ފެށުން 38:26 - ކިތާބުލް މުޤައްދަސާ26 ޔަހޫޛާއަށް އެތަކެއްޗަކީ އޭނާގެ ތަކެތިކަން އެނގުނެވެ. އެ ހިނދު އޭނާއަށް މިފަދައިން ބުނެވުނެވެ. ”އެކަނބުލޭގެ އަކީ އަހަރެންނަށް ވުރެން ހެޔޮލަފާ އިންސާނެއް. އެކަނބުލޭގެ މިފަދައިން އަމަލުކުރި ސަބަބަކީ އަހަރެންގެ ފިރިހެން ދަރިފުޅު ޝީލަތުގެ ކައިވެނި ކޮށްދިނުމަށް އަހަރެން އެކަނބުލޭގެއަށް ވީ ވަޢުދު އުވާލުމުން.“ އަދި އޭގެ ފަހުން ޔަހޫޛާ އެކަނބުލޭގެ އާއިއެކުގައި ޖިންސީ ގުޅުމެއް ނުހިންގައެވެ. အခန်းကိုကြည့်ပါ။ |
މިއިރު ޔަހޫޛާ ވަނީ އޭނާގެ ތިންވަނަ ދަރި ޝީލަތު ފުރާވަރަށް އެރުމުން ވެސް ތާމާރުއާ އޭނާގެ ކައިވެނި ކޮށް ނުދީފައެވެ. ޔަހޫޛާ ތިމްނާއަށް އަންނަ ޚަބަރު ތާމާރުއަށް ލިބުމުން އޭނާ ލައިގެންހުރި ހުވަފަތް އަންހެނުންގެ ހެދުން ބަދަލުކުރުމަށް ފަހު އެހެން ހެދުމެއްލައި އެކަނބުލޭގެ މޫނު ބުރުގާއިން ނިވާކުރިއެވެ. އަދި ތިމްނާއަށް ދެވެންއޮންނަ މަގުމަތީވާ އަވަށެއް ކަމުގައިވާ ޢައިނާއިމްގެ މައިދޮރާށި ކައިރީގައި ގޮސް އިނދެއްޖެވެ.
އާދަމްގެފާނު އެކަލޭގެފާނުގެ އަނބިކަނބަލުން ޙައްވާގެފާނާއި އެކު ރޭކުރެއްވިއެވެ. އެއަށް ފަހު ޙައްވާގެފާނު އާލާސްވެ އިންނަވާ ފިރިހެން ދަރިކަލަކާއިގެން ރައްކާވެ ވަޑައިގެންނެވިއެވެ. އެދަރިކަލުންނަށް ޤާޔީންގެ ނަމުން ނަންދެއްވިއެވެ. ޙައްވާގެފާނު ވިދާޅުވިއެވެ. ”މާތްރަސްކަލާނގެ އޯގާވަންތަކަމުން އަހަންނަށް ފިރިހެންދަރިކަލަކު ދެއްވައިފި.“
ދެން ދާއޫދުގެފާނު ޖެރޫސަލަމަށް ވަޑައިގެންފިއެވެ. ގަނޑުވަރަށް ވަޑައިގެން އެކަލޭގެފާނުގެ ގަނޑުވަރު ބަލަހައްޓަން ބައިތިއްބި ދިހަ ޖާރިޔާއިން ޚާއްސަ ގެޔަކަށް ފޮނުއްވައި ލައްވައިފިއެވެ. އެގޭގެ ވަށައިގެން ފާރަވެރިން ބައިތިއްބިއެވެ. ދާއޫދުގެފާނު އެ ޖާރިޔާއިންނަށް ބޭނުންވާ ޒުރޫރީ ބޭނުންތައް ފުރިހަމަކޮށް ދެއްވިއެވެ. އެހެންނަމަވެސް އެމީހުންނާއެކު ޖިންސީ އެއްވެސް ގުޅުމެއް ނުބާއްވައެވެ. އެމީހުން މަރުވެ ދިޔައީ ހުވަފަތް އަނބިންތަކެއްގެ ގޮތުގައި އެހެން ތިބެގެންނެވެ.