ފެށުން 37:31 - ކިތާބުލް މުޤައްދަސާ31 ނަމަވެސް ޔޫސުފުގެފާނުގެ އަޚުން ގިތެލެއް ކަތިލައި އެކަލޭގެފާނު ތުރުކުރައްވައިގެން ހުންނެވި އަތްދިގު ރިދާކޮޅު އެ ޖަނަވާރުގެ ލެއިން ކަޅިކުރިއެވެ. အခန်းကိုကြည့်ပါ။ |
އިސްރާއީލު (ޔަޢުޤޫބުގެފާނު) މުސްކުޅި ޙާލަތުގައި ވެފައިވީ ހިނދު ރާޙީލްގެ ފަރާތުން ޔޫސުފުގެފާނު އެކަލޭގެފާނަށް ލިބިވަޑައިގެންނެވިއެވެ. މިހެންވުމުގެ ސަބަބުން ޔަޢުޤޫބުގެފާނުގެ އެހެނިހެން ދަރިންނަށް ވުރެން ވެސް ބޮޑަށް ޔޫސުފުގެފާނުދެކެ އެކަލޭގެފާނު ލޯބިފުޅުވެއެވެ. އެއްދުވަހަކު ޔަޢުޤޫބުގެފާނު އެކަލޭގެފާނުގެ ދަރިކަލުން ޔޫސުފުގެފާނަށް ޚާއްސަ ހަދިޔާއެއްގެ ގޮތުން އަގުބޮޑު އަތްދިގު ރިދާކޮޅެއް ދެއްވިއެވެ.