Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 37:7 - ކިތާބުލް މުޤައްދަސާ

7 އަހަރެމެން އެންމެން ދަނޑުގައި ތިބެ ގޮވާން ކެނޑުމަށް ފަހު ބޮނޑިބޮނޑިއަށް އެގޮވާން ބަންނަމުން ދިޔައިން. ކުއްލިއަކަށް އަހަރެން ބަނދެފައި އޮތް ގޮވާން ބޮނޑި ކޮޅަށް ޖެހުނު. އެ ހިނދު ތިބާމެން ބަނދެފައި ހުރި ބޮނޑިތައް އަހަރެންގެ ބޮނޑީގެ ވަށައިގެން އެއްވެ އެ ބޮނޑިއަށް ސަޖިދަކުރި.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 37:7
12 ပူးပေါင်းရင်းမြစ်များ  

އެންމެހާ ވަންހަތަކުގެ މީސްތަކުން ދަރިފުޅުގެ އަމުރަށް ކިޔަމަންތެރިވެ ދަރިފުޅަށް ޚިދުމަތް ކުރާނެ. ދަރިފުޅުގެ ގާތްތިމާގެ މީހުންގެ މައްޗަށް ދަރިފުޅު ވެރިކަން ހިންގުމަށް މާތްރަސްކަލާނގެ މެދުވެރި ކުރައްވާނެ. އަދި ދަރިފުޅުގެ އެއްބަނޑު ކުދިން ދަރިފުޅަށް ކުރުނީސް ކުރާނެ. ދަރިފުޅަށް ބަދު ކަންތައްތަކަށް ހިތާ ފަރާތްތަކާއި މެދު މާތްރަސްކަލާނގެ ލަޢުނަތް ލައްވާނެ. އަދި ދަރިފުޅަށް ބަރަކާތަށް އެދޭ ފަރާތްތަކަށް ބަރަކާތް ލެވިގެންވާނެ.⁠“


އެ ހުވަފެންފުޅު ޔޫސުފުގެފާނުގެ އަޚުންނަށް އެކަލޭގެފާނު މިފަދައިން ވިދާޅުވެދެއްވިއެވެ. ”⁠އަހަރެންނަށް ފެނުނު ހުވަފެން ތިބާމެންނަށް ކިޔައިދިނުމަށް އަހަރެން ބޭނުން.


އޭރު މިޞްރުގެ ގަވަރުވަނަރަކަށް ހުންނެވީ ޔޫސުފުގެފާނެވެ. އެކަލޭގެފާނަކީ އެ ހުރިހާ ގޮވާމެއް ވިއްކުމާ ހަވާލުވެ ހުންނެވި ވެރިޔާއެވެ. ޔޫސުފުގެފާނުގެ ބޭބެއިން އައިސް އެކަލޭގެފާނުގެ ކުރިފުޅުމަތީގައި ގުދުވެ ބިންމަތީ މޫނު ޖައްސައިފިއެވެ.


އަދި މީގެ އަހަރުތަކެއް ކުރިން ޔޫސުފުގެފާނުގެ ކުރިފުޅުމަތީގައި އެކަލޭގެފާނުގެ އެންމެހާ އަޚުން ކުރުނީސް ކުރަނިކޮށް ފެނިވަޑައިގެންނެވި ހުވަފެންފުޅުގެ މަތިން އެކަލޭގެފާނަށް ހަނދުމަފުޅު ވިއެވެ. އެ ހިނދު އެކަލޭގެފާނު މިފަދައިން އެބައިމީހުންނަށް ވިދާޅުވިއެވެ. ”⁠ކަލޭމެންނަކީ ޖާސޫސުކުރާ ބަޔަކީމު! ކަލޭމެން މި ޤައުމަށް ތިޔަ އައީ މި ޤައުމުގެ ބަލިފަޔަކީ ކޮބައިތޯ ބެލުމަށް!⁠“


ޔޫސުފުގެފާނު ގަނޑުވަރަށް ވަޑައިގަތުމުން، އެކަލޭގެފާނުގެ އަޚުން އެކަލޭގެފާނުގެ ކުރިފުޅުމަތީގައި ގުދުވެ ބިންމަތީ މޫނު ޖައްސައިގެން އެކަލޭގެފާނަށް ވެދުމަށް ގެނައި ހަދިޔާތައް އެރުވިއެވެ.


އެބައިމީހުން ޖަވާބުގައި މިފަދައިން ދެންނެވިއެވެ. ”⁠ކަލޭގެފާނުގެ ޚާދިމު، އަޅުގަނޑުމެންގެ ބަފައިކަލުން ހެޔޮ ޙާލުކޮޅުގައި ދުނިޔޭގައި އެބަހުންނެވި.⁠“ މިހެން ބުނުމަށް ފަހު، އެބައިމީހުން ޔޫސުފުގެފާނަށް ޤަދަރުކުރުމުގެ ގޮތުން އެކަލޭގެފާނުގެ ކުރިފުޅުމަތީގައި ގުދުވެ ކުރުނީސް ކުރިއެވެ.


ޔަހޫޛާ އާއި އެހެނިހެން އަޚުން ޔޫސުފުގެފާނުގެ ގަނޑުވަރަށް ދިޔަ ހިނދު ޔޫސުފުގެފާނު އެކަލޭގެފާނުގެ ގަނޑުވަރުގައި ހުންނެވިއެވެ. އަދި އެކަލޭގެފާނުގެ ކުރިފުޅުމަތީގައި އެބައިމީހުން މޫނު ބިންމަތީގައި ޖައްސާ ގުދުވެ ކުރުނީސްކުރިއެވެ.


އެއަށް ފަހު، ޔަހޫޛާ ޔޫސުފުގެފާނުގެ އަރިހަށް ގޮސް މިފަދައިން ދެންނެވިއެވެ. ”⁠ސާހިބާ އަޅުގަނޑު ސާފުސީދާކޮށް މިފަދައިން ދެންނެވުމުގެ ހުއްދަ ދެއްވާ. އަދި އަޅުގަނޑާއިމެދު ކޯފާވެވަޑައި ނުގަންނަވާ. މިޞްރުގެ ރަސްގެފާނާއި އެއްފަދައިން މަނިކުފާނަށް ވެސް ބާރުފުޅު ލިބިވަޑައިގެންވާކަން އަޅުގަނޑު ދަންނަމު.


އަޅުގަނޑުމެން މީގެކުރިން މިތަނުގައި ތިބި ފަހަރެއްގައި އަޅުގަނޑުމެންގެ ބައްޕަ ދުނިޔޭގައި ހުންނެވިތޯ އާއި އަޅުގަނޑުމެންގެ އިތުރު ކޮއްކޮއަކު ހުންނެވިތޯ މަނިކުފާނު އެއްސެވީމު.


ދެން އެކަލޭގެފާނުގެ އެންމެހާ ބޭބެއިން އެކަލޭގެފާނުގެ އަރިހަށް އައުމަށް ފަހު، އެކަލޭގެފާނުގެ ކުރިފުޅުމަތީގައި ގުދުވެ ކުރުނީސްކޮށް މިފަދައިން ދެންނެވިއެވެ. ”⁠އަޅުގަނޑުމެންނަކީ ކަލޭގެފާނުގެ އަޅުންނީމު.⁠“


އެހެންވީމާ، މިދުނިޔެ އާއި ސުވަރުގޭގެ އިތުރުން އަދި މަރުވެ ދިޔަ ހުރިހާ އެންމެން އީސާގެފާނުގެ ނަންފުޅަށް ސަޖިދަ ކޮށް އަޅުކަން ކުރާނެއެވެ.


އެކަލޭގެފާނީ މަސީޙީ ޖަމާޢަތުގެ ބޮލެވެ. އެކަލޭގެފާނަކީ އެ ހަށިގަނޑަށް ދިރިހުރުން ގެނަސްދޭ ވަސީލަތް ވެސް މެއެވެ. އެކަލޭގެފާނަކީ އެންމެ ފުރަތަމަ ފެށުމެވެ. މަރުވުމަށް ފަހު އެންމެ ކުރީން އަލުން ދިރުއްވާފައި ވަނީ ވެސް އެކަލޭގެފާނެވެ. އެއީ ހުރިހާ ތަކެއްޗެއްގެ ތެރޭން އެންމެ ފުރަތަމަ މަޤާމު އެކަލޭގެފާނަށް ދެއްވުމަށްޓަކައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ