Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 39:12 - ކިތާބުލް މުޤައްދަސާ

12 ކުއްލިއަކަށް އެކަލޭގެފާނުގެ ސާހިބާގެ އަނބިމީހާ އައިސް އެކަލޭގެފާނުގެ ރިދާކޮޅުގައި ހިފެހެއްޓުމަށް ފަހު މިފަދައިން އެދުނުމެއެވެ. ”⁠އަހަރެންނާއިއެކު އެއްދާން ކުރުމަށް އާދެބަލަ!⁠“ ނަމަވެސް ޔޫސުފުގެފާނު އެކަލޭގެފާނުގެ ރިދާކޮޅު ދޫކޮށްލެއްވުމަށް ފަހު އެކަނބުލޭގެ ކިބައިން ސަލާމަތްވެ، ދުވެ ވަޑައިގެން ބޭރަށް ނުކުންނެވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 39:12
16 ပူးပေါင်းရင်းမြစ်များ  

ނަމަވެސް ފޫޠީފާރުގެ އަނބިމީހާ ކުރުނުކޮށް ދުވަހުން ދުވަހަށް އެކަނބުލޭގެ އާއި އެކު އުޅުމަށް އެދި ޔޫސުފުގެފާނަށް ވަސްވާސް ދެމުން ގެންދިޔައެވެ. އެކަމަކު އެކަނބުލޭގެ އާއިއެކުގައި ޖިންސީގުޅުން ހިންގުމަށް އެކަލޭގެފާނު އިންކާރު ކުރެއްވިއެވެ. އަދި އޭނާއާ އެކު ވަގުތު ހޭދަކުރާކަށް ވެސް އެއްބަސްފުޅެއް ނުވިއެވެ.


އެއްދުވަހަކު ޔޫސުފުގެފާނު އެކަލޭގެފާނާއި ޙަވާލުކުރައްވާފައިވާ މަސައްކަތް ކުރެއްވުމަށްޓަކައި އާދައިގެ މަތިން ފޫޠީފާރުގެ ގަނޑުވަރަށް ވަޑައިގެންނެވިއެވެ. އެ ހިނދު ގަނޑުވަރުގައި މަސައްކަތް ކުރާ އިތުރު އެއްވެސް ޚާދިމަކު ގަނޑުވަރުގައި ނުވެއެވެ.


އެކަނބުލޭގެ އަތްދަށުން އެކަލޭގެފާނު ސަލާމަތްވެގެން ވަޑައިގެންނެވި ކަމުގައިވިއަސް އެކަލޭގެފާނުގެ ރިދާކޮޅު އެކަނބުލޭގެ އަތުގައި އޮތްތަން ފެނި އެކަނބުލޭގެ


ނަމަވެސް ޔޫސުފުގެފާނު އެ ދައުވަތަށް ކަނޑައެޅިގެން އިންކާރު ކުރައްވާ އެކަނބުލޭގެއަށް މިފަދައިން ވިދާޅުވިއެވެ. ”⁠އަހަރެންގެ ސާހިބު އޭނާގެ ގޭގައިވާ އެންމެހާ ތަކެއްޗާއި އޭނާގެ މިލްކިއްޔާތުގައިވާ އެންމެހާ ތަކެތި އަހަރެންނާއި ޙަވާލުކޮށް އަދި އެތަކެއްޗަށް އަހަރެން ވެރިކުރުވީ އޭނާ އަހަރެންނަށް ކުރާ އިތުބާރުން.


އޭނާ އަމްނޫނަށް ކާންދޭން ފެށިތަނާ އޭނާ ތާމާރުގެ އަތުގައި ހިފަހައްޓައިފިއެވެ. އަދި ބުންޏެވެ. ”⁠ކޮއްކޯ! އާދޭ އަހަންނާއެކު އެއްދާން ކުރަން.⁠“


ދަރިފުޅާއެވެ! އެކަހަލަ މީހުން ހިނގާ މަގުން ނުހިނގާށެވެ. އެމީހުންނާ ދުރުހެލިވާށެވެ.


އެ އަންހެންމީހާއާ ދުރުހެލި ވާށެވެ. އޭނާގެ ގޭ ދޮރުމައްޗަށް ވެސް ނާރާށެވެ.


ކަލޯއީ ޝިކާރަވެރިޔާގެ މަޅިން ބޯދަމައިގަންނަ ދޫންޏެއް ހެން ބަޗާށެވެ. ދަލުން ނެއްޓިގެން ދުވާ ފުއްލާއެއް ހެން ފިލައި ރައްކާވާށެވެ.


ޒުވާންކަމުގެ ފާހިޝް އެދުންތަކުން އުފެދިދާނެ ވަސްވާސްތަކުން އެކަހެރިވާށެވެ. އެއާ ޚިލާފަށް ސާފު ހިތަކުން ދުޢާ ކުރާ މީހުންނާއި އެކުގައި ޞާލިޙު، ވަފާތެރި އީމާނަކާއި ލޮބުވެތި ސުލްޙަވެރި ދިރިއުޅުމެއް އުޅެމުން ދާށެވެ.


މަގޭ ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ. މިދުނިޔޭގައި ތިޔަބައިމީހުންނީ ބީރައްޓެހި އަދި ބިދޭސީންގެ ގޮތުގައި ވީ ބައެކެވެ. އެހެންވީމާ، ޖިސްމާނީ ފާހިޝް ހުރިހާ އެދުންތަކުން ދުރުހެލިވެ ތިބުމަށް އަހަރެން ތިޔަބައިމީހުންނަށް އެދެމެވެ. ސަބަބަކީ ތިޔަބައިމީހުންގެ ފުރާނައާއި ދެކޮޅަށް އެފަދަ ކަންތައްތައް ހަނގުރާމަ ކުރާނެކަމެވެ.


ދެން ޞަމޫއީލް ވަޑައިގަތުމަށް އެނބުރި ވަޑައިގެންނެވި ތަނާ ޝާއުލްގެފާނު އެކަލޭގެފާނުގެ ރިދާ ކޮޅުގައި ހިފެހެއްޓެވުމުން އެ ރިދާކޮޅު ވީދިއްޖެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ