21 މާތްރަސްކަލާނގެ ޔޫސުފުގެފާނަށް އެހީތެރިވެ ވޮޑިގެންނެވިއެވެ. ވީމާ، ޖަލު ބެލެހެއްޓުމުގެ އިސްވެރިއަކަށް ހުރި މީހާގެ ހިތުގައި ޔޫސުފުގެފާނާއިމެދު ނުހަނު ހިތްހަމަޖެހުން އުފެދުނެވެ.
އެދުވަސްވަރު އަބީމާލިކު ރަސްގެފާނު އޭނާގެ ސިފައިންގެ ވެރިޔާ ފީކޫލްއާއި އެކުގައި އިބްރާހީމްގެފާނުގެ އަރިހަށް ވަޑައިގަންނަވައި އެކަލޭގެފާނަށް ދެންނެވިއެވެ. ”ކަލޭގެފާނު ކުރައްވަމުން ގެންދަވާ ކޮންމެ ކަމަކަށް މާތްކަލާނގެ ބަރަކާތް ލައްވަވާ.
މާތްރަސްކަލާނގެ ޔޫސުފުގެފާނާއި އެކުގައި ވޮޑިގެންވެ އެކަލޭގެފާނަށް ބަރަކާތް ލެއްވިއެވެ. އަދި ޔޫސުފުގެފާނު އެކަލޭގެފާނުގެ ސާހިބުމީހާގެ ގޭގައި ޚިދުމަތް ކުރައްވަމުން ގެންދެވިއެވެ.
ޔޫސުފުގެފާނާއި އެކުގައި މާތްރަސްކަލާނގެ ވޮޑިގެންވެ، އެކަލޭގެފާނު ކުރައްވާ ކޮންމެ ކަމެއްގައިމެ މާތްރަސްކަލާނގެ ކާމިޔާބު ދެއްވާކަން ފޫޠީފާރުއަށް ފާހަގަ ކުރެވުނެވެ.
އެހެންވީމާ، ޔޫސުފުގެފާނާއިމެދު ފޫޠީފާރުގެ މަޤްބޫލުކަން ބޮޑުވެ އޭނާގެ އެންމެގާތް ޚާދިމުގެ ގޮތުގައި އެކަލޭގެފާނު ހަމަޖެއްސެވިއެވެ. އަދި އެކަލޭގެފާނަށް އިތުބާރު ކުރައްވައި އޭނާގެ އެންމެހާ މިލްކިއްޔާތު ތައް ހިންގައި ބެލެހެއްޓުމަށް ޔޫސުފުގެފާނާއި ހަވާލު ކުރިއެވެ.
އަދި މި ދެ ޚާދިމުން ހައްޔަރު ކުރެވުނު ޖަލަކީ ރަސްގެފާނުގެ ގަނޑުވަރުގެ ފާރަވެރިންގެ އިސްވެރިޔާގެ ގޭގައި ހުންނަ ޖަލެވެ. އަދި ޔޫސުފުގެފާނު ވެސް ހައްޔަރު ކުރެވިފައި ވަނީ މިޖަލުގައެވެ.
މިޞްރު މީހުން އިސްރާއީލީންގެ މީހުންނާ މެދު ޤަދަރު ކުރާނެ ގޮތް މާތްރަސްކަލާނގެ އެމީހުންގެ ހިތްތަކުގައި ލެއްވިއެވެ. އަދި މީގެ އިތުރުން މޫސާގެފާނަކީ ފިރުޢައުނުގެ ވަޒީރުންނާއި އެހެނިހެން މީހުންގެ ކުރިމަތީގައި ނިހާޔަތަށް ޤަދަރު އުފުލިގެންވާ ބޭކަލެއް ކަމުގައި ވެސް ވެއްޖެއެވެ.
މިޞްރު މީހުންގެ ހިތްތަކުގައި އިސްރާއީލީންނާއި މެދު ޤަދަރު އުފުލޭނެ ގޮތް މާތްރަސްކަލާނގެ މެދުވެރި ކުރެއްވިއެވެ. އެހެންވެ އިސްރާއީލީން އެދުނުހާ އެއްޗެއް އެމީހުން ދެމުން ގެންދިޔައެވެ. އެގޮތުން އެމީހުން މިޞްރުގެ ތަނަވަސްކަން ނިގުޅައިގަތެވެ!
އަހަރެންގެ މީހުން މިޞްރު ދޫކޮށް ދާއިރު ކަލޭމެން ހުސްއަތާ ދާކަށް ނުޖެހޭނެ. މިޞްރު މީހުން ކަލޭމެންނާ ރުހޭނެ ގޮތް އަހަރެން މެދުވެރި ކުރާނަން.
މާތްރަސްކަލާނގެ ރުހިވޮޑިގަތުން ލިބުމުން އަދާވާތްތެރިން ވެސް އެމީހުނާ ސުލްޙަ ވެއެވެ.
ހަނދާންކުރާށެވެ. މާތްކަލާނގެއަށް ކިޔަމަން ގަނެގެން ވޭނާ ކުރިމަތިލާން ޖެހުމަކީ ނުބައިކަންތަކެއް ކޮށްގެން ވޭނާ ކުރިމަތިލާން ޖެހުމަށް ވުރެން ހެޔޮކަން ބޮޑުކަމެކެވެ. އެއީ މާތްކަލާނގެ އެދިވޮޑިގެންވަނީ މިގޮތް ކަމަށް ވާތީއެވެ.