ފެށުން 37:35 - ކިތާބުލް މުޤައްދަސާ35 އެކަލޭގެފާނުގެ ފިރިހެން ދަރިންނާއި އަދި އަންހެން ދަރިން އެކަލޭގެފާނުގެ ހިތްޕުޅު ހަމަޖައްސަވައި ދިނުމަށާއި ހިތްވަރު ދިނުމަށް މަސައްކަތް ކުރިއެވެ. ނަމަވެސް ޔޫސުފުގެފާނާއިމެދުގައި އެކަލޭގެފާނު ކީރިތިކުރެއްވުމުގައި ދެމިހުންނަވައި އެކަލޭގެފާނުގެ ދަރިންނަށް މިފަދައިން ވިދާޅުވިއެވެ. ”އަހަރެން ކަށްވަޅަށް ދާނީ އަހަރެންގެ އެ ދަރިފުޅާއި މެދުގައި ހިތާމަކުރުމުގަ.“ މިފަދައިން ވިދާޅުވުމަށް ފަހު ކީރިތި ކުރައްވަމުން ގެންދެވިއެވެ. အခန်းကိုကြည့်ပါ။ |
ލަބާން ޔަޢުޤޫބުގެފާނަށް ޖަވާބުދިނެވެ. ”ލައިއަތު އާއި ރާޙީލް އަކީ އަހަރެންގެ ދެ އަންހެންދަރިން. އަދި އެ ދެ ކަނބުލޭގެއަށް ލިބިފައިވާ ދަރިންނަކީ އަހަރެންގެ ކާފަދަރިން. އަދި މި އެންމެހާ ކަންބަޅި ބަކަރިތަކަކީ ވެސް އަހަރެންގެ ތަކެތި. ޙަޤީޤަތަކީ މިތަނުގައި ތިބާއަށް ފެންނަފަށުގައިވާ އެންމެހާ ތަކެއްޗަކީ އަހަރެންގެ ތަކެތިކަން. ނަމަވެސް އަހަރެންގެ ދެ އަންހެން ދަރިންނާއި އަދި އަހަރެންގެ ކާފަދަރިން ހުއްޓުވުމަށްޓަކައި އަހަރެންނަށް ކުރެވޭނޭ އެއްވެސް ކަމެއްނެތް.
ނަމަވެސް ޔަޢުޤޫބުގެފާނު ރައްދުގައި ވިދާޅުވިއެވެ. ”އަހަރެން ތިޔަ ކުދިންނާއި އެކުގައި ބަންޔާމީނު ދިއުމަށް ހުއްދައެއް ނުކުރާނަމު. އޭނާގެ ބޭބެ ޔޫސުފު ނިޔާވެއްޖެ. ރާޙީލްގެ ފަރާތުން އަހަރެންނަށް ލިބުނު ދަރިންގެ ތެރެއިން ހުރީ އޭނާ އެކަނި. މިޞްރަށް ދާ މަގުމަތީގައި ދިމާވެދާނޭ ނުރައްކާތެރި ޙާދިސާއަކާ މެދުގައި އަހަރެން ބިރުވެތިވަމު. އެހެންވެއްޖެނަމަ އަހަރެން މުސްކުޅިވި ދުވަހުގައި ނިމިގެންދާނީ ހިތާމައިން ފުރިފައިވާ ޙާލުގައި.“