Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 37:23 - ކިތާބުލް މުޤައްދަސާ

23 ޔޫސުފުގެފާނު އެކަލޭގެފާނުގެ އަޚުންނާއި ހަމައަށް ވަޑައިގެންނެވުމުން އެމީހުން އެކަލޭގެފާނު ތުރުކުރައްވައިގެން ހުންނެވި އަތްދިގު ރިދާކޮޅު ދަމައިގަތެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 37:23
8 ပူးပေါင်းရင်းမြစ်များ  

އެކަލޭގެ މަރުގެ ޒިންމާ އަހަރެމެންގެ ބޮލުގައި އަޅާނޭކަމެއް ނެތް. މި ސަހަރާތެރެއިން ވަޅަކަށް އެކަލޭގެ ވައްޓާލަމާ ހިނގާ. ނަމަވެސް އެކަލޭގެއަށް އަނިޔާ ނުކުރާތި!⁠“ ރައޫބައިންގެ ހިތުގައި މިފަދައިން ރޭވީ ޔޫސުފުގެފާނު ސަލާމަތް ކުރައްވައި ފަހުން އެކަލޭގެފާނުގެ ބަފައިކަލުންނާއި ހަމައަށް އަނބުރާ ފޮނުއްވުމުގެ ނިޔަތުގައެވެ.


އަދި އެތަނުގައި ހުރި ފުންވަޅެއްގެ ތެރެއަށް އެކަލޭގެފާނު ވައްޓާލައިފިއެވެ. ޢާންމު ގޮތެއްގައި އެ ވަޅު ބޭނުންކުރަނީ ފެން ރައްކާ ކުރުމަށެވެ. ނަމަވެސް މި ހިނދު އެ ވަޅުގެ ފެން ވަނީ ހުސްވެފައެވެ.


އިސްރާއީލު (ޔަޢުޤޫބުގެފާނު) މުސްކުޅި ޙާލަތުގައި ވެފައިވީ ހިނދު ރާޙީލްގެ ފަރާތުން ޔޫސުފުގެފާނު އެކަލޭގެފާނަށް ލިބިވަޑައިގެންނެވިއެވެ. މިހެންވުމުގެ ސަބަބުން ޔަޢުޤޫބުގެފާނުގެ އެހެނިހެން ދަރިންނަށް ވުރެން ވެސް ބޮޑަށް ޔޫސުފުގެފާނުދެކެ އެކަލޭގެފާނު ލޯބިފުޅުވެއެވެ. އެއްދުވަހަކު ޔަޢުޤޫބުގެފާނު އެކަލޭގެފާނުގެ ދަރިކަލުން ޔޫސުފުގެފާނަށް ޚާއްސަ ހަދިޔާއެއްގެ ގޮތުން އަގުބޮޑު އަތްދިގު ރިދާކޮޅެއް ދެއްވިއެވެ.


އެކަކު އަނެކަކަށް މިފަދައިން ބުނަމުން ދިޔައެވެ. ”⁠އަހަރެމެންނަށް މިފަދައިން ޢުޤޫބާތް ލިބެމުން ދަނީ އަހަރެމެންގެ ކޮއްކޮ ޔޫސުފާއި މެދު އަހަރެމެން އަމަލުކުރިގޮތުން. އޭނާ ގަންފައިވާ ބިރާ ހިތާމަތައް އަހަރެމެންނަށް ފެނި، އަހަރެމެންގެ ކިބައިން އޭނާ ސަލާމަތަށް އެދި އާދޭސް ކުރަމުން ގެންދިޔަ ހިނދު އަހަރެމެން ދިނީ ބީރުކަންފަތެއް. މިއަދު އަހަރެމެންނަށް ޖެހިފައި މިވާ މުސީބާތަކީ އެކަމުގެ ނަތީޖާ.⁠“


އެހެންވެ އަމްނޫނުގެ ޚާދިމު އައިސް ތާމާރު އެކޮޓަރިން ނެރެފައި ދޮރު ތަޅުލައިފިއެވެ. ތާމާރު ހުރީ އަތްދިގު ހެދުމެއް ލާފައެވެ. އެއީ ރަސްގެފާނުގެ ބިކުރުވެރި އަންހެންކުދިން ލައި އުޅޭ ހެދުމެކެވެ.


އެބައިމީހުން އެކަލޭގެފާނު ތުރުކުރައްވައިގެން ހުންނެވި ރިދާކޮޅު ބާލުއްވައި ރަތްކުލައިގެ ރިދާކޮޅެއް ލެއްވިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ