Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 39:11 - ކިތާބުލް މުޤައްދަސާ

11 އެއްދުވަހަކު ޔޫސުފުގެފާނު އެކަލޭގެފާނާއި ޙަވާލުކުރައްވާފައިވާ މަސައްކަތް ކުރެއްވުމަށްޓަކައި އާދައިގެ މަތިން ފޫޠީފާރުގެ ގަނޑުވަރަށް ވަޑައިގެންނެވިއެވެ. އެ ހިނދު ގަނޑުވަރުގައި މަސައްކަތް ކުރާ އިތުރު އެއްވެސް ޚާދިމަކު ގަނޑުވަރުގައި ނުވެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 39:11
8 ပူးပေါင်းရင်းမြစ်များ  

ނަމަވެސް ފޫޠީފާރުގެ އަނބިމީހާ ކުރުނުކޮށް ދުވަހުން ދުވަހަށް އެކަނބުލޭގެ އާއި އެކު އުޅުމަށް އެދި ޔޫސުފުގެފާނަށް ވަސްވާސް ދެމުން ގެންދިޔައެވެ. އެކަމަކު އެކަނބުލޭގެ އާއިއެކުގައި ޖިންސީގުޅުން ހިންގުމަށް އެކަލޭގެފާނު އިންކާރު ކުރެއްވިއެވެ. އަދި އޭނާއާ އެކު ވަގުތު ހޭދަކުރާކަށް ވެސް އެއްބަސްފުޅެއް ނުވިއެވެ.


ކުއްލިއަކަށް އެކަލޭގެފާނުގެ ސާހިބާގެ އަނބިމީހާ އައިސް އެކަލޭގެފާނުގެ ރިދާކޮޅުގައި ހިފެހެއްޓުމަށް ފަހު މިފަދައިން އެދުނުމެއެވެ. ”⁠އަހަރެންނާއިއެކު އެއްދާން ކުރުމަށް އާދެބަލަ!⁠“ ނަމަވެސް ޔޫސުފުގެފާނު އެކަލޭގެފާނުގެ ރިދާކޮޅު ދޫކޮށްލެއްވުމަށް ފަހު އެކަނބުލޭގެ ކިބައިން ސަލާމަތްވެ، ދުވެ ވަޑައިގެން ބޭރަށް ނުކުންނެވިއެވެ.


ވަގަށްނަގާ ފެނުގައި ފޮނި ރަހައެއް ހުރެއެވެ. ވަގަށްނަގާ ކާތަކެތީގައި މީރު ރަހައެއް ހުރެއެވެ.⁠“


ގޯސް މީހުން ވަންހަނާގައި ކުރަމުން ގެންދާ އަމަލުތަކުގެ ވާހަކަތަކަކީ ދެއްކުން ލަދުވެތި ވާހަކަތަކެކެވެ.


ތިޔަބައިމީހުންނީ މާތްރަސްކަލާނގެ މުޤައްދަސް ކުރައްވާފައިވާ ބައެކެވެ. އެހެންވީމާ، ތިޔަބައިމީހުންގެ ތެރޭގައި ޖިންސީ ފާފަވެރިކަން އަދި ނުތާހިރު ދިރިއުޅުން އަދި ދަހިވެތިކަން ވުމަކީ އެއްގޮތަކަށް ވެސް ހުރެގެންވާނެ ކަންތައްތަކެއް ނޫނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ