Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 38:12 - ކިތާބުލް މުޤައްދަސާ

12 އޭގެ އަހަރުތަކެއް ފަހުން ޔަހޫޛާގެ އަންހެނުން ނިޔާވިއެވެ. އަދި އެކަމުގެ ހިތާމައިގެ މުއްދަތު ނިމުމާއެކު ޔަހޫޛާ އޭނާގެ ކަންބަޅިތަކުގެ ކެހެރި ބޭލުމުގެ މަސައްކަތް ކުރަމުން ގެންދާ މީހުންގެ ގާތަށް ތިމްނާއަށް ދިޔައެވެ. އަދި އޭނާ އާއި އެކުގައި ޢަދުއްލާމްގެ އޭނާގެ އެކުވެރިޔާ ޙީރަތު ވެސް ތިމްނާއަށް ދިޔައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 38:12
13 ပူးပေါင်းရင်းမြစ်များ  

ދެން އިސްޙާޤުގެފާނު، އެކަލޭގެފާނުގެ މައިކަމަނާ ސާރާ އަވަހާރަވެ ވަޑައިގެންނެވުމަށް ދާންދެން އުޅުއްވި ފޭލިގެކޮޅަށް ރިފްޤާ ގެންދިޔައެވެ. އަދި ރިފްޤާ އާއި ކައިވެނި ބައްލަވައިގަތެވެ. ރިފްޤާ ދެކެ އިސްޙާޤުގެފާނު ނިހާޔަތަށް ލޯބިފުޅުވިއެވެ. އަދި މި ކައިވެނީގެ ސަބަބުން އެކަލޭގެފާނުގެ މައިކަމަނާ ނެތުމުގެ އުނިކަން ފިލައި ހިތްޕުޅު ހަމަޖެހިވަޑައިގަތެވެ.


އެވަގުތު ލަބާން ވީ އޭނާގެ ކަންބަޅިތަކުގެ ކެހެރި ބޭލުމަށްޓަކައި ސަހަރުން ބޭރުގައެވެ. އަދި ލަބާން ގޭގައި ނެތް ވަގުތު ބެލުމަށް ފަހު ރާޙީލް އެކަނބުލޭގެ ބައްޕަ ލަބާން، ގޭގައި އަޅުކަން ކުރަން ބަހައްޓަފައިހުރި ބުދުތަކުގެ ތެރެއިން ބުދުތަކެއް އެކަނބުލޭގެއާއި އެކުގައި ގެންދިއުމަށް ވަގަށް ނަގައިފިއެވެ.


އެދުވަސްތަކުގައި ޔަހޫޛާ އޭނާގެ އަޚުންނާއި ވަކިން ޢަދުއްލާމްއަށް ދިޔައެވެ. އަދި އެރަށުގައި ޙީރަތުއޭ ކިޔާ މީހެއްގެ ގާތު ދިރިއުޅެމުން ދިޔައެވެ.


އޭރު ދާއޫދު ރަސްގެފާނަށް އަމްނޫން މަރުވުމުގެ ހިތާމަ ފިލާވަޑައިގެންފިއެވެ. އެކަމަކު އަބްޝާލޫމް ނެތުމުން އެކަމާ ހިތާމަފުޅު ކުރައްވަން ފައްޓަވައިފިއެވެ.


އަބީޖާއިލް ގެއަށް ދިޔައިރު ނާބާލް އިނީ ރަސްކަލެއް ފަދައިން ކާށެވެ. އޭނާ ވަނީ ރާބޮއި މަސްތުވެ ފޯރި ގަދަވެފަ އެވެ. އެހެންކަމުން އެރެއަކު އޭނާގެ ގާތަކު މީން ވާހަކައެއް އޭނާ ނުދައްކައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ