އަޑުން އަޑުނަގާ ރޯން ފެށިއެވެ. އިސާހިތަކު ގަނޑުވަރުގައި ވީ ޚާދިމުންތައް އެކަނބުލޭގެ ކައިރިއަށް އައެވެ. އެ ހިނދު އެކަނބުލޭގެ ގިސްލަމުން މިފަދައިން ބުނިމެއެވެ. ”ނިކަން ބަލާލަބަލަ! އަހަރެންގެ ފިރިކަލޭގެ މި ގެނައި ޢިބްރާނީ އަޅުކުއްޖާ މިތަނުގައި މިއުޅެނީ އަހަރެމެން ބަދުނާމު ކުރަން! އެކަލޭގެ އަހަރެންގެ ކޮޓަރިއަށް އައިސް ގަދަކަމުން އަހަރެންގެ ޢިއްފަތްތެރިކަން ފޭރިގަންނަން އުޅެފި. ނަމަވެސް އަހަރެން ހަރުއަޑުން ރޯންފެށީމު.