ފެށުން 37:9 - ކިތާބުލް މުޤައްދަސާ9 މިހުވަފެންފުޅަށް ފަހު އެހެން ހުވަފެންފުޅެއް ވެސް އެކަލޭގެފާނަށް ފެނިވަޑައިގަތެވެ. އަދި މި ހުވަފެންފުޅު ވެސް އެކަލޭގެފާނުގެ އަޚުންނަށް ވިދާޅުވެދެއްވުމުގެ ގޮތުން މިފަދައިން ދެންނެވިއެވެ. ”އަހަރެންނަށް ފެނުނު އެހެން ހުވަފެނެއްގައި އަހަރެންނަށް ޢިއްޒަތާއި ޤަދަރުކޮށް އިރާއި، ހަނދުގެ އިތުރުން އެގާރަ ތަރި އަހަރެންގެ ކުރިމަތީގައި ކުރުނީސްކުރަނިކޮށް އަހަރެންނަށް ފެނުނު.“ အခန်းကိုကြည့်ပါ။ |
ޔޫސުފުގެފާނު އެކަލޭގެފާނަށް ފެނިވަޑައިގެންނެވި މި ހުވަފެންފުޅުގެ ވާހަކައިން އެކަލޭގެފާނުގެ ބަފައިކަލުންނަށް މިފަހަރު ޚަބަރު ދެއްވިއެވެ. ނަމަވެސް އެކަލޭގެފާނުގެ ބަފައިކަލުން މިފަދައިން އަޑުލެއްވިއެވެ. ”ތިޔައީ ކޮންފަދަ ހުވަފެނެއް؟ އަހަރެންނާއި ތިބާގެ މައިމީހާގެ އިތުރުން ތިބާގެ އެންމެހާ އަޚުން ތިބާގެ ކުރިމައްޗަށް އައިސް ގުދުވެ ކުރުނީސް ކުރާނެކަމަށް ތިބާ ގަބޫލުކުރަމުތަ؟“
އެކަލޭގެފާނުގެ އެންމެހާ އަޚުން މިފަދައިން އެކަލޭގެފާނަށް ރައްދު ދެއްވިއެވެ. ”ކަލޭ ހީކުރަމުން ތިޔަގެންދަނީ ކަލޭތީ އަހަރެމެން ހުރިހާ އެންމެންގެ މައްޗަށް ވެރިކަން ހިންގާނޭ ރަސްގެފާނު ކަމަށްތަ!“ އެހެންވީމާ، އެކަލޭގެފާނުގެ އަޚުން އިހުނަށް ވުރެން ވެސް ބޮޑަށް އެކަލޭގެފާނުދެކެ ނަފްރަތު ކުރިއެވެ. އެއީ ހަމައެކަނި އެ ހުވަފެންފުޅު އެކަލޭގެފާނު ވިދާޅުވެ ދެއްވުމަކުން ނުމެ ނޫންމެއެވެ. އެފަދަ ގޮތަކަށް އެކަލޭގެފާނަށް ވިދާޅުވެވުމާއި އެކުގައި ވެސް މެއެވެ.