Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 38:18 - ކިތާބުލް މުޤައްދަސާ

18 ޔަހޫޛާ މިފަދައިން އެކަނބުލޭގެ ގާތުން އެހިއެވެ. ”⁠މިކަމުގެ އިތުބާރެއްގެ ގޮތުގައި ކަނބުލޭގެ އަތުގައި ބޭއްވުމަށް އެދެނީ ކޮންއެއްޗެއް؟⁠“ ތާމާރު ޖަވާބު ދިނެވެ. ”⁠އަހަރެން ބޭނުމީ ތިބާގެ ކަރުގައި އަޅާފައިވާ ފަށާއި، ފަށުފުލުގައިވާ ސިއްކަ ޖަހާ އެހާއި، ތިބާގެ އަތުގައި ތިއޮތް އަސާ.⁠“ އެގޮތުން އެކަނބުލޭގެއަށް ޔަޤީންކަން ދިނުމުގެ ގޮތުން ޔަހޫޛާ އެތަކެތި އެކަނބުލޭގެ އަތަށް ދިނެވެ. އެއަށް ފަހު ތާމާރު އާއި ޔަހޫޛާ ޖިންސީގުޅުން ހިންގިއެވެ. ދެން ތާމާރު ބަލިވެއިނދެއްޖެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 38:18
8 ပူးပေါင်းရင်းမြစ်များ  

ޔަހޫޛާ މިފަދައިން ޖަވާބު ދިނެވެ. ”⁠އަހަރެންގެ ބަކަރިތަކުގެ ތެރެއިން ޅަ ބަކަރިއެއް ކަނބުލޭގެއަށް އަހަރެން ފޮނުވައިދޭނަން.⁠“ އެކަނބުލޭގެ ރައްދުގައި މިފަދައިން ބުންޏެވެ. ”⁠އަހަރެންނަށް ޅަ ބަކަރިއެއް ތިބާ ފޮނުވައިދޭނޭ ކަމުގެ އިތުބާރެއްގެ ގޮތުން އަހަރެންގެ އަތުގައި ތިބާ ކޮންމެވެސް އެއްޗެއް ބާއްވަން ޖެހޭނެ.⁠“


ގެއަށް އެނބުރި ދިއުމަށް ފަހު ތާމާރު އޭކަނބުލޭގެ ލައިގެންހުރި ހެދުމާއި ބުރުގާ ނެގުމަށް ފަހު އިހުނެކޭ އެއްފަދައިން އެކަނބުލޭގެ ލައިގެން ހުންނަ ހުވަފަތް އަންހެނުން އަޅާ ހެދުން އެޅިއެވެ.


އެއަށް ފަހު ފިރުޢައުނު ރަސްގެފާނު އަތްޕުޅުގައިވާ ޝާހީ ނިޝާން ޖަހާފައިވާ އަނގޮޓިކޮޅު އިނގިލިފުޅުން ނަންގަވައި ޔޫސުފުގެފާނުގެ އިނގިލިފުޅުގައި އަޅުއްވައި ޝާހީ ރިދާކޮޅެއް ޔޫސުފުގެފާނަށް ދެއްވައި އަދި އެކަލޭގެފާނުގެ ކަރުފުޅުގައި ޝާހީ ރަންފަށެއް އެޅުއްވިއެވެ.


ނަމަވެސް އޭނާގެ ބައްޕަ ނޯކަރުންނަށް ގޮވާ ގެނެސް ބުނި. ’⁠އަވަހަށް ގޮސް މޮޅު އަގުބޮޑު ހެދުމެއް ގެނެސް މީނާއަށް ދޭށޭ. މީނާގެ އިނގިލީގައި އަޅާނެ އަންގޮޓިއަކާއި އަރާނެ ފައިވާނެއް ވެސް ގެނެސްދޭށޭ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ