6 ޔަހޫޛާގެ ދޮށީ ދަރިފުޅު ޢީރު ހެދިބޮޑުވެ ފުރާފުރިހަމަވި ހިނދު އެދަރިފުޅުގެ އަނތްބަކަށް ތާމާރު އޭ ކިޔާ އަންހެންކުއްޖަކު ޔަހޫޛާ ޚިޔާރު ކުރިއެވެ. އަދި މިކަނބުލޭގެ އާއި ޢީރު އާއި ކައިވެނި ކުރުވިއެވެ.
އެކަލޭގެފާނު ދިރިއުޅުއްވާފައި ވަނީ ފާރާންއޭ ކިޔުނު ސަހަރާގެ ތެރޭގައެވެ. އެކަލޭގެފާނު ކައިވެނި ބައްލަވައި ގަތުމަށް މިޞްރުން އަންހެން ކުއްޖަކު އެކަލޭގެފާނުގެ މައިކަނބަލުން ހޮއްވެވިއެވެ.
އޭގެފަހުގައި ޔަހޫޛާ އާއި އޭނާގެ އަންހެނުންނަށް ތިންވަނަ ފިރިހެން ދަރިފުޅު ލިބުނެވެ. މި ދަރިފުޅުގެ ނަމަކަށް ޝީލަތު ގެ ނަމުން މިކަނބުލޭގެ ނަންދިނެވެ. ޔަހޫޛާ އާއި އޭނާގެ އަންހެނުންނަށް ތިންވަނަ ދަރިފުޅު ލިބުނުއިރު އެ ދެމަފިރިން ދިރިއުޅެމުން ގެންދިޔައީ ކަޒީބު ގައެވެ.
ނަމަވެސް ޔަހޫޛާގެ ދޮށީ ދަރިފުޅު ޢީރުގެ ނުބައިވެގެންވީ އަޚުލާގުގެ ސަބަބުން މާތްރަސްކަލާނގެ އޭނާގެ މަރުހިއްޕެވިއެވެ.
ޔަހޫޛާއަކީ ފާރަޞް އާއި ޒެރާހުގެ ބަފައިކަލުންނެވެ. (އެބައިމީހުންގެ މައިކަނބަލަކީ ތާމާރު އެވެ.) ފާރަޞް އަކީ ހެޒުރޯންގެ ބަފައިކަލުންނެވެ. ހެޒުރޯން އަކީ އާރާމުގެ ބަފައިކަލުންނެވެ.