Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 37:32 - ކިތާބުލް މުޤައްދަސާ

32 އެއަށް ފަހު އެބައިމީހުން އަތްދިގު ރިދާކޮޅު ހިފައިގެން ގޮސް އެބައިމީހުންގެ ބަފައިކަލުންގެ އަތްޕުޅަށް އަރުވައި މިފަދައިން ދެންނެވިއެވެ. ”⁠މި ރިދާ އަޅުގަނޑުމެންނަށް ފެނުނީ މައިދާނުގެ ތެރެއިން! މިއީ ބަފައިކަލުންގެ ދަރިކަލުން ޔޫސުފުގެ ރިދާކޮޅުތޯ؟⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 37:32
7 ပူးပေါင်းရင်းမြစ်များ  

އެކަލޭގެ މަރާލާފައި އެކަލޭގެ ހަށިގަނޑު މިތަނުން ވަޅަކަށް ވައްޓާލަމާ ހިނގާ. އަހަރެމެން ބަފައިކަލުން އަރިހަށް ގޮސް ދަންނަވާނީ ވަލުޖަނަވާރެއް އައިސް އެކަލޭގެ މަރައި ކާލައިފިކަމުގައި. އޭރުން އެނިމުނީނު؟ ދެން އެކަލޭގެ ހުވަފެންތަކަށް ވާގޮތެއް ވެސް އެނގިދާނެތާ.⁠“


އިސްރާއީލު (ޔަޢުޤޫބުގެފާނު) މުސްކުޅި ޙާލަތުގައި ވެފައިވީ ހިނދު ރާޙީލްގެ ފަރާތުން ޔޫސުފުގެފާނު އެކަލޭގެފާނަށް ލިބިވަޑައިގެންނެވިއެވެ. މިހެންވުމުގެ ސަބަބުން ޔަޢުޤޫބުގެފާނުގެ އެހެނިހެން ދަރިންނަށް ވުރެން ވެސް ބޮޑަށް ޔޫސުފުގެފާނުދެކެ އެކަލޭގެފާނު ލޯބިފުޅުވެއެވެ. އެއްދުވަހަކު ޔަޢުޤޫބުގެފާނު އެކަލޭގެފާނުގެ ދަރިކަލުން ޔޫސުފުގެފާނަށް ޚާއްސަ ހަދިޔާއެއްގެ ގޮތުން އަގުބޮޑު އަތްދިގު ރިދާކޮޅެއް ދެއްވިއެވެ.


ނަމަވެސް ޔޫސުފުގެފާނުގެ އަޚުން ގިތެލެއް ކަތިލައި އެކަލޭގެފާނު ތުރުކުރައްވައިގެން ހުންނެވި އަތްދިގު ރިދާކޮޅު އެ ޖަނަވާރުގެ ލެއިން ކަޅިކުރިއެވެ.


ޔަޢުޤޫބުގެފާނަށް އެ ރިދާކޮޅު ފެނިވަޑައިގެންނެވި ހިނދު ޙައިރާންވެ ވަޑައިގެން ހުންނަވާ މިފަދައިން ވިދާޅުވިއެވެ. ”⁠މިއީ އަހަރެންގެ ދަރިކަލުންގެ ރިދާ! ކޮންމެވެސް ވަލުޖަނަވާރަކު އަހަރެންގެ ދަރިފުޅު ޔޫސުފަށް ޙަމަލާދީ މަރައި ކުދިކުދި ކޮށްގެން ކައިފި.⁠“


ނަމަވެސް މީސްތަކުން އެކަނބުލޭގެ މަރާލުމަށް އަވަށުން ބޭރަށް ގެންދިއުމަށް ބަލާ ދިޔަ ހިނދު މީހަކު މެދުވެރިކޮށް އެކަނބުލޭގެ ބަފައިބެ ޔަހޫޛާއަށް ޚަބަރު ކުރުވިއެވެ. ”⁠މި ތަކެތީގެ މިލްކުވެރިޔަކީ އަހަރެން ބަލިވެ ބޭންދި މީހާ. މި އަސާ އާއި އަދި މި ފަށާއި ފަށު ފުލުގައިވާ ޚާންދާނީ ނިޝާނުން ސިއްކަ ޖެހިފައިވީ އަނގޮޓި އަކީ ކާކުގެ ތަކެއްޗެއްކަން އެނގޭތޯ؟⁠“


އެކަމަކު ބައްޕަގެ އެ ދަރި ބައްޕަގެ ލާރި ފާފަވެރި އަންހެނުންގެ މައްޗަށް ޚަރަދު ކޮށް ހުސް ކޮށްލާފައި އެނބުރި ގެއަށް އައުމުން ބައްޕަ ޚާއްސަކޮށް ފަލަ ކުރި ޅަ ގެރި އެކަން ފާހަގަ ކުރުމަށް ކަތިލާ ތިޔަ ބޮޑު ކެއުމެއް ތައްޔާރު ކުރީއޭ.⁠‘


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ