18 ނަމަވެސް އަހަރެން ސަލާމަތަށް އެދި އަޑުންއަޑުނަގާ ރޯން ފެށުމުން އެކަލޭގެ ލައިގެހުރި ރިދާ އަހަރެންގެ އަތަށް ދޫކޮށްލާފައި ދުވެ ގަނޑުވަރުން ބޭރަށް ގޮސް ފިލައިފި.“
އަދި ފޫޠީފާރު އެރޭ ގަނޑުވަރަށް އައުމުން އިހުނެކޭ އެއްފަދައިން އެވާހަކަ އޭނާގެ ފިރިމީހާއަށް މިފަދައިން ކިޔައިދިނެވެ. ”ތިބާގެ ޢިބްރާނީ އަޅު ކުއްޖާ ގަދަކަމުން އަހަރެންގެ ޢިއްފަތްތެރިކަން ފޭރިގަންނަން މިއަދު އުޅެފި!
ފޫޠީފާރަށް އޭނާގެ އަނބިމީހާގެ މިވާހަކަތައް އަޑުއިވުމުން ވަރަށް ރުޅިއައެވެ.