ފެށުން 38:24 - ކިތާބުލް މުޤައްދަސާ24 ގާތްގަނޑަކަށް އޭގެ ތިން މަސް ދުވަސް ފަހުން ޔަހޫޛާގެ ޅީދަރިފުޅު ކޮންމެވެސް ފިރިހެނަކާއެކު ބަދުއަޚުލާގީ ޢަމަލެއް ހިންގައި ޒިނޭކުރުމުން ބަލިވެއިން ޚަބަރު މީހެއްގެފަރާތުން ޔަހޫޛާއަށް ލިބުނެވެ. އެ ހިނދު ޔަހޫޛާ އަޑުލައި މިފަދައިން އަމުރުކުރިއެވެ. ”އޭނާ ދަމައި ގެނެސް އަވަށުން ބޭރުގައި ދިރިހުއްޓާ އަންދާލާ!“ အခန်းကိုကြည့်ပါ။ |
ދެން އަބީމާލިކުގެ ގާތަށް އިބްރާހީމްގެފާނު ގެންނަވައި ވިދާޅުވިއެވެ. ”ކަލޭގެފާނު ތިޔަ ކުރެއްވީ ކޮންފަދަ ކަމެއް؟! އަހަރެންގެ ރަސްކަމާއި އަދި މި ޤައުމުގެ މައްޗަށް މިފަދަ ބޮޑު މުސީބާތެއް ޖެހުމަށް ކަލޭގެފާނު ބޭނުންފުޅުވީ އަހަރެން ކަލޭގެފާނާމެދު ކޮންކަމެއް ކޮށްގެންކަން ބުނެދެއްވަ ބައްލަވާ؟ މިއީ އިންސާނުން ކުރާ ކަހަލަ ކަންތައްތޯ؟
ޔަހޫޛާ ރައްދުގައި ބުންޏެވެ. ”އެކަނބުލޭގެއަށް އަހަރެން ދިން ތަކެއްޗާއިގެން ދިޔަދީ. އަހަރެމެން އެކަނބުލޭގެ ހޯދަން އެ އަވަށަށް ހިނގައްޖެނަމަ މީސްތަކުންގެ މަލާމާތް އަހަރެމެންނަށް ލިބޭނެ. އަހަރެން ވަޢުދުވި ފަދައިން އެކަނބުލޭގެއަށް ޅަ ބަކަރިއެއް އަހަރެން ފޮނުވީމު. ނަމަވެސް ތިބާއަށް އެކަނބުލޭގެއެއް ނުފެނުނު.“