ފެށުން 37:24 - ކިތާބުލް މުޤައްދަސާ24 އަދި އެތަނުގައި ހުރި ފުންވަޅެއްގެ ތެރެއަށް އެކަލޭގެފާނު ވައްޓާލައިފިއެވެ. ޢާންމު ގޮތެއްގައި އެ ވަޅު ބޭނުންކުރަނީ ފެން ރައްކާ ކުރުމަށެވެ. ނަމަވެސް މި ހިނދު އެ ވަޅުގެ ފެން ވަނީ ހުސްވެފައެވެ. အခန်းကိုကြည့်ပါ။ |
ޔޫސުފުގެފާނުގެ އަޚުން އެކަލޭގެފާނު ވަޅުގެ ތެރެއަށް ވައްޓާލުމަށް ފަހު އެތަނުގައި އެބައިމީހުން ކާން އިށީނެވެ. އެބައިމީހުން ކާންފެށިތަނާހެން ތަންކޮޅެއް ދުރުން އެބައިމީހުންނާއި ދިމާއަށް ގާފިލާއެއް އަންނަތަން ފެނިއްޖެއެވެ. އެއީ ޖިލްޢާދުން މިޞްރަށްދާ އިސްމާޢީލީންގެ ވިޔަފާރި ގާފިލާއެކެވެ. އެބައިމީހުންގެ ޖަމަލުތައް ބަރުކޮށްފައިވީ ހަވާދާއި މީރުވަސްދުވާ ހުވަނދުންނާއި ބާމުންނެވެ.
އެކަކު އަނެކަކަށް މިފަދައިން ބުނަމުން ދިޔައެވެ. ”އަހަރެމެންނަށް މިފަދައިން ޢުޤޫބާތް ލިބެމުން ދަނީ އަހަރެމެންގެ ކޮއްކޮ ޔޫސުފާއި މެދު އަހަރެމެން އަމަލުކުރިގޮތުން. އޭނާ ގަންފައިވާ ބިރާ ހިތާމަތައް އަހަރެމެންނަށް ފެނި، އަހަރެމެންގެ ކިބައިން އޭނާ ސަލާމަތަށް އެދި އާދޭސް ކުރަމުން ގެންދިޔަ ހިނދު އަހަރެމެން ދިނީ ބީރުކަންފަތެއް. މިއަދު އަހަރެމެންނަށް ޖެހިފައި މިވާ މުސީބާތަކީ އެކަމުގެ ނަތީޖާ.“