Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 37:22 - ކިތާބުލް މުޤައްދަސާ

22 އެކަލޭގެ މަރުގެ ޒިންމާ އަހަރެމެންގެ ބޮލުގައި އަޅާނޭކަމެއް ނެތް. މި ސަހަރާތެރެއިން ވަޅަކަށް އެކަލޭގެ ވައްޓާލަމާ ހިނގާ. ނަމަވެސް އެކަލޭގެއަށް އަނިޔާ ނުކުރާތި!⁠“ ރައޫބައިންގެ ހިތުގައި މިފަދައިން ރޭވީ ޔޫސުފުގެފާނު ސަލާމަތް ކުރައްވައި ފަހުން އެކަލޭގެފާނުގެ ބަފައިކަލުންނާއި ހަމައަށް އަނބުރާ ފޮނުއްވުމުގެ ނިޔަތުގައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 37:22
9 ပူးပေါင်းရင်းမြစ်များ  

އެ ހިނދު މަލާއިކަތާ އެންގެވިއެވެ. ”⁠އެއް ވެސް ޙާލަތެއްގައި ތިޔަ ދަރިކަލުންނަށް އެއްވެސް ގެއްލުމެއް ނުދެއްވާތި! މިހާރު ކަލޭގެފާނު މާތްކަލާނގެ ކިބަފުޅަށް ތެދު ނިޔަތުގައި ކިޔަމަންތެރިވެ ވަޑައިގަންނަވާކަން ދެނެހުރީމު. ތިއީ ކަލޭގެފާނަށް ވަޢުދު ކުރެވުނު ދަރިކަލުން. މާތްކަލާނގެ ކިބަފުޅަށް އެ ދަރިކަލުން ޤުރުބާނުގެ ގޮތުގައި ހުށަހެޅުއްވުމަށް ކަލޭގެފާނު ފަސްޖެހިވެވަޑައެއް ނުގެންނެވި.⁠“


ނަމަވެސް އެބައިމީހުންގެ މި ރޭވުން ރައޫބައިންއަށް އަޑުއިވުނު ހިނދު އެކަލޭގެފާނު ސަލާމަތް ކުރެއްވުމުގެ ނިޔަތުގައި މިފަދައިން ބުންޏެވެ. ”⁠އެކަލޭގެ މަރައިލާނޭ ކަމެއްނެތް.


ޔޫސުފުގެފާނު އެކަލޭގެފާނުގެ އަޚުންނާއި ހަމައަށް ވަޑައިގެންނެވުމުން އެމީހުން އެކަލޭގެފާނު ތުރުކުރައްވައިގެން ހުންނެވި އަތްދިގު ރިދާކޮޅު ދަމައިގަތެވެ.


ރައޫބައިން އޭނާގެ އަޚުންނަށް މިފަދައިން ބުންޏެވެ. ”⁠އަހަރެން ތިޔަ އެންމެންގެ ކައިރީގައި އޭނާއަށް އެފަދައިން އަމަލު ނުކުރުމަށް ނޭދެމުތަ؟ ނަމަވެސް ތިޔަ އެންމެން އަހަރެންގެ އަޑެއް ނޭހި. އަދި މިއަދު އަހަރެމެން އޭނާ މަރާލުމުން އެކަމުގެ އަގު އަދާ ކުރަންޖެހޭނެ.⁠“


އިސްރާއީލުގެ މި އިއްޒަތްތެރިން އެކަލާނގެއަށް ބެލި ކަމުގައި ވިޔަސް އެކަލާނގެ އެބޭކަލުން ނައްތައެއް ނުލައްވައެވެ. އަދި ކީތްހެއްޔެވެ! އެމީހުން އެކަލާނގެ ޙަޟްރަތުގައި ކައިބޮއި ވެސް ހެދިއެވެ.


އަދި އެއްވެފައި ތިބި މީސްތަކުންގެ ރުޅިވެރިކަން މަރާމާރީއަށް ބަދަލުވަމުންދާތަން ޕިލާތުސްއަށް ފެނުނު ހިނދު މިކަމުގައި އޭނާއަށް އިތުރަށް ކުރެވޭނޭ އެއްވެސް ކަމެއް ނެތްކަން އެނގުނެވެ. ވީމާ އޭނާ ފެން އަޅާފައިވާ ބޮޑު ބޯތައްޓެއް ގެނެސް މީސްތަކުންގެ ކުރިމަތީގައި ބަހައްޓާފައި އޭނާގެ ދެ އަތް ދޮވެ، މިފަދައިން ބުންޏެވެ. ”⁠މި އިންސާނާގެ މަރާއިމެދު އަހަރެން ޒިންމާއެއް ނުވާނަން. މިކަމުގެ ޒިންމާ އުފުލަން ޖެހޭނީ ކަލޭމެން.⁠“


މި ދުވަސްވަރު ހެރޮދު އަގުރިޕާ ރަސްގެފާނު އީސާގެފާނު ގަބޫލު ކުރާ މީހުންގެ ޖަމާޢަތުގެ ބައެއް މީހުންނާއި މެދު ވަރަށް އަނިޔާވެރިކޮށް ކަންކޮށް އެމީހުން ހައްޔަރުކޮށް ހެދިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ