Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 38:20 - ކިތާބުލް މުޤައްދަސާ

20 އެއަށް ފަހު ޢަދުއްލާމު އަވަށުގެ ޔަހޫޛާގެ ރަޙުމަތްތެރިޔާ ޙީރަތު އާއި ޅަ ބަކަރިއެއް ހަވާލު ކުރުމަށް ފަހު އެކަނބުލޭގެ ހޯދައި ދިނުމަށް ފަހު ޔަހޫޛާގެ ނިޝާނީ ހަނދާނާއި އަސާ އަނބުރާ ގެނައުމަށް އޭނާގެ ރަޙުމަތްތެރިޔާ ފޮނުވިއެވެ. ނަމަވެސް ޙީރަތު މުޅި އެ ސަރަހައްދު ހޯދައިގެން ވެސް އެކަނބުލޭގެ އެއް ނުފެނުނެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 38:20
8 ပူးပေါင်းရင်းမြစ်များ  

ދެން އަބީމާލިކުގެ ގާތަށް އިބްރާހީމްގެފާނު ގެންނަވައި ވިދާޅުވިއެވެ. ”⁠ކަލޭގެފާނު ތިޔަ ކުރެއްވީ ކޮންފަދަ ކަމެއް؟! އަހަރެންގެ ރަސްކަމާއި އަދި މި ޤައުމުގެ މައްޗަށް މިފަދަ ބޮޑު މުސީބާތެއް ޖެހުމަށް ކަލޭގެފާނު ބޭނުންފުޅުވީ އަހަރެން ކަލޭގެފާނާމެދު ކޮންކަމެއް ކޮށްގެންކަން ބުނެދެއްވަ ބައްލަވާ؟ މިއީ އިންސާނުން ކުރާ ކަހަލަ ކަންތައްތޯ؟


އެދުވަސްތަކުގައި ޔަހޫޛާ އޭނާގެ އަޚުންނާއި ވަކިން ޢަދުއްލާމްއަށް ދިޔައެވެ. އަދި އެރަށުގައި ޙީރަތުއޭ ކިޔާ މީހެއްގެ ގާތު ދިރިއުޅެމުން ދިޔައެވެ.


ގެއަށް އެނބުރި ދިއުމަށް ފަހު ތާމާރު އޭކަނބުލޭގެ ލައިގެންހުރި ހެދުމާއި ބުރުގާ ނެގުމަށް ފަހު އިހުނެކޭ އެއްފަދައިން އެކަނބުލޭގެ ލައިގެން ހުންނަ ހުވަފަތް އަންހެނުން އަޅާ ހެދުން އެޅިއެވެ.


އެންމެފަހުން ޢައިނާއިމް އަވަށުގެ މީސްތަކުން ކުރެން ޙީރަތު މިފަދައިން އެހިއެވެ. ”⁠ތިޔަބައިމީހުންގެ އަވަށު މައި ދޮރާށި ކައިރީގައި އިށީނދެގެން އިންނަ ކަސްބީ ކަނބުލޭގެ ކޮބައިތަ؟⁠“ އެމީހުން ޖަވާބުގައި ބުންޏެވެ. ”⁠އަހަރެމެންގެ މިއަވަށުގައި ދުވަހަކު ވެސް ނާސި ކަނބުލޭގެއަކު ނުވޭ.⁠“


އަމްނޫނުގެ ރައްޓެއްސަކަށް ޔޫނަދަބު ކިޔާ މީހަކު ހުއްޓެވެ. އޭނާއަކީ ދާއޫދުގެފާނުގެ ބޭބެ ޝިމްޢީގެ ދަރިއެކެވެ. ޔޫނާދާބު އަކީ ވަރަށް ހިޔަޅު ބުއްދި ހުންނަ މީހެކެވެ.


މި ދުވަހުގެ ކުރީގައި ހެރޮދު އާއި ޕިލާތުސް އަކީ ދެ ދުޝްމިނުން ކަމުގައި ވިޔަސް މި ދުވަހަށް ފަހު އެދެމީހުންނީ ދެރަޙުމަތްތެރިން ކަމުގައި ވިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ