Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 38:19 - ކިތާބުލް މުޤައްދަސާ

19 ގެއަށް އެނބުރި ދިއުމަށް ފަހު ތާމާރު އޭކަނބުލޭގެ ލައިގެންހުރި ހެދުމާއި ބުރުގާ ނެގުމަށް ފަހު އިހުނެކޭ އެއްފަދައިން އެކަނބުލޭގެ ލައިގެން ހުންނަ ހުވަފަތް އަންހެނުން އަޅާ ހެދުން އެޅިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 38:19
5 ပူးပေါင်းရင်းမြစ်များ  

މިއިރު ޔަހޫޛާ ވަނީ އޭނާގެ ތިންވަނަ ދަރި ޝީލަތު ފުރާވަރަށް އެރުމުން ވެސް ތާމާރުއާ އޭނާގެ ކައިވެނި ކޮށް ނުދީފައެވެ. ޔަހޫޛާ ތިމްނާއަށް އަންނަ ޚަބަރު ތާމާރުއަށް ލިބުމުން އޭނާ ލައިގެންހުރި ހުވަފަތް އަންހެނުންގެ ހެދުން ބަދަލުކުރުމަށް ފަހު އެހެން ހެދުމެއްލައި އެކަނބުލޭގެ މޫނު ބުރުގާއިން ނިވާކުރިއެވެ. އަދި ތިމްނާއަށް ދެވެންއޮންނަ މަގުމަތީވާ އަވަށެއް ކަމުގައިވާ ޢައިނާއިމްގެ މައިދޮރާށި ކައިރީގައި ގޮސް އިނދެއްޖެވެ.


ޔަހޫޛާ މިފަދައިން އެކަނބުލޭގެ ގާތުން އެހިއެވެ. ”⁠މިކަމުގެ އިތުބާރެއްގެ ގޮތުގައި ކަނބުލޭގެ އަތުގައި ބޭއްވުމަށް އެދެނީ ކޮންއެއްޗެއް؟⁠“ ތާމާރު ޖަވާބު ދިނެވެ. ”⁠އަހަރެން ބޭނުމީ ތިބާގެ ކަރުގައި އަޅާފައިވާ ފަށާއި، ފަށުފުލުގައިވާ ސިއްކަ ޖަހާ އެހާއި، ތިބާގެ އަތުގައި ތިއޮތް އަސާ.⁠“ އެގޮތުން އެކަނބުލޭގެއަށް ޔަޤީންކަން ދިނުމުގެ ގޮތުން ޔަހޫޛާ އެތަކެތި އެކަނބުލޭގެ އަތަށް ދިނެވެ. އެއަށް ފަހު ތާމާރު އާއި ޔަހޫޛާ ޖިންސީގުޅުން ހިންގިއެވެ. ދެން ތާމާރު ބަލިވެއިނދެއްޖެއެވެ.


އެއަށް ފަހު ޢަދުއްލާމު އަވަށުގެ ޔަހޫޛާގެ ރަޙުމަތްތެރިޔާ ޙީރަތު އާއި ޅަ ބަކަރިއެއް ހަވާލު ކުރުމަށް ފަހު އެކަނބުލޭގެ ހޯދައި ދިނުމަށް ފަހު ޔަހޫޛާގެ ނިޝާނީ ހަނދާނާއި އަސާ އަނބުރާ ގެނައުމަށް އޭނާގެ ރަޙުމަތްތެރިޔާ ފޮނުވިއެވެ. ނަމަވެސް ޙީރަތު މުޅި އެ ސަރަހައްދު ހޯދައިގެން ވެސް އެކަނބުލޭގެ އެއް ނުފެނުނެވެ.


އެހެންވެ ޔުއާބު ތަޤޫޢު އަވަށަށް މީހަކު ފޮނުވައިގެން އެތަނުން ވިސްނުންތެރި އަންހެނަކު ގެނަސްފިއެވެ. ޔުއާބު މި އަންހެނާގެ ގާތު ބުންޏެވެ. ”⁠ނިކަން ހިތާމަވެރި އަންހެނެއްގެ ސިފަޖައްސައިގެން މޮޅިވެރި ހެދުމެއް ލައިގެން ދާތި. މީރުވަސް ދުވާ އެއްޗެއް ބޭނުން ނުކުރާތި. މީހަކު މަރުވެގެން އެތައް ދުވަހަކު ހިތާމަކުރަމުން ދާފަދައިން ރޮމުން ދާތި.


ދާއޫދު ރަސްގެފާނު ވިދާޅުވިއެވެ. ”⁠ކަލެއަށް ދިމާވެގެން ތިޔަ އުޅެނީ ކޮން މަސްއަލައެއްތަ؟⁠“ އަންހެންމީހާ ދެންނެވިއެވެ. ”⁠އަޅުގަނޑު މީ ހުވަފަތް އަންހެނަކީން. ފިރިމަރުވެފައި ހުރި ނިކަމެއްޗަކިން.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ