Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 37:28 - ކިތާބުލް މުޤައްދަސާ

28 ދެން އެ ގާފިލާ އެބައިމީހުންނާއި ކައިރިއަށް އައި ހިނދު ޔޫސުފުގެފާނުގެ އަޚުން އެކަލޭގެފާނު ވަޅުން ނަންގަވައި މިދްޔާން ވަންހައިގެ ވިޔަފާރިވެރިއަކަށް ވިހި ރިހިފައިސާ ފޮއްޗަށް އެކަލޭގެފާނު ވިއްކާލިއެވެ. ދެން މި ވިޔަފާރިވެރިޔާ އާއިއެކު ގާފިލާގައި އެކަލޭގެފާނު މިޞްރަށް ގެންދިޔައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 37:28
25 ပူးပေါင်းရင်းမြစ်များ  

އަދި އެ ދެކަނބަލުންނަށް ހަ ފިރިހެން ދަރިން ލިބިވަޑައިގެންނެވިއެވެ. އެބޭފުޅުންނަކީ: ޒިމްރާން، ޔަޤްޝާން، މަދާން، މިދްޔާން، ޔަޝްބާޤް އަދި ޝޫޙާއެވެ.


ޔޫސުފުގެފާނުގެ އަޚުން އެކަލޭގެފާނު ވަޅުގެ ތެރެއަށް ވައްޓާލުމަށް ފަހު އެތަނުގައި އެބައިމީހުން ކާން އިށީނެވެ. އެބައިމީހުން ކާންފެށިތަނާހެން ތަންކޮޅެއް ދުރުން އެބައިމީހުންނާއި ދިމާއަށް ގާފިލާއެއް އަންނަތަން ފެނިއްޖެއެވެ. އެއީ ޖިލްޢާދުން މިޞްރަށްދާ އިސްމާޢީލީންގެ ވިޔަފާރި ގާފިލާއެކެވެ. އެބައިމީހުންގެ ޖަމަލުތައް ބަރުކޮށްފައިވީ ހަވާދާއި މީރުވަސްދުވާ ހުވަނދުންނާއި ބާމުންނެވެ.


އެ ހިނދު ޔޫސުފުގެފާނު ގަތް ވިޔަފާރި ގާފިލާ މިޞްރަށް ހިނގައްޖެއެވެ. އަދި އެކަލޭގެފާނު ގަތް މިދްޔާން ވަންހައިގެ ވިޔަފާރިވެރިން މިޞްރުގެ ރަސްގެފާނުގެ ގަނޑުވަރުގެ ސަލާމަތީކަންތައް ބަލަހައްޓާ ވަޒީރު ފޫޠީފާރުއޭ ކިޔުނު މީހަކަށް އެކަލޭގެފާނު އަޅުކުއްޖެއްގެ ގޮތުގައި ވިއްކާލެއްވިއެވެ.


އިސްމާޢީލީންގެ ވިޔަފާރި ގާފިލާއިން ޔޫސުފުގެފާނު ބައްލަވައިގަތުމަށް ފަހު އެ ގާފިލާ އާއި އެކުގައި އެކަލޭގެފާނު މިޞްރަށް ގެންދެވިއެވެ. އަދި އިސްމާޢީލީންގެ މި ވިޔަފާރި ގާފިލާއިން މިޞްރުގެ ރަސްގެފާނު ސަލާމަތީކަންތަކާ ބެހޭ ވަޒީރު ފޫޠީފާރުއަށް މިޞްރުގައި އެކަލޭގެފާނު ވިއްކާލެއްވިއެވެ.


އަހަރެންނަކީ އަހަރެންގެ އުފަންވި ރަށް ކަމުގައިވާ ޢިބްރާނީއިން ރަހީނުކުރެވިގެން މިޞްރަށް ގެނެވުނު މީހެއް. އަހަރެން ޖަލުގައި ހައްޔަރު ކުރެވިފައި މިވަނީ އެއްވެސް ކުށެއް ކޮށްގެންނެއް ނޫން.⁠“


ޔަޢުޤޫބުގެފާނު އަވަހާރަވުމަށް ފަހު، ޔޫސުފުގެފާނުގެ ބޭބެމެން މިފަދައިން ބުންޏެވެ. ”⁠ޔޫސުފު އަހަރެމެންދެކެ ރުޅިން ހުރެދާނެ. އަހަރެމެން އޭނާއާމެދުގައި ނުހަނު އިހާނެތިކޮށް ކަންތައް ކުރީމު. އޭނާ އަހަރެމެންގެ ކިބައިން ބަދަލު ހިފުމަށް ރާވަފާނެ.⁠“


އޭރު މިދްޔާންގެ އިމާމު ޔަސްރޫގެ ހަތް އަންހެންދަރިން ތިބެއެވެ. މި ކުދިން އައިސް އުޅުނީ އެކުދިންގެ ފެންގުރާބަށް ފެންފުރައި އެކުދިންގެ ބައްޕަގެ ކަންބަޅިބަކަރިތަކަށް ފެން ދޭންވެގެންނެވެ.


ގަދަކަމުން މީހުން އަތުލައިގަންނަ މީހުން ވެސް މަރާލަން ޖެހޭނެ. އެއީ އެ އަތުލައިގަތް މީހުން އޭނާ ގެންގުޅުނު ކަމުގައިވިޔަސް ނުވަތަ ވިއްކާލި ކަމުގައިވިޔަސްމެ.


އެގޮތުން ނަބީ އިރްމިޔާ ވިދާޅުވި ވިދާޅުވުން އެފަދައިން ހިނގަދިޔައެވެ: ”⁠އެބައިމީހުން ތިރީސް ރިހި ލާރި އަތުލި. އެއީ ބަނީއިސްރާއީލުން އެކަލޭގެފާނުގެ އަގު ކަމުގައި ދުށް އަދަދޭ.


ޔޫސުފުގެފާނަކީ ވެސް ޔަޢުޤޫބުގެފާނުގެ ބާރަ ދަރިކަލުންގެ ތެރެއިން އެއް ދަރިކަލެއް. ޔޫސުފުގެފާނުގެ އެއްބަފާބޭބެއިން އެކަލޭގެފާނުގެ މައްޗަށް ވަރަށް ބޮޑަށް ހަސަދަވެރިވެ އެކަލޭގެފާނު އަޅެއްގެ ގޮތުގައި މިޞްރަށް ވިއްކާލި. ނަމަވެސް މާތްރަސްކަލާނގެ އެކަލޭގެފާނާއި އެކުގައިވި.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ