Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 38:9 - ކިތާބުލް މުޤައްދަސާ

9 އެގޮތުން އޫނާން އޭނާގެ ބޭބެގެ ހުވަފަތް އަނބިމީހާ އާއި ކައިވެނިކުރިއެވެ. ނަމަވެސް އޫނާންއަށް މިފަދައިން ލިބޭނޭ ދަރިއަކީ އޭނާގެ ވާރުތަ ލިބިދޭނޭ ފަރާތަކަށް ނުވާތީވެ އެކަނބުލޭގެ އާއި އެކުގައި އޭނާ ރޭކުރާ ކޮންމެ ހިނދަކު ދަރިމައިވުމުގެ ދިޔަވަރު ބިންމައްޗަށް އޮއްސާލައެވެ. މިހެން ހަދައި އޭނާގެ ބޭބެ ޢީރުގެ ވާރުތަ ލިބޭނޭ ދަރިއަކު ނުލިބޭނެ ގޮތް އޭނާ ހެދިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 38:9
11 ပူးပေါင်းရင်းမြစ်များ  

ނަމަވެސް އޫނާންގެ މި ނުބައިވެގެންވީ ޢަމަލާއިހެދި މާތްރަސްކަލާނގެ ރުހިވޮޑިގަތުން އޭނާއަކަށް ނުލިބުނެވެ. ދެން އެކަލާނގެ އޭނާގެ މަރު ހިއްޕެވިއެވެ.


ރުޅި އައުމަކީ އަނިޔާވެރި މުސީބާތެއް ކަހަލަ ކަމެކެވެ. އެކަމަކު ހަސަދަވެފައި ހުންނަ މީހާ އެއަށް ވުރެން މާ ނުރައްކާތެރިއެވެ.


އެއްދުވަސްވަރެއްގައި އަހަރެމެން ވެސް މޮޔަކަން މަތީ ނުކިޔަމަންތެރިވީމެވެ. އަހަރެމެން ދާންވީ މަގު ނޫން މަގަކުން ގޮސް ނުބައި އެދުންތަކުން ބަނދެވިގެން ވިއެވެ. އެއީ އޭރު އަހަރެމެންގެ ޙަޔާތް ނުބައިވެގެންވީ ކަންތަކުން ފުރި ޙަސަދަވެރި ވެފައި ވީތީއެވެ. އެހެންމީހުން އަހަރެމެންދެކެ ނަފްރަތު ކުރިފަދައިން އަހަރެމެން ވެސް އެމީހުންނާއިމެދު ނަފްރަތު ކުރީމެވެ.


ނަމަވެސް ކަލޭމެންގެ ހިތްތައް ހިތި ޙަސަދަވެރިކަމާއި އަމިއްލަ އެދުންތަކުގެ ޝަޢުޤުވެރިކަމުގައި ވާނަމަ ކަލޭމެންނީ ބުއްދިވެރި ބައެއް ކަމުގައި ބުނެ އަޑުއުފުލައި ބޮޑާނުވާށެވެ. އެއީ ތެދާ ދެކޮޅަށް ބުނާ ބުހުތާން ދޮގެކެވެ.


އެއްވެސް ބައެއްގެ މެދުގައި ޙަސަދަވެރިކަމާއި އަމިއްލަ އެދުމުގެ ޝައުގުވެރިކަން އުފެދިފައި ވާނަމަ އެތަނެއްގައި އޮންނާނީ ހައިޖާނުގަނޑާއި ހުރިހާ ފާހިޝް އަމަލުތަކެކެވެ.


ނޫނީ މަގުސަދެއްނެތި މުޤައްދަސް ފަތްފުށްތައް މިފަދައިން އަންގަވާ ދެއްވާފައިވާކަމުގައި ކަލޭމެން ދެކެނީހެއްޔެވެ؟ ”⁠މާތްރަސްކަލާނގެ މާތްރޫޙުފުޅު އަހަރެމެންގެ ކިބައިގައި ލެއްވީ އަހަރެމެން ހުރިހާ އެންމެންނަކީ އެކަލާނގެ ކިބަފުޅަށް ހަމައެކަނި މިލްކުވެގެންވާ ބައެއް ކަމުގައި ލެއްވުމަށޭ.⁠“


އެކަމަކު ނުޢުމީ ބުންޏެވެ. ”⁠އަހަންނާ އެކު ދިއުމުން ދަރިފުޅުމެންނަށް ހުރީ ކޮން ފައިދާއެއް؟ އަހަރެންގެ ބަނޑުން އެހެން ފިރިހެން ދަރިން ތިޔަކުދިން ކައިވެނި ކުރުމަށްޓަކައި އުފަން ވާނޭ ކަމަށް ތިޔަކުދިން ދެކެނީތަ؟


އަދި އަހަރެން މަޙުލޫންގެ ހުވަފަތް ވެފައިވާ މުއާބީންގެ ރާޢޫތު އާއި ކައިވެނި ވުމަށް އެއްބަސްވި ކަން މައްޗަށް ވެސް ތިޔަ އެންމެހައި ކަލުން ހެކިވެ ލައްވާ. އަދި އަހަރެން މިފަދައިން ކަންތައް ކުރުމުން އޭނާގެ ދަރިކޮޅުގައި މިބިން އޭނާގެ މިލްކެއްގެ ގޮތުގައި ދަމަހައްޓާނެ މީހަކު އަތުވެދާނެ. އަދި މިއަވަށުގައި އޭނާގެ ނަން ދެމި ހުންނާނެ.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ