27 ތާމާރު ވިހެމުގެ ވަގުތު ކުޑަތަންވަމުން އައި ހިނދު އެކަނބުލޭގެ ނިބޫ ދެކުދިންނާއިގެން ބަލިވެއިންކަން އެނގުނެވެ.
ރިފްޤާ އެއްމާބަނޑު ދެ ދަރިކަލުންނާއިގެން ރައްކާވެ ވަޑައިގެންނެވިއެވެ.
އެކަނބުލޭގެ ވިހެއުމުގެ ވޭންވަރު އުފުލަމުން ދިޔަ ހިނދު ނިބޫ ދެކުދިންގެ ތެރެއިން އެއް ކުއްޖެއްގެ އަތް ބޭރަށް އައެވެ. އެ ހިނދު ފޫޅުމައިމީހާ އެ ކުއްޖާގެ އަތުގައި ރަތްކުލައިގެ ރޮދިފަށެއް އެއްސުމަށް ފަހު މިފަދައިން ބުންޏެވެ. ”ފުރަތަމަ ވިހެއި ދަރިފުޅަކަށް ވާނީ މި ދަރިފުޅު.“