Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 39:4 - ކިތާބުލް މުޤައްދަސާ

4 އެހެންވީމާ، ޔޫސުފުގެފާނާއިމެދު ފޫޠީފާރުގެ މަޤްބޫލުކަން ބޮޑުވެ އޭނާގެ އެންމެގާތް ޚާދިމުގެ ގޮތުގައި އެކަލޭގެފާނު ހަމަޖެއްސެވިއެވެ. އަދި އެކަލޭގެފާނަށް އިތުބާރު ކުރައްވައި އޭނާގެ އެންމެހާ މިލްކިއްޔާތު ތައް ހިންގައި ބެލެހެއްޓުމަށް ޔޫސުފުގެފާނާއި ހަވާލު ކުރިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 39:4
23 ပူးပေါင်းရင်းမြစ်များ  

އެކަމަކު އަބްރާމް ދެންނެވިއެވެ. ”⁠ސާހިބުވަންތަ މާތްރަސްކަލާނކޯ! މިއަޅާއަށް ތިޔަ ބަރަކާތްލެއްވުމުގެ އޮތީ ކޮން މޮޅެއްތޯ؟ މިއަޅާއަކަށް އެންމެ ކުޑަމިނުން ދަރިޔަކު ވެސް ލިބިފައެއް ނުވޭ. އިނބަރަސްކަލާނގެ މިއަޅާއަށް ދަރިޔަކު ދެއްވާފައި ނުވާ ހިނދު މިއަޅާގެ ހުރިހާ ތަނަވަސްކަމެއް ދާނީ ދިމިޝްޤުގެ އަލީޢާޒަރަށް.


އަދި ވިދާޅުވިއެވެ. ”⁠ތިޔަ ބޭކަލުންނަށް ޚިދުމަތްކުރެއްވުމަށް މިއަޅާ ހުންނެވި ހިނދު މިއަޅާގެ ފޭލިގެއަށް ޒިޔާރަތް ނުކުރައްވައި، މިއަޅާގެ ފޭލިގެ ހުރަސް ކުރައްވައި ވަޑައިގަންނަވައިގެން ނުވާނެ.


ތިޔަބޭކަލުން އަޅުގަނޑުގެ ފުރާނަ ސަލާމަތް ކޮށްދެއްވާ ތިޔަކޮށްދެވީ ވަރަށްބޮޑު ހެޔޮކަމެއް. ނަމަވެސް ފަރުބަދަތައް އެވަނީ ވަރަށް ދުރުގަ އަޅުގަނޑު އެހިސާބަށް ނުފޯރަނީސް މިރަށަށް ފޮނުއްވޭ މުސީބާތުގައި ޖެހި އަޅުގަނޑު ވެސް މަރުވާނެ.


އެއްދުވަހަކު އިބްރާހީމްގެފާނު އެކަލޭގެފާނުގެ ގޭގެ ކަންތައް ބަލަހައްޓާ އެންމެ ދުވަސްވީ ޚާދިމަށް ވިދާޅުވިއެވެ. ”⁠އަހަރެންގެ ދަރިފުޅު އިސްޙާޤުގެ ކައިވެންޏަށް މި ކަންޢާނުގެ އަންހެން ކުދިންގެ ތެރެއިން އަންހެން ކުއްޖަކު ޚިޔާރު ނުކުރުމަށް އަހަރެންގެ ފަލަމަސްގަނޑުގެ ދަށުގައި އަތްޖައްސައި އުޑުތަކާއި ބިންތަކުގެ ވެރި ރަސްކަލާނގެ، މާތްކަލާނގެ ގަންދީ ހުވާކުރޭ.


އަދި މިއަދު ގޮންގަނޑުގެރި އާއި، ހިމާރާއި، ކަންބަޅިއާއި، ބަކަރީގެ އިތުރުން އަންހެނުންނާއި ފިރިހެނުންގެ ގިނަގުނަ އަޅުން އަހަރެންނަށް މިލްކުވެގެންވެޔޭ. މިޚަބަރު އަހަރެންގެ ސާހިބާއަށް މިފޮނުވަނީ އަހަރެންނަށް އިޚުލާސްތެރިކޮށް ހިތާނޭ ކަމުގެ އުންމީދުގައޭ.⁠‘⁠“


ދެން ޔަޢުޤޫބުގެފާނު ވިދާޅުވިއެވެ. ”⁠ނޫން. ތިބާގެ ލޮލުން އަހަރެންނާއިމެދުގައި ރުހޭކަން އަހަރެންނަށް ފެންނާނީ އަހަރެންގެ ފަރާތުން މި ހަދިޔާ ތިބާ ގަބޫލު ކުރުމުން. ތިބާ ފެނި އަދި ތިބާ އަހަރެންނަށް މަރުޙަބާ ކީ ހިނދު ތިބާގެ މޫނު ފެނުނު ހިނދު، މާތްކަލާނގެ މޫނުފުޅު ފެނުމެކޭ އެއްފަދަ ވީހެން އަހަރެންނަށް ހީކުރެވުނު.


އެއަށް ފަހު ޢީސޫ ޔަޢުޤޫބުގެފާނަށް ދެންނެވިއެވެ. ”⁠އަހަރެން މި އައި މަގުމަތީގައި ދިމާވި އެންމެހާ ޖަނަވާރުތައް އަހަރެންނަށް ފޮނުވުމުގެ މާނައަކީ ކޮބާ؟⁠“ ޔަޢުޤޫބުގެފާނު ވިދާޅުވިއެވެ. ”⁠ސާހިބާ، އެއީ ތިބާގެ ރަޙުމަތްތެރިކަމަށް އެދިގެން ފޮނުވުނު ހަދިޔާ.⁠“


ނަމަވެސް ޔޫސުފުގެފާނު އެ ދައުވަތަށް ކަނޑައެޅިގެން އިންކާރު ކުރައްވާ އެކަނބުލޭގެއަށް މިފަދައިން ވިދާޅުވިއެވެ. ”⁠އަހަރެންގެ ސާހިބު އޭނާގެ ގޭގައިވާ އެންމެހާ ތަކެއްޗާއި އޭނާގެ މިލްކިއްޔާތުގައިވާ އެންމެހާ ތަކެތި އަހަރެންނާއި ޙަވާލުކޮށް އަދި އެތަކެއްޗަށް އަހަރެން ވެރިކުރުވީ އޭނާ އަހަރެންނަށް ކުރާ އިތުބާރުން.


ބުއްދިވެރި ޚާދިމުންނަށް ރަސްގެފާނު އިނާމު ދެއްވައެވެ. އެރަސްގެފާނުގެ އަގުވައްޓާ މީހާއަށް އަދަބު ދެއްވައެވެ.


މާތްރަސްކަލާނގެ ރުހިވޮޑިގަތުން ލިބުމުން އަދާވާތްތެރިން ވެސް އެމީހުނާ ސުލްޙަ ވެއެވެ.


ބުއްދިވެރި އަޅުސޮރު ވިޔާނުދާ ދަރީގެ މައްޗަށް ގަދަވެ، ސާހިބުމީހާގެ ތަރިކަ މުދަލުން ބައެއް އަތުލައިގަނެއެވެ.


ރަނގަޅު ގޮތުގައި ބުރަ މަސައްކަތް ކުރާ މީހަކު ދުށިން ހެއްޔެވެ؟ އޭނާ މަސައްކަތް ކުރަނީ އާދައިގެ މީހުންގެ ގާތަކު ނޫނެވެ. ރަސްގެފާނުގެ އަރިހުގައެވެ.


ވައްތީނި ގަހެއް އިންދާ މީހާ އެގަހުގެ މޭވާ ކާނެއެވެ. އެފަދައިން ސާހިބުމީހާގެ ތަކެތި ރައްކާތެރިކޮށްދޭ މީހާއަށް އޭގެ ޝަރަފު ލިބޭނެއެވެ.


މިހެން ކަލޯ ކަންތައް ކޮށްފިނަމަ މާތްކަލާނގެ ކަލޯ ދެކެ ރުހިވޮޑިގެންވާނެއެވެ. އަދި އެންމެން ވެސް ކަލޯއާ ރުހޭނެއެވެ.


އެހެން ކަމުން އަހަރެން ކަލޭމެންނަށް ބުނަން. ކަލޭމެންގެ އަމިއްލަ ނަފްސުތަކާ މެދު ބަލައިގެން ރައްކާތެރިވެގެން އުޅޭ. އަދި މާތްރޫޙުފުޅު ކަލޭމެންނާއި ހަވާލު ކުރި މީހުން ކަމުގައި ވާ އީސާގެފާނަށް އީމާންވެގެންވީ މީސްތަކުންގެ މައްޗަށް ގެރިބަކަރި ހުއިހައްޕާ މީހަކު އޭނާގެ ގެރިބަކަރިތަކަށް ކާންދީ ބަލަހައްޓާ ފަދައިން ކަމޭހިތައިގެން ބަލާތި. އެ ޖަމާޢަތުގެ މީހުންނަކީ ޚޮދު އެކަލޭގެފާނުގެ ލޭ ފޮދުން އަގު ދައްކާ ގަނެފައިވާ ބަޔެއް. އެމީހުންގެ މައްޗަށް ކަލޭމެން ބޮޑުން ކަމުގައި ލެއްވީ މާތްރޫޙުފުޅު.


އެމީހާ ބޫޢަޒުއަށް ބުންޏެވެ. ”⁠އެއީ ނުޢުމީއާއި އެކު މުއާބުން އައި ކުއްޖެއް.


ޝާއުލްގެފާނު ޔައްސާއަށް މި ގޮތަށް ޚަބަރު އެންގެވިއެވެ. ”⁠ދާއޫދު އަހަރެން ކާރީގައި ހުއްޓަދީ. އެހެނީ އޭނާއަކީ އަހަރެންނަށް ވަރަށް ކަމުދާ މަޤްބޫލު މީހެއް.⁠“


ކުޑަކުޑަ ޞަމޫއީލް ބޮޑުވެ ރޫފަ ޖެހިއްޖެއެވެ. މީސްތަކުންނާއި އަދި މާތްރަސްކަލާނގެ ރުހުން އޭނާ ހޯދިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ