Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 39:2 - ކިތާބުލް މުޤައްދަސާ

2 މާތްރަސްކަލާނގެ ޔޫސުފުގެފާނާއި އެކުގައި ވޮޑިގެންވެ އެކަލޭގެފާނަށް ބަރަކާތް ލެއްވިއެވެ. އަދި ޔޫސުފުގެފާނު އެކަލޭގެފާނުގެ ސާހިބުމީހާގެ ގޭގައި ޚިދުމަތް ކުރައްވަމުން ގެންދެވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 39:2
32 ပူးပေါင်းရင်းမြစ်များ  

އިސްމާޢީލްގެފާނު ބޮޑުފުޅުވަމުން އައި ހިނދު އެކަލޭގެފާނަށް މާތްކަލާނގެ ރަޙުމަތްލެއްވިއެވެ. އެކަލޭގެފާނަށް ވަނީ ދުނި ދަނޑި ޖެހުމުގެ ހުނަރުތައް ވެސް ލިބިވަޑައިގެންފައެވެ.


އެދުވަސްވަރު އަބީމާލިކު ރަސްގެފާނު އޭނާގެ ސިފައިންގެ ވެރިޔާ ފީކޫލްއާއި އެކުގައި އިބްރާހީމްގެފާނުގެ އަރިހަށް ވަޑައިގަންނަވައި އެކަލޭގެފާނަށް ދެންނެވިއެވެ. ”⁠ކަލޭގެފާނު ކުރައްވަމުން ގެންދަވާ ކޮންމެ ކަމަކަށް މާތްކަލާނގެ ބަރަކާތް ލައްވަވާ.


އެ ރަށަށް އެކަލޭގެފާނު ވަޑައިގެންނެވި ރޭ އެކަލޭގެފާނުގެ ކުރިފުޅުމައްޗަށް މާތްރަސްކަލާނގެ ފައުޅުވެވަޑައިގެން ވަޙީކުރެއްވިއެވެ. ”⁠ބިރު ނުގަނޭ. ތިމަންކަލާނގެއީ ތިބާގެ ބައްޕާފުޅުގެ ވެރިރަސްކަލާނގެމެ. ތިމަންކަލާނގެ ޚާދިމު އިބްރާހީމްގެފާނަށް ތިމަންކަލާނގެ ވަޢުދުވެ ވޮޑިގެންނެވި ފަދައިން، ތިމަންކަލާނގެ އެކަލޭގެފާނަށްޓަކައި ތިބާއަށް ބަރަކާތްލައްވައި ތިބާއާ އެކުގައި ވޮޑިގެންވަމު. އަދި ތިބާއަށް ގިނަ ދަރިކޮޅު ދެއްވާނަން. އެ މީހުން ވާހުށީ ބޮޑު ޤައުމަކަށް.⁠“


އެބޭކަލުން ޖަވާބުގައި ދެންނެވިއެވެ. ”⁠މާތްރަސްކަލާނގެ ވޮޑިގެން ވަނީ ކަލޭގެފާނާއި އެކުގައިކަން މިހާރު އަހަރެމެންނަށް ޔަޤީންވެއްޖެ. އެހެންވީމާ ކަލޭގެފާނާއި އަހަރެމެންނާއި ދެމެދު ސުލްޙައިގެ މުޢާހަދާއެއް އޮތުމަށް އަހަރެމެން އެދެމު.


މީގެ އިތުރުން ތިމަންކަލާނގެ ތިބާއާއި އެކުގައި ވޮޑިގެންވެ، ތިބާ ކޮންމެ ތަނަކަށް ދިޔަކަމުގައިވިއަސް ތިމަންކަލާނގެ ތިބާ ރައްކާތެރި ކުރައްވާހުށީމު. ކޮންމެވެސް ދުވަހަކުން ސަލާމަތްތެރި ކަމާއިއެކުގައި ތިމަންކަލާނގެ ތިބާ މި ބިމަށް ގެންނަވާހުށީމު. އަދި ތިމަންކަލާނގެ ތިބާއަށް މި ވަޢުދުވެވޮޑިގެންނެވި ފަދައިން އަމަލުކުރެއްވުމާއި ހަމައަށް ތިމަންކަލާނގެ ތިބާ ދޫކޮށްނުލައްވާ ހުށީމު.⁠“


އޭގެފަހުގައި ޖަލު ބެލެހެއްޓުމުގެ އިސްވެރިޔާ އެއިން އެއްވެސް ކަމަކާއި ކަންބޮޑުވެ ހާސްވާކަށް ނުޖެހެއެވެ. ސަބަބަކީ ޔޫސުފުގެފާނު އެންމެހާ ކަންތައްތަކަށް ސަމާލުކަން ދެއްވައި ފަރުވާތެރިކަމާއެކުގައި ކުރައްވަމުން ގެންދަވާ ކަމެވެ. އެހެނީ މާތްރަސްކަލާނގެ އެކަލޭގެފާނާއި އެކުގައި ވޮޑިގެންވެ، އެންމެހާ ކަންތައްތައް އޮމާންކަމާއެކު ކުރެވޭނޭ ގޮތުގެ މަތިން އެކަލާނގެ ޔޫސުފުގެފާނަށް ކާމިޔާބުކަން ދެއްވުމުގައި ވޮޑިގެންވިއެވެ.


ޔޫސުފުގެފާނާއި އެކުގައި މާތްރަސްކަލާނގެ ވޮޑިގެންވެ، އެކަލޭގެފާނު ކުރައްވާ ކޮންމެ ކަމެއްގައިމެ މާތްރަސްކަލާނގެ ކާމިޔާބު ދެއްވާކަން ފޫޠީފާރުއަށް ފާހަގަ ކުރެވުނެވެ.


އޭނާ ބުންޏެވެ. ”⁠އަހަރެންނަށް މީގެ މާނަ ފުރިހަމައަށް ކިޔާ ނުދެނީސް އަހަންނަށް މި ރަނގަޅަށް އެނގި ވިސްނޭނީ ކިހިނެއް ތަ؟⁠“ ދެން އޭނާ ފިލިޕުގެ ކިބައިން އެދުނީ އޭނާގެ އަސްގާޑިޔަލަށް އަރާ އޭނާ ކައިރި އިށީނުމަށެވެ.


އަޅު ނޯކަރެއްގެ ގޮތުގައި މަސީޙީންގެ ތެރެއިން މީހަކު ވެއްޖެނަމަ އޭނާގެ ސާހިބު މީހާއަށް އިޙުތިރާމާއި ޤަދަރު ކުރުމާއެކު އަބަދުވެސް ކިޔަމަންތެރިކަން އަދާކުރާށެވެ. މިމަގުން ކަންތައް ކޮށްފިނަމަ މާތްރަސްކަލާނގެ އާއި ބެހޭގޮތުންނާއި އަހަރެމެންގެ މިއުނގަންނައިދިނުމާއި މެދު މީސްތަކުންނަށް ބަދުނާމެއް ނުކުރެވޭނެއެވެ.


އަރިހުބޭކަލުން ކުރެ އެކަކު ދެންނެވިއެވެ. ”⁠ބައިތުލަޙަމުގައި އުޅޭ ޔައްސާ ކިޔާމީހެއްގެ ދަރިޔަކު ވަރަށް މޮޅަށް ނަރުކޮއްޓި ކުޅޭތަން އަޅުގަނޑު ދުށިން. އަދި އޭނާއަކީ ކުޅަދާނަ ހިތްވަރުގަދަ ފަހުލަވާނެއް ވެސްމެ. އޭނާއަކީ ވާހަކަ ދެއްކުންތެރި ރީތި މީހެއް. އަދި އޭނާއާއެކު މާތްރަސްކަލާނގެ ވެސް ވޮޑިގެންވޭ.⁠“


ދާއޫދު ދިޔަ ކޮންމެ ހަނގުރާމައެއް ވެސް ކާމިޔާބު ވެއެވެ. އެހެނީ މާތްރަސްކަލާނގެ ވަނީ އޭނާއާ އެކުގައެވެ.


ޝާއުލްގެފާނަށް ދާއޫދާއެކު މާތްރަސްކަލާނގެ ވޮޑިގެންވާކަން އެނގިވަޑައި ގަންނަވައެވެ. އަދި އެކަލޭގެފާނުގެ ދަރިކަނބަލުން ވެސް އޭނާ ދެކެ ލޯބިވާކަން ވެސް އެނގިވަޑައި ގަންނަވައެވެ.


ޞަމޫއީލް ބޮޑުވެ ތަސައްރަފު ފުދެންދެން މާތްރަސްކަލާނގެ އޭނާއާއެކު ވޮޑިގެންވިއެވެ. އަދި މާތްރަސްކަލާނގެ އޭނާއަށް އެންގެވި އެއްވެސް އެންގެވުމެއް ކައްޗަކާ ގޮސްފައެއް ނެތެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ