Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 37:21 - ކިތާބުލް މުޤައްދަސާ

21 ނަމަވެސް އެބައިމީހުންގެ މި ރޭވުން ރައޫބައިންއަށް އަޑުއިވުނު ހިނދު އެކަލޭގެފާނު ސަލާމަތް ކުރެއްވުމުގެ ނިޔަތުގައި މިފަދައިން ބުންޏެވެ. ”⁠އެކަލޭގެ މަރައިލާނޭ ކަމެއްނެތް.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 37:21
6 ပူးပေါင်းရင်းမြစ်များ  

މިތަނުގައި އިސްރާއީލުގެފާނު ފޭލިގެ ޖައްސަވައި ދިރިއުޅުއްވަމުން ގެންދެވި ދުވަސްތަކުގައި އެކަލޭގެފާނުގެ އެންމެ ދޮށީ ފިރިހެން ދަރިފުޅު ރައޫބައިން އެކަލޭގެފާނުގެ ޖާރިޔާއެއް ކަމުގައިވާ ބިލްހާ އާއިއެކުގައި ޖިންސީގުޅުން ހިންގި ޚަބަރު ޔަޢުޤޫބުގެފާނަށް ލިބިވަޑައިގަތެވެ. ޔަޢުޤޫބުގެފާނަށް ލިބިވަޑައިގެންނެވީ ބާރަ ފިރިހެން ދަރިންނެވެ.


އެކަލޭގެ މަރުގެ ޒިންމާ އަހަރެމެންގެ ބޮލުގައި އަޅާނޭކަމެއް ނެތް. މި ސަހަރާތެރެއިން ވަޅަކަށް އެކަލޭގެ ވައްޓާލަމާ ހިނގާ. ނަމަވެސް އެކަލޭގެއަށް އަނިޔާ ނުކުރާތި!⁠“ ރައޫބައިންގެ ހިތުގައި މިފަދައިން ރޭވީ ޔޫސުފުގެފާނު ސަލާމަތް ކުރައްވައި ފަހުން އެކަލޭގެފާނުގެ ބަފައިކަލުންނާއި ހަމައަށް އަނބުރާ ފޮނުއްވުމުގެ ނިޔަތުގައެވެ.


ރައޫބައިން އޭނާގެ އަޚުންނަށް މިފަދައިން ބުންޏެވެ. ”⁠އަހަރެން ތިޔަ އެންމެންގެ ކައިރީގައި އޭނާއަށް އެފަދައިން އަމަލު ނުކުރުމަށް ނޭދެމުތަ؟ ނަމަވެސް ތިޔަ އެންމެން އަހަރެންގެ އަޑެއް ނޭހި. އަދި މިއަދު އަހަރެމެން އޭނާ މަރާލުމުން އެކަމުގެ އަގު އަދާ ކުރަންޖެހޭނެ.⁠“


ތިމަންކަލާނގެ ވަޙީކުރައްވަން: ތިޔަބައިމީހުން އެކަކު ވެސް އަނެކަކު މަރައިގެން ނުވާނެ. ޖަނަވާރަކު މީހަކު މަރައިފިނަމަ ތިޔަބައިމީހުން އެއެއްޗެއް މަރަން ޖެހޭނެ. މީހަކު އެހެންމީހަކު މަރާލައިފިނަމަ ތިޔަބައިމީހުން އެމީހަކު މަރަން ޖެހޭނެ.


ތިޔަބައިމީހުންނަށް އަނިޔާދީ މަރާލަން އުޅޭ މީހުން ދެކެ ބިރު ގަންނާނެ ކަމެއްނެތް. އެބައިމީހުންނަށް ކުރެވޭނެ ކަމަކީ ތިޔަބައިމީހުންގެ ޖިސްމުތައް ގަތުލު ކުރުން. ނަމަވެސް ތިޔަބައިމީހުންގެ ފުރާނައަކަށް އަނިޔާއެއް އެބައިމީހުންނަކަށް ނުދެވޭނެ. އޭގެބަދަލުގައި ތިޔަބައިމީހުން މާތްރަސްކަލާނގެ ކިބަފުޅަށް ބިރުވެތިވޭ. އެކަލާނގެއީ ޖިސްމާއި ފުރާނަ ނަރަކައިގައި ހަލާކު ކުރެއްވޭނޭ ކަލާނގެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ