Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 39:17 - ކިތާބުލް މުޤައްދަސާ

17 އަދި ފޫޠީފާރު އެރޭ ގަނޑުވަރަށް އައުމުން އިހުނެކޭ އެއްފަދައިން އެވާހަކަ އޭނާގެ ފިރިމީހާއަށް މިފަދައިން ކިޔައިދިނެވެ. ”⁠ތިބާގެ ޢިބްރާނީ އަޅު ކުއްޖާ ގަދަކަމުން އަހަރެންގެ ޢިއްފަތްތެރިކަން ފޭރިގަންނަން މިއަދު އުޅެފި!

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 39:17
15 ပူးပေါင်းရင်းမြစ်များ  

އަޑުން އަޑުނަގާ ރޯން ފެށިއެވެ. އިސާހިތަކު ގަނޑުވަރުގައި ވީ ޚާދިމުންތައް އެކަނބުލޭގެ ކައިރިއަށް އައެވެ. އެ ހިނދު އެކަނބުލޭގެ ގިސްލަމުން މިފަދައިން ބުނިމެއެވެ. ”⁠ނިކަން ބަލާލަބަލަ! އަހަރެންގެ ފިރިކަލޭގެ މި ގެނައި ޢިބްރާނީ އަޅުކުއްޖާ މިތަނުގައި މިއުޅެނީ އަހަރެމެން ބަދުނާމު ކުރަން! އެކަލޭގެ އަހަރެންގެ ކޮޓަރިއަށް އައިސް ގަދަކަމުން އަހަރެންގެ ޢިއްފަތްތެރިކަން ފޭރިގަންނަން އުޅެފި. ނަމަވެސް އަހަރެން ހަރުއަޑުން ރޯންފެށީމު.


ފޫޠީފާރު ގަނޑުވަރަށް އަންނަން ދެން އޭނާގެ އަނބިކަނބުލޭގެ ޔޫސުފުގެފާނުގެ ރިދާކޮޅު އެކަނބުލޭގެ ކައިރީގައި ބާއްވައިގެން އިނެވެ.


ނަމަވެސް އަހަރެން ސަލާމަތަށް އެދި އަޑުންއަޑުނަގާ ރޯން ފެށުމުން އެކަލޭގެ ލައިގެހުރި ރިދާ އަހަރެންގެ އަތަށް ދޫކޮށްލާފައި ދުވެ ގަނޑުވަރުން ބޭރަށް ގޮސް ފިލައިފި.⁠“


ކަލޭމެންގެ އަވަށްޓެރިޔާއާމެދު ދޮގުހެކި ނުދޭތި.


”⁠ހަޤީޤަތެއް ނެތް ބުންޏޭ ބުންޏޭ ވާހަކަތައް ނުފަތުރާތި. އަދި ކުށްވެރިޔަކާ އެއްކޮޅަށް ހެކިބަސްދީ އޭނާ ކުށުން ބަރީއަ ކުރަން ނޫޅޭތި.


ތެދަކީ ދާއިމަށް ދެމިގެންދާނެ އެއްޗެކެވެ. ދޮގުތައް އިސާހިތަކު ފަޅާއަރާފާނެއެވެ.


ދޮގު ހެކިދޭ މީހާއަށް އަދަބު ނުލިބިއެއް ނުދާނެއެވެ. ދޮގުވެރިޔާއަކަށް ވެސް ސަލާމަތެއް ނެތެވެ.


ދޮގުހެކި ދޭ މީހާއަށް އެކަމުގެ ސަޒާ ނުލިބިއެއް ނުދާނެއެވެ. ދޮގުވެރިޔާ ހަލާކުވެދާނެއެވެ.


ދޮގުވެރިޔާގެ ދޮގު ބަސްތަކުން އޭނާ ނަފްރަތުކުރާ މީހާ ޗިސްޗިސް ކުރެއެވެ. ޚުޝާމަދު ކުރާ އަނގައިން ފަނާ ކުރެއެވެ.


އުއްތަމަ އިމާމު އޭނާގެ އަމިއްލަ ރިދާ އިރައިލުމަށް ފަހު ބުންޏެވެ. ”⁠އޭނާ ބުނަމުން އެ ދަނީ ކުފުރުގެ ބަސްތައް! މިކަމުގައި އިތުރު ހެއްކެއް އަހަރެމެން ބޭނުމެއް ނުވޭ. އޭނާ ބުނި އެއްޗެއްގެ އަޑު ތިޔަބައިމީހުންނަށް ވެސް އިވިއްޖެއެއްނު.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ