Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 37:27 - ކިތާބުލް މުޤައްދަސާ

27 އެކަލޭގެއަކީ އަހަރެމެން އަޚެއްމެ. އަހަރެމެން އެކަލޭގެ މަރުގެ ޒިންމާ ނެގުމުގެ ބަދަލުގައި މިއަންނަ އިސްމާޢީލީންގެ ގާފިލާގެ ވިޔަފާރިވެރިއަކަށް އެކަލޭގެ ވިއްކާލަމާ ހިނގާ!⁠“ މިގޮތާއިމެދު ޔަހޫޛާގެ އެންމެހާ އަޚުން އެއްބަސްވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 37:27
15 ပူးပေါင်းရင်းမြစ်များ  

އެއަށް ފަހު ލަބާން ބުންޏެވެ. ”⁠ތިބާ އަކީ އަހަރެންގެ އެއްލޭގެ ގުޅުމުގައިވާ އަންހެން ކޮއްކޮގެ ފިރިހެން ދަރިފުޅު. އަދި ތިބާއަކީ އަހަރެންގެ ޢާއިލީ މެމްބަރެއްމެ.⁠“ ޔަޢުޤޫބުގެފާނު ލަބާންގެ ކައިރީގައި ހުންނަވާތާ މަސްދުވަސް ފަހުން،


އެކަލޭގެ މަރުގެ ޒިންމާ އަހަރެމެންގެ ބޮލުގައި އަޅާނޭކަމެއް ނެތް. މި ސަހަރާތެރެއިން ވަޅަކަށް އެކަލޭގެ ވައްޓާލަމާ ހިނގާ. ނަމަވެސް އެކަލޭގެއަށް އަނިޔާ ނުކުރާތި!⁠“ ރައޫބައިންގެ ހިތުގައި މިފަދައިން ރޭވީ ޔޫސުފުގެފާނު ސަލާމަތް ކުރައްވައި ފަހުން އެކަލޭގެފާނުގެ ބަފައިކަލުންނާއި ހަމައަށް އަނބުރާ ފޮނުއްވުމުގެ ނިޔަތުގައެވެ.


އެކަކު އަނެކަކަށް މިފަދައިން ބުނަމުން ދިޔައެވެ. ”⁠އަހަރެމެންނަށް މިފަދައިން ޢުޤޫބާތް ލިބެމުން ދަނީ އަހަރެމެންގެ ކޮއްކޮ ޔޫސުފާއި މެދު އަހަރެމެން އަމަލުކުރިގޮތުން. އޭނާ ގަންފައިވާ ބިރާ ހިތާމަތައް އަހަރެމެންނަށް ފެނި، އަހަރެމެންގެ ކިބައިން އޭނާ ސަލާމަތަށް އެދި އާދޭސް ކުރަމުން ގެންދިޔަ ހިނދު އަހަރެމެން ދިނީ ބީރުކަންފަތެއް. މިއަދު އަހަރެމެންނަށް ޖެހިފައި މިވާ މުސީބާތަކީ އެކަމުގެ ނަތީޖާ.⁠“


ތިޔަބައިމީހުންގެ މަގުސަދަކަށްވީ އަހަރެންނަށް އަނިޔާވެރިވުން. ނަމަވެސް މިއަދު އެނުބައި ޢަމަލު މާތްކަލާނގެ ވަނީ ހެޔޮކަމަކަށް ބަދަލު ކުރައްވާފައި. އޭގެ ނަތީޖާއަކަށްވީ އެތައްބައެއްގެ ފުރާނަ އެކަލާނގެ ސަލާމަތް ކުރެއްވުން.


އެހެން ކަންތައް ހުރި އިރު ކަލޭގެފާނު ތިމަންކަލާނގެ ބަސްތަކާ ޚިލާފުވީ ކީއްވެހޭ؟ ތިމަންކަލާނގެ ނަފްރަތުވާ ފަދަ ކަންތަކެއް ކުރެއްވީ ކީއްވެހޭ؟ ކަލޭގެފާނު އޫރިއްޔާގެ އަނބިމީހާ އަތުލައިގަންނަވައި އަދި ޢައްމޫނީންގެ ކަނޑިދަށުލައި އުރިއްޔާ މަރުއްވާ ލެއްވީއޭ.


ގަދަކަމުން މީހުން އަތުލައިގަންނަ މީހުން ވެސް މަރާލަން ޖެހޭނެ. އެއީ އެ އަތުލައިގަތް މީހުން އޭނާ ގެންގުޅުނު ކަމުގައިވިޔަސް ނުވަތަ ވިއްކާލި ކަމުގައިވިޔަސްމެ.


އެކަމަކު އެ އަޅުކަލޭގެ ދެތިން ދުވަހަކުން ގަދަވެއްޖެނަމަ، އެ ތެޅި މީހާއަށް އަދަބުދޭކަށް ނުޖެހޭނެ. އެހެނީ އަޅު މީހާއަކީ އޭނާގެ މިލްކެއް.


މީހަކަށް އެމީހާގެ ފުރާނަ ގެއްލިފައިވީނަމަ މުޅި ދުނިޔެ ލިބުނު ކަމުގައި ވިޔަސް އެމީހަކަށް އޮތީ ކޮން ފައިދާއެއް؟ އެމީހަކު އަނބުރާ އެ ފުރާނަ ގަތުމަށް ދެވޭނެ އަގަކީ ކޮބާ؟


މި ޤާނޫނުތައް ހިފެހެއްޓިފައި ވަނީ އިންސާނުންގެ ތެރެއިން ފާޙިޝް އަމަލުތައްކުރާ މީހުންނާއި އެއްޖިންސުން ގުޅުންހިންގާ މީހުންނާއި އަޅުން ގަނެވިއްކާ ފަރާތްތަކާއި ދޮގުވެރިންނާއި ހުވަޔާ ޚިލާފުވާ ފަރާތްތަކަށެވެ. އަދި ތެދު އުނގަންނައިދިނުންތަކާއި ދެކޮޅުވެރިވާ މިނޫން ވެސް ހުރިހާ ފަރާތްތަކަށެވެ.


އަދި ފޮނިތޮއްޓާއި، ހަވާދާއި، ހުވަނދާއި، ދުންއަޅާނޭ ހުވަނދާއި، މީރުވަސްދުވާ ތަކެއްޗާއި، މޭބިސްކަދުރުގެ ރަލާއި، އަދި ތެލާއި، ފުށާއި، ގޮދަނާއި، ކަންބަޅިއާއި، ގެރިއާއި، އަހާއި، އަސްގާޑިޔަލާއި، އަޅުންގެ ގޮތުގައި ވިއްކާ އިންސާނުންނާއި މިއިން އެއްވެސް އެއްޗެއް މީހަކު ނުގަންނާތީއެވެ.


ޝާއުލްގެފާނު ދާއޫދަށް ވިދާޅުވިއެވެ. ”⁠މިހިރީ އަހަރެންގެ ދޮށީ ދަރިފުޅު މައިރަބު. ކަލޭ ކައިވެނި ކުރުމަށް އޭނާ ދޭން މިއުޅެނީ. އަހަރެން ކަލޭގެ ކިބައިން ބޭނުން ވާހާ ވެސް ކަމަކީ މާތްކަލާގެއަށް ޓަކައި ކުރަންޖެހޭ ހަނގުރާމަތައް ހިތްވަރާއެކު ކަލޭ ކޮށްދިނުން.⁠“ މިއީ ޝާއުލްގެފާނުގެ ރޭއްވެވުމެކެވެ. އެކަލޭގެފާނު ހިތްޕުޅުގައި އޮތީ މިހެންނެވެ. ”⁠އަހަރެންގެ އަތުން މީނާ މަރައެއް ނުލާނަން. އެކަންތައް ކުރުވާނީ ފިލިސްޠީނުން ލައްވާ.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ