Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 38:14 - ކިތާބުލް މުޤައްދަސާ

14 މިއިރު ޔަހޫޛާ ވަނީ އޭނާގެ ތިންވަނަ ދަރި ޝީލަތު ފުރާވަރަށް އެރުމުން ވެސް ތާމާރުއާ އޭނާގެ ކައިވެނި ކޮށް ނުދީފައެވެ. ޔަހޫޛާ ތިމްނާއަށް އަންނަ ޚަބަރު ތާމާރުއަށް ލިބުމުން އޭނާ ލައިގެންހުރި ހުވަފަތް އަންހެނުންގެ ހެދުން ބަދަލުކުރުމަށް ފަހު އެހެން ހެދުމެއްލައި އެކަނބުލޭގެ މޫނު ބުރުގާއިން ނިވާކުރިއެވެ. އަދި ތިމްނާއަށް ދެވެންއޮންނަ މަގުމަތީވާ އަވަށެއް ކަމުގައިވާ ޢައިނާއިމްގެ މައިދޮރާށި ކައިރީގައި ގޮސް އިނދެއްޖެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 38:14
9 ပူးပေါင်းရင်းမြစ်များ  

އަދި ޚާދިމުކަލޭގެ ކައިރިން މިފަދައިން އެހިއެވެ. ”⁠އެ ދަނޑުބިންތަކުގެ ތެރެއިން ހިނގާފައި އަހަރެމެންނާއި ދިމާއަށް އެއަންނަނީ ކާކު؟⁠“ ޚާދިމުކަލޭގެ މިފަދައިން ޖަވާބު ދިނެވެ. ”⁠އެއީ އަހަރެންގެ ސާހިބާ.⁠“ އެ ހިނދު ރިފްޤާ އޭނާގެ ކޮޑުމަތީގައިވާ ބުރުގާއިން މޫނު ނިވާކުރިއެވެ.


ޔަހޫޛާއަށް މިކަނބުލޭގެ ފެނުނު ހިނދު އެއީ ކަސްބީ އަންހެން ކުއްޖެއްކަމުގައި އޭނާއަށް ހީވިއެވެ. ސަބަބަކީ ބުރުގާއިން މިކަނބުލޭގެ މޫނު ނިވައިކޮށްފައި ވުމުންނެވެ.


ގެއަށް އެނބުރި ދިއުމަށް ފަހު ތާމާރު އޭކަނބުލޭގެ ލައިގެންހުރި ހެދުމާއި ބުރުގާ ނެގުމަށް ފަހު އިހުނެކޭ އެއްފަދައިން އެކަނބުލޭގެ ލައިގެން ހުންނަ ހުވަފަތް އަންހެނުން އަޅާ ހެދުން އެޅިއެވެ.


ޔަހޫޛާއަށް އެތަކެއްޗަކީ އޭނާގެ ތަކެތިކަން އެނގުނެވެ. އެ ހިނދު އޭނާއަށް މިފަދައިން ބުނެވުނެވެ. ”⁠އެކަނބުލޭގެ އަކީ އަހަރެންނަށް ވުރެން ހެޔޮލަފާ އިންސާނެއް. އެކަނބުލޭގެ މިފަދައިން އަމަލުކުރި ސަބަބަކީ އަހަރެންގެ ފިރިހެން ދަރިފުޅު ޝީލަތުގެ ކައިވެނި ކޮށްދިނުމަށް އަހަރެން އެކަނބުލޭގެއަށް ވީ ވަޢުދު އުވާލުމުން.⁠“ އަދި އޭގެ ފަހުން ޔަހޫޛާ އެކަނބުލޭގެ އާއިއެކުގައި ޖިންސީ ގުޅުމެއް ނުހިންގައެވެ.


އެ އަންހެނާ ހުރީ ކަސްބީންގެ ހެދުމުގައެވެ. ހިތުގައި އޮތީ އެންމެ މަގުސަދެކެވެ.


ގޯޅިގޯޅި ކަން މަތީގައިއާއި ބާޒާރު މަތީ ފިރިހެނުން އަތުއަޅުވަން އުޅޭ އަންހެނެކެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ