30 އޭގެފަހުގައި އަތުގައި ރަތް ކުލައިގެ ރޮދިފަށް އެއްސި ކުއްޖާ ވިހޭމެއެވެ. އަދި ޒާރަޙުގެ ނަމުން އެދަރިފުޅަށް ނަން ދިނެވެ.
ޔަހޫޛާގެ ދަރިންނަކީ ޢީރު، އޫނާން، ޝީލަތު، ފާރަޞް، އަދި ޒާރަޙުއެވެ. (ނަމަވެސް ޢީރު އާއި އޫނާން ވަނީ ކަންޢާނުގައި ނިޔާވެފައެވެ.) ފާރަޞްގެ ދަރިންނަކީ ޙަޞްރޫން އާއި ޙާމޫލްއެވެ.
ޔަހޫޛާއަކީ ފާރަޞް އާއި ޒެރާހުގެ ބަފައިކަލުންނެވެ. (އެބައިމީހުންގެ މައިކަނބަލަކީ ތާމާރު އެވެ.) ފާރަޞް އަކީ ހެޒުރޯންގެ ބަފައިކަލުންނެވެ. ހެޒުރޯން އަކީ އާރާމުގެ ބަފައިކަލުންނެވެ.