Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 37:34 - ކިތާބުލް މުޤައްދަސާ

34 މިކަމާއިމެދު ޔަޢުޤޫބުގެފާނު ހިތާމަކުރައްވާ އެކަލޭގެފާނުގެ ފޭރާން ކޮޅު އިރުއްވައި ސުތުލި ފޭރާންކޮޅެއް ތުރުކުރެއްވިއެވެ. އަދި ޔޫސުފުގެފާނު އަވަހާރަވުމުގެ ހިތާމައިގައި އެތައް ދުވަސްތަކެއް ވަންދެން އެކަލޭގެފާނު އުޅުއްވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 37:34
32 ပူးပေါင်းရင်းမြစ်များ  

ކުޑަހިނދުކޮޅެއް ފަހުން ރައޫބައިން ވަޅުގެ ކައިރިއަށް އައެވެ. އަދި ޔޫސުފުގެފާނު އެވަޅުގެ އެތެރޭގައި ނެތްކަން އެނގުމުން އެކަމާއި އޭނާ ދެރަވާކަން ދެއްކުމުގެ ގޮތުން އޭނާ ލައިގެންހުރި ހެދުން އިރާލިއެވެ.


ނަމަވެސް ޔަޢުޤޫބުގެފާނު ރައްދުގައި ވިދާޅުވިއެވެ. ”⁠އަހަރެން ތިޔަ ކުދިންނާއި އެކުގައި ބަންޔާމީނު ދިއުމަށް ހުއްދައެއް ނުކުރާނަމު. އޭނާގެ ބޭބެ ޔޫސުފު ނިޔާވެއްޖެ. ރާޙީލްގެ ފަރާތުން އަހަރެންނަށް ލިބުނު ދަރިންގެ ތެރެއިން ހުރީ އޭނާ އެކަނި. މިޞްރަށް ދާ މަގުމަތީގައި ދިމާވެދާނޭ ނުރައްކާތެރި ޙާދިސާއަކާ މެދުގައި އަހަރެން ބިރުވެތިވަމު. އެހެންވެއްޖެނަމަ އަހަރެން މުސްކުޅިވި ދުވަހުގައި ނިމިގެންދާނީ ހިތާމައިން ފުރިފައިވާ ޙާލުގައި.⁠“


އެބައިމީހުންނަށް މިތަން ފެނި ގަތް ބިރުންނާއި ވީ ދެރައިން އެބައިމީހުންގެ އަންނައުނުތައް ވީދަންފެށިއެވެ. އެއަށް ފަހު، ހިމާރުތަކުގެ ބުރަކަށިމައްޗަށް ގޯނިތައް އަރުވައިގެން އެނބުރި އަވަށުގެ ތެރެއަށް އެބައިމީހުން ދިޔައެވެ.


ދެން ދާއޫދާއި އެތާތިބި އެންމެން ހެދުން ވީދައި ރޮއި ހިތާމަ ފާޅު ކުރަން ފަށައިފިއެވެ.


ދެން ދާއޫދުގެފާނު ޔުއާބްއާއި އޭނާއާ އެކުގައި ތިބި އެންމެންނަށް އެންގެވިއެވެ. ”⁠ކަލޭމެން އެންމެން ވެސް ހެދުން ވީދައި މޮޅިވެރިކަމުގެ ސާލު ލާ. އަދި އަބްނައިރުއާ މެދު ހިތާމަފާޅު ކުރޭ.⁠“ އަބްނައިރުގެ ގަބުރު ގެންދިޔައިރު ދާއޫދު ރަސްގެފާނު ވެސް އެގަބުރުގެ ފަހަތުން ވަޑައިގެންނެވިއެވެ.


އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠ކޮރާޒިންގެ އަހުލުވެރިންނޭ! ބެތުސައިދާގެ އަހުލުވެރިންނޭ! ތިޔަ ދެ ސަހަރަށް ބޮޑު ހިތާމައެއް ހުރި! ތިޔަ ދެ ސަހަރުގެ އަހުލުވެރިންނަށް ދެއްކެވި މުޢުޖިޒާތްތައް ޞޫރު އާއި ޞައިދޫންގެ އަހުލުވެރިންނަށް ދެއްކެވި ކަމުގައިވާނަމަ އެމީހުން މޮޅިވެރިކަމުގެ ހެދުންތައް ލައި ބޮލަށް އަޅި އަޅައި އެމީހުން ތައުބާވެއްޖެތާ ކިތަންމެ ދުވަހެއް.


އުއްތަމަ އިމާމު އޭނާގެ އަމިއްލަ ރިދާ އިރައިލުމަށް ފަހު ބުންޏެވެ. ”⁠އޭނާ ބުނަމުން އެ ދަނީ ކުފުރުގެ ބަސްތައް! މިކަމުގައި އިތުރު ހެއްކެއް އަހަރެމެން ބޭނުމެއް ނުވޭ. އޭނާ ބުނި އެއްޗެއްގެ އަޑު ތިޔަބައިމީހުންނަށް ވެސް އިވިއްޖެއެއްނު.


ބަރުނައްބާސް އާއި ޕައުލް އަށް އެމީހުން މި ކުރަން އުޅޭ ކަންތައްތައް އެނގިއެކަމާ ހާސްވެ ވީ ދެރައިން އެމީހުންގެ ގައިގައިވާ އަންނައުނުތައް އިރާލާ ދުވަމުން ގޮސް އެއްވެފައިވާ މީސްތަކުންގެ މެދަށް ވަދެ ބުންޏެވެ.


އަދި އެ ދެ ހެކިވެރިން ހިތާމައިގެ ސުތުލިފޮތީގެ ހެދުމުގައި އަހަރެން ފޮނުވާނަން. އެބައިމީހުން އެއްހާސް ދުއިސައްތަ ފަސްދޮޅަސް ދުވަހު މާތްރަސްކަލާނގެ އެންގެވި ޣައިބުގެ ޚަބަރުފުޅު އިޢުލާނު ކުރައްވާނެ.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ