ފެށުން 38:22 - ކިތާބުލް މުޤައްދަސާ22 ޔަހޫޛާގެ ރަޙުމަތްތެރިޔާ ޙީރަތުއަށް އެކަނބުލޭގެ ނުފެނުމުން އެނބުރި ޔަހޫޛާގެ ކައިރިއަށް ގޮސް މިފަދައިން ބުންޏެވެ. ”އަހަރެންނަކަށް އެކަނބުލޭގެއެއް ނުފެނުނު. އަދި ޢައިނާއިމްގެ އަހުލުވެރިން އެބައިމީހުންގެ ތެރޭގައި ދުވަހަކު ވެސް ނާސި ކަނބުލޭގެއަކު ނުވާ ކަމުގައި ބުނި.“ အခန်းကိုကြည့်ပါ။ |
ޔަހޫޛާ ރައްދުގައި ބުންޏެވެ. ”އެކަނބުލޭގެއަށް އަހަރެން ދިން ތަކެއްޗާއިގެން ދިޔަދީ. އަހަރެމެން އެކަނބުލޭގެ ހޯދަން އެ އަވަށަށް ހިނގައްޖެނަމަ މީސްތަކުންގެ މަލާމާތް އަހަރެމެންނަށް ލިބޭނެ. އަހަރެން ވަޢުދުވި ފަދައިން އެކަނބުލޭގެއަށް ޅަ ބަކަރިއެއް އަހަރެން ފޮނުވީމު. ނަމަވެސް ތިބާއަށް އެކަނބުލޭގެއެއް ނުފެނުނު.“