ފެށުން 38:16 - ކިތާބުލް މުޤައްދަސާ16 އެހެންވީމާ، ޔަހޫޛާ އެކަނބުލޭގެ ގާތަށް ދިޔައެވެ. އަދި މި ކަނބުލޭގެ އަކީ އޭނާގެ ޅީދަރިފުޅުކަން އެނގިގެންނުވާ ޙާލުގައި އެކަނބުލޭގެ އާއިއެކުގައި ޖިމާޢުވުމަށް އެދި މިފަދައިން ވާހަކަ ދެއްކިއެވެ. ”އަހަރެން ކަނބުލޭގެއާ އެކުގައި ޖިންސީގުޅުން ހިންގުމަށް އެދިގެންވަމު.“ އެކަނބުލޭގެ މިފަދައިން ޖަވާބު ދިނެވެ. ”އަހަރެން ތިބާއާއި އެކުގައި ޖިންސީގުޅުން ހިންގުމުން ތިބާ އަހަރެންނަށް ދޭނީ ކޮންއެއްޗެއް؟“ အခန်းကိုကြည့်ပါ။ |
ޔަހޫޛާ މިފަދައިން ޖަވާބު ދިނެވެ. ”އަހަރެންގެ ބަކަރިތަކުގެ ތެރެއިން ޅަ ބަކަރިއެއް ކަނބުލޭގެއަށް އަހަރެން ފޮނުވައިދޭނަން.“ އެކަނބުލޭގެ ރައްދުގައި މިފަދައިން ބުންޏެވެ. ”އަހަރެންނަށް ޅަ ބަކަރިއެއް ތިބާ ފޮނުވައިދޭނޭ ކަމުގެ އިތުބާރެއްގެ ގޮތުން އަހަރެންގެ އަތުގައި ތިބާ ކޮންމެވެސް އެއްޗެއް ބާއްވަން ޖެހޭނެ.“