Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 39:10 - ކިތާބުލް މުޤައްދަސާ

10 ނަމަވެސް ފޫޠީފާރުގެ އަނބިމީހާ ކުރުނުކޮށް ދުވަހުން ދުވަހަށް އެކަނބުލޭގެ އާއި އެކު އުޅުމަށް އެދި ޔޫސުފުގެފާނަށް ވަސްވާސް ދެމުން ގެންދިޔައެވެ. އެކަމަކު އެކަނބުލޭގެ އާއިއެކުގައި ޖިންސީގުޅުން ހިންގުމަށް އެކަލޭގެފާނު އިންކާރު ކުރެއްވިއެވެ. އަދި އޭނާއާ އެކު ވަގުތު ހޭދަކުރާކަށް ވެސް އެއްބަސްފުޅެއް ނުވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 39:10
21 ပူးပေါင်းရင်းမြစ်များ  

އެއްދުވަހަކު ޔޫސުފުގެފާނު އެކަލޭގެފާނާއި ޙަވާލުކުރައްވާފައިވާ މަސައްކަތް ކުރެއްވުމަށްޓަކައި އާދައިގެ މަތިން ފޫޠީފާރުގެ ގަނޑުވަރަށް ވަޑައިގެންނެވިއެވެ. އެ ހިނދު ގަނޑުވަރުގައި މަސައްކަތް ކުރާ އިތުރު އެއްވެސް ޚާދިމަކު ގަނޑުވަރުގައި ނުވެއެވެ.


ނަމަވެސް ޔޫސުފުގެފާނު އެ ދައުވަތަށް ކަނޑައެޅިގެން އިންކާރު ކުރައްވާ އެކަނބުލޭގެއަށް މިފަދައިން ވިދާޅުވިއެވެ. ”⁠އަހަރެންގެ ސާހިބު އޭނާގެ ގޭގައިވާ އެންމެހާ ތަކެއްޗާއި އޭނާގެ މިލްކިއްޔާތުގައިވާ އެންމެހާ ތަކެތި އަހަރެންނާއި ޙަވާލުކޮށް އަދި އެތަކެއްޗަށް އަހަރެން ވެރިކުރުވީ އޭނާ އަހަރެންނަށް ކުރާ އިތުބާރުން.


އަހަރެންނަށް ވުރެން ވަކިން އިސްފަރާތެއް މި ގަނޑުވަރުގައި އަހަރެންގެ ސާހިބާއަށް ނުވޭމެ. އޭނާ ހަމައެކަނި އަހަރެންނަށް ދީފައިނުވަނީ ކަނބުލޭގެ. ސަބަބަކީ ކަނބުލޭގެއަކީ އޭނާގެ އަނބިމީހާ. ވީއިރު، ތިޔަފަދަ ވަޙުޝީ ނުބައި ކަމެއް ކުރެވޭނީ ކިހިނަކުން؟ ތިޔަފަދަ އަމަލުތަކަކީ މާތްކަލާނގެ ކިބަފުޅަށް އުރެދި ކުރެވޭ ފާފައެއް ވެސްމެ.⁠“


ދަރިފުޅާއެވެ! އެކަހަލަ މީހުން ހިނގާ މަގުން ނުހިނގާށެވެ. އެމީހުންނާ ދުރުހެލިވާށެވެ.


ވަގުފިރިން ގެންގުޅޭ ބަސްއޮމާން އަންހެނާގެ ކިބައިން ކަލޯ ސަލާމަތްކޮށްދޭނީ މި ހެޔޮ ވިސްނުމެވެ.


ވަގުފިރިން ގެންގުޅޭ އަންހެނެއްގެ އަނގައަކީ ނުރައްކާތެރި ދަންތުރައެކެވެ. މާތްރަސްކަލާނގެ ނުރުއްސަވާ މީހުން އެއަނދަވަޅަށް ވެއްޓެއެވެ.


ކަސްބީ އަންހެނާއަކީ ނުރައްކާތެރި ދަންތުރައެކެވެ. ފާޖިރު އަންހެނާއާ ގުޅުން ހިންގުމަކީ ހިމަ ވަޅުގަނޑަކަށް ވެއްޓުންފަދަ ނުރައްކާތެރި ކަމެކެވެ.


ވަގަކުހެން އޭނާ ފިލާ ހުންނާނެއެވެ. އޭނާގެ އުފަލަކީ ގިނަ ފިރިހެނުން މަޅީގައި ޖައްސައި އެމީހުންގެ އަނބިންނަށް ބޭވަފާތެރި ކުރުވުމެވެ.


ވަގުފިރިން ގެންގުޅޭ އަންހެންމީހާގެ ތުންފަތަކީ މާމުއިފަދަ ފޮނި، ޒައިތޫނި ތެޔޮފަދަ އޮމާން އެއްޗެކެވެ.


އެ އަންހެންމީހާއާ ދުރުހެލި ވާށެވެ. އޭނާގެ ގޭ ދޮރުމައްޗަށް ވެސް ނާރާށެވެ.


މިއަންހެނާ އައިސް އެސޮރުގެ ކަނދުރާއަށް އަތް މަހާފައި ދޮނެއް ނެގިއެވެ. އަދި ލަދެއްނެތި ބުންޏެވެ.


މި ބަސްތައް ވަގުފިރިން ގެންގުޅޭ އަންހެނާގެ އަތްދަށުން ކަލޯ ސަލާމަތް ކޮށްދޭނެއެވެ. އަދި ހިލޭ އަންހެނާގެ ޝަހުވަތުގެ ބަސްތަކުން ސަލާމަތް ކޮށްދޭނެއެވެ.


އޭނާ އިންނާނީ ގޭދޮރުމަތީގައި އަވަށުގެ އެންމެ އުސް ފަރުބަދަމަތީގައެވެ.


”⁠ކަލެއަކީ މޮޔައެއްނަމަ މިތަނަށް އަންނާށެވެ.


އަދި ކޮންމެ ހިތްނުބައި ކަމަކުން ދުރުހެލިވެ ތިބޭށެވެ.


އެހެންވީމާ، ޅަޒުވާން ހުވަފަތް އަންހެން ކުދިން އިތުރު ކައިވެންޏެއް ކުރުމަށް އަހަރެން ނަސޭހަތްތެރި ވަމެވެ. އަދި ދަރިން ހޯދާށެވެ. އަދި ގެވެހިކަމުގެ ޒިންމާ އަދާކުރުމެވެ. މިފަދައިން ކަންތައް ކޮށްފި ކަމުގައިވާނަމަ މަސީޙީންނާއި ދެކޮޅަށް ހަތުރުންނަށް އެއްޗެއް ބުނުމުގެ ކުޅަދާނަ ކަމެއް ނުލިބޭނެއެވެ.


ޒުވާންކަމުގެ ފާހިޝް އެދުންތަކުން އުފެދިދާނެ ވަސްވާސްތަކުން އެކަހެރިވާށެވެ. އެއާ ޚިލާފަށް ސާފު ހިތަކުން ދުޢާ ކުރާ މީހުންނާއި އެކުގައި ޞާލިޙު، ވަފާތެރި އީމާނަކާއި ލޮބުވެތި ސުލްޙަވެރި ދިރިއުޅުމެއް އުޅެމުން ދާށެވެ.


މަގޭ ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ. މިދުނިޔޭގައި ތިޔަބައިމީހުންނީ ބީރައްޓެހި އަދި ބިދޭސީންގެ ގޮތުގައި ވީ ބައެކެވެ. އެހެންވީމާ، ޖިސްމާނީ ފާހިޝް ހުރިހާ އެދުންތަކުން ދުރުހެލިވެ ތިބުމަށް އަހަރެން ތިޔަބައިމީހުންނަށް އެދެމެވެ. ސަބަބަކީ ތިޔަބައިމީހުންގެ ފުރާނައާއި ދެކޮޅަށް އެފަދަ ކަންތައްތައް ހަނގުރާމަ ކުރާނެކަމެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ