Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 37:4 - ކިތާބުލް މުޤައްދަސާ

4 ނަމަވެސް ޔޫސުފުގެފާނުގެ އެންމެހާ އަޚުން އެކަލޭގެފާނުދެކެ ނުހަނު ނަފްރަތު ކުރެއެވެ. ސަބަބަކީ އެކަލޭގެފާނުގެ ބަފައިކަލުން އެންމެ ރުހިލައްވާ ދަރިކަލުންނަކީ އެކަލޭގެފާނު ކަމުގައި ވުމުންނެވެ. އަދި އެކަލޭގެފާނުގެ އެންމެހާ އަޚުން ހެޔޮބަހެއް އެކަލޭގެފާނާއިމެދު ބުނުމުގެ ބަދަލުގައި ހަރުކަށިކޮށް މުޚާތަބު ކުރޭމެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 37:4
19 ပူးပေါင်းရင်းမြစ်များ  

މިކަމާއި ގުޅިގެން ޢީސޫގެ ހިތުގައި ޔަޢުޤޫބުގެފާނުގެ މައްޗަށް ގަދަވެގެންވާ ޙަސަދަވެރިކަމެއް އުފެދިގެން ދިޔައެވެ. އެއީ ޔަޢުޤޫބުގެފާނު އެކަލޭގެފާނަށް މަކަރު ހެއްދެވުމުގެ ސަބަބުންނެވެ. އެގޮތުން ޔަޢުޤޫބުގެފާނު އަވަހާރަ ކޮށްލުމަށްޓަކައި ޢީސޫ، އެކަލޭގެފާނުގެ ހިތުގެ ތެރޭގައި މިފަދައިން ރާވަމުން ގެންދިޔައެވެ. ”⁠އަހަރެންގެ ބައްޕާފުޅު އަވަހާރަވީހާ އަވަހަކަށް އެކަލޭގެފާނުގެ މައްޗަށް އަހަރެން ހިތާމަ ކޮށް ނިމުމުން އަހަރެން ޔަޢުޤޫބު މަރާލާނަން.⁠“


ޔޫސުފުގެފާނުގެ އެންމެހާ އަޚުން އެކަލޭގެފާނާއި މެދު ހަސަދަވެރިވި ކަމުގައި ވިނަމަވެސް އެކަލޭގެފާނުގެ ބަފައިކަލުން މި ހުވަފެނުގެ ތަޢުބީރާއިމެދު ވިސްނަވަމުން ގެންދެވިއެވެ.


އެއްރެއަކު ޔޫސުފުގެފާނަށް ހުވަފެންފުޅެއް ފެނިވަޑައިގެންނެވިއެވެ. އަދި އޭގެ ފަހުން ދުވަހެއްގައި އެކަލޭގެފާނުގެ އަޚުންނަށް އެ ހުވަފެންފުޅު ކިޔައިދެއްވުމުން އިހުނަށް ވުރެން ބޮޑަށް އެކަލޭގެފާނުގެ އަޚުން ނަފްރަތު ކުރިއެވެ.


ނަމަވެސް ޤާޔީން އާއި އޭނާ ގެނައި ތަކެއްޗާ މެދަކު އެކަލާނގެ ރުހިވޮޑިއެއް ނުގެންނެވިއެވެ. މިކަމުގެ ސަބަބުން ޤާޔީން ވަރަށްބޮޑަށް ރުޅިއައިސް، ދެރަވެ އަދި ލަދުގެންފިއެވެ.


”⁠ދުނިދަނޑި ޖަހާ މީހުން އޭނާއަށް އަނިޔާވެރި ގޮތުގައި ޙަމަލާދީ ރުޅިވެރިކަމާއެކު އޭނާއާ ދިމާއަށް ތީރު އުކި.⁠“


އަދި އާއިލާއެއްގެ ތެރޭގައި ބައިބައި ވުން އުފެދިއްޖެ ނަމަ އެ އާއިލާއެއް ވެސް ރޫޅިދާނެ.


އެއްދުވަސްވަރެއްގައި އަހަރެމެން ވެސް މޮޔަކަން މަތީ ނުކިޔަމަންތެރިވީމެވެ. އަހަރެމެން ދާންވީ މަގު ނޫން މަގަކުން ގޮސް ނުބައި އެދުންތަކުން ބަނދެވިގެން ވިއެވެ. އެއީ އޭރު އަހަރެމެންގެ ޙަޔާތް ނުބައިވެގެންވީ ކަންތަކުން ފުރި ޙަސަދަވެރި ވެފައި ވީތީއެވެ. އެހެންމީހުން އަހަރެމެންދެކެ ނަފްރަތު ކުރިފަދައިން އަހަރެމެން ވެސް އެމީހުންނާއިމެދު ނަފްރަތު ކުރީމެވެ.


އެހެނަސް އަހަރެމެން އަނެކުންގެ މައްޗަށް ނަފްރަތު ކުރާނަމަ އަހަރެމެންނަށް ޙަޔާތާއިގެން ކުރިއަށް އެދެވެނީ އަނދިރީގެ ތެރޭގައެވެ. އަހަރެމެންނަށް ދެވޭ ނުދެވޭ ތަނެއް ނޭނގި މަގުއޮޅިދެއެވެ. ސަބަބަކީ އަހަރެމެންގެ ލޮލަށް އަނދިރީގައި ނުފެންނަކަމެވެ.


މާތްރަސްކަލާނގެ ދަރިންނާއި އަދި ޝައިތާނާގެ ދަރިންނާ ދެމެދުގައިވާ ތަފާތު އަހަރެމެންނަށް އެނގެނީ މިގޮތުންނެވެ. އެމީހަކީ ޞާލިޙުކަން މަތީ ނޫޅޭ މީހަކުނަމަ ނުވަތަ އެމީހާގެ އަޚުންނާއި އުޚުތުންނާ މެދު ލޮބުވެތި ކަން ނުބާއްވާ މީހެއް ނަމަ، އެފަދަ މީހަކީ މާތްރަސްކަލާނގެ ދަރިއެއް ކަމުގައެއް ނުވާނެއެވެ.


އަހަރެމެންނަކީ ޤާއިން ފަދަ ބައެއް ނޫނެވެ. އޭނާ މިލްކުވެގެންވީ ޝައިތާނާއަށެވެ. އަދި އޭނާ އޭނާގެ ކޮއްކޮ ހާބީލް މަރައިލިއެވެ. ޤާޔިން އޭނާގެ ކޮއްކޮ ގަތުލު ކުރީ ކީއްވެ ހެއްޔެވެ؟ އެއީ ޤާޔިން ކުރީ ނުބައިވެގެންވީ އަމަލުތަކެއް ކަމުންނެވެ. ނަމަވެސް އޭނާގެ ކޮއްކޮ ކުރި އަމަލުތަކަކީ ސާލިޙު އަމަލުތަކެއް ކަމުންނެވެ.


އަހަރެމެން މާތްރަސްކަލާނގެ އާއިމެދު ލޮބުވެތި ވަމޭ ބުނެ އަހަރެމެން މަސީޙީން އެކަކުއަނެކަކު ދެކެ ލޯބި ނުވާނަމަ އަހަރެމެން ވާނީ ދޮގުވެރިން ކަމުގައެވެ. އެހެނީ އަހަރެމެންނަށް ފެންނަން ތިބި އަޚުންނާ އުޚުތުން ދެކެ ލޯބި ނުވެވޭނަމަ އަހަރެމެންގެ ލޮލަށް ނުފެންނަ ކަލެއް ދެކެ ލޯބިވެވޭނެ ހެއްޔެވެ؟


ދާއޫދުއާ އެމީހާއާއި ދޭތެރޭ މިދެކެވޭ ވާހަކަތައް އެންމެ ދޮށީ ބޭބެ އަލިޔާބަށް އަޑު އިވިގެން ރުޅި އަތުވެއްޖެއެވެ. ”⁠ކަލޭ މިތަނަށް ތިޔަ އައީ ކީއްކުރަން. ކޮބައިތަ ކަލޭ ހަނަފަސްބިމުގައި ބަލަހައްޓަން އުޅުނު ބަކަރިތައް؟ ކާކާ ހަވާލު ކޮށްފަތަ ތިޔައައީ؟ ކަލޭ ތީ ނިކަން ސަކަރާތް ގަންނަ ހިތުން އުޅޭ ނިކަން ފޮނިވެސް މީހެކޭ. ކަލޭ އައިސް ތިހިރީ މިތާ ހަނގުރާމަ ކުރާތަން ބަލަން ކަން އަހަރެމެންނަށް އެނގެޔޭ.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ