ކުރިފުޅުމައްޗަށް ކަލޭގެ މައްސަލަ ހުށައެޅުމަށް އެ ރަށަށް ދާނެއޭ. އަދި ކަލެއަށްޓަކައި މިދަތުރުގައިވާ އެންމެންގެ ފުރާނަ ސަލާމަތް ކުރައްވާނެ ކަމުގައި ވެސް މާތްރަސްކަލާނގެ ވަޢުދުފުޅު ކުރައްވަ އޭ.⁠‘⁠“


އެންމެހާ ހަމްދާ ޘަނާއެއް ޙައްޤުވެގެން ވަނީ މާތްސާހިބާ އީސާއަލްމަސީޙުގެ ބައްޕާފުޅު މާތްރަސްކަލާނގެއަށެވެ. އެއީ އަހަރެމެން އަލްމަސީޙާއި އެކުގައި ވީ އެއްބައިވަންތަކަމުން އެކަލާނގެ އަހަރެމެންނަށް އުޑުތަކުގެ ހުރިހާ ރޫހާނީ ރަޙުމަތެއްލެއްވިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ