Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 37:20 - ކިތާބުލް މުޤައްދަސާ

20 އެކަލޭގެ މަރާލާފައި އެކަލޭގެ ހަށިގަނޑު މިތަނުން ވަޅަކަށް ވައްޓާލަމާ ހިނގާ. އަހަރެމެން ބަފައިކަލުން އަރިހަށް ގޮސް ދަންނަވާނީ ވަލުޖަނަވާރެއް އައިސް އެކަލޭގެ މަރައި ކާލައިފިކަމުގައި. އޭރުން އެނިމުނީނު؟ ދެން އެކަލޭގެ ހުވަފެންތަކަށް ވާގޮތެއް ވެސް އެނގިދާނެތާ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 37:20
25 ပူးပေါင်းရင်းမြစ်များ  

އަދި އެބައިމީހުންގެ އެކަކު އަނެކަކަށް ބުނަމުން ދިޔައެވެ. ”⁠ހުވަފެނުގެ ސާހިބާ އެހަރަ ވަޑައިގަންނަވަނީ!


އެ ހިނދު ޔަހޫޛާ އޭނާގެ އަޚުންނަށް މިފަދައިން ޚިޔާލު ދިނެވެ. ”⁠އަހަރެމެންގެ ކޮއްކޮ މަރާލާފައި، އެކަލޭގެ ހަށިގަނޑު ފޮރުވުމުން އަހަރެމެންނަށް އެކަމުން ކުރާނީ ކޮންފައިދާއެއް؟


އެއަށް ފަހު އެބައިމީހުން އަތްދިގު ރިދާކޮޅު ހިފައިގެން ގޮސް އެބައިމީހުންގެ ބަފައިކަލުންގެ އަތްޕުޅަށް އަރުވައި މިފަދައިން ދެންނެވިއެވެ. ”⁠މި ރިދާ އަޅުގަނޑުމެންނަށް ފެނުނީ މައިދާނުގެ ތެރެއިން! މިއީ ބަފައިކަލުންގެ ދަރިކަލުން ޔޫސުފުގެ ރިދާކޮޅުތޯ؟⁠“


ޔަޢުޤޫބުގެފާނަށް އެ ރިދާކޮޅު ފެނިވަޑައިގެންނެވި ހިނދު ޙައިރާންވެ ވަޑައިގެން ހުންނަވާ މިފަދައިން ވިދާޅުވިއެވެ. ”⁠މިއީ އަހަރެންގެ ދަރިކަލުންގެ ރިދާ! ކޮންމެވެސް ވަލުޖަނަވާރަކު އަހަރެންގެ ދަރިފުޅު ޔޫސުފަށް ޙަމަލާދީ މަރައި ކުދިކުދި ކޮށްގެން ކައިފި.⁠“


އެކަލޭގެފާނުގެ އަޚުންނަށް އެކަލޭގެފާނު މިފަދައިން ވިދާޅުވިއެވެ. ”⁠އަހަރެންނަކީ ޔޫސުފު. އަހަރެންގެ ބަފައިކަލުން މިއަދު ދުނިޔޭގައި އެބަ ހުންނެވިތަ؟⁠“ ނަމަވެސް އެކަލޭގެފާނުގެ އަޚުން އެކަލޭގެފާނަށް ޖަވާބެއް ނުދެއްވައި ހަނުހިމޭނުން ތިއްބެވެ. އެއީ ކަލޭގެފާނުދެކެ އެބައިމީހުން ބިރުގަނެފައި ވުމުގެ ސަބަބުންނެވެ.


ފާފަވެރިން ބުނާ ބަސްތައް އަހައި އެމީހުންގެ ވަސްވާސްތަކަށް ނުހެއްލޭށެވެ.


އެމީހުންނަކަށް ނުބައި ކަމެއް ކޮށްނުލައެއް ނުތިބެވޭނެއެވެ. އަދި އެމީހުން ބޭނުންވާނީ އަވަސްގޮތަކުން މީހަކު މަރާލުމަށެވެ.


ނަފްރަތުކަން ހިތުގައި ފޮރުވައިގެން ހުންނާނީ ދޮގުވެރިޔާއެވެ. ނެތިމޮށޭ މީހާ އަކީ މޮޔައެކެވެ.


ރުޅި އައުމަކީ އަނިޔާވެރި މުސީބާތެއް ކަހަލަ ކަމެކެވެ. އެކަމަކު ހަސަދަވެފައި ހުންނަ މީހާ އެއަށް ވުރެން މާ ނުރައްކާތެރިއެވެ.


ފާފަތައް ފޮރުވާ މީހާއަކަށް ކާމިޔާބެއް ނެތެވެ. ފާފަތަކަށް އިޢުތިރާފްވެ އެނބުރިގަންނަ މީހާއަށް ރަޙުމަތް ލައްވައެވެ.


އެއީ ކިބުރުވެރި ބެލުން ބަލާ ލޯތަކާއި ދޮގުހަދާ ދޫތަކާއި ކުށެއްނެތް މީހުން މަރާ އަތްތަކެވެ.


އަހަރެން މި ދުނިޔޭގައި ހިނގާ ކަންތައްތަކުގެ ވާހަކަ ދެއްކުމުން ވެސް ކަލޭމެން އަހަރެން ދެއްކި ވާހަކަތަކެއް ގަބޫލެއް ނުކުރި. ވީއިރު އަހަރެން ކަލޭމެންނަށް ސުވަރުގޭގައި ހިނގާ ކަންތަކުގެ ވާހަކަ ކިޔާދިނަސް އެވާހަކަތައް ކަލޭމެންނަށް ގަބޫލުކުރެވޭނީ ކިހިނެއް؟


އެއްދުވަސްވަރެއްގައި އަހަރެމެން ވެސް މޮޔަކަން މަތީ ނުކިޔަމަންތެރިވީމެވެ. އަހަރެމެން ދާންވީ މަގު ނޫން މަގަކުން ގޮސް ނުބައި އެދުންތަކުން ބަނދެވިގެން ވިއެވެ. އެއީ އޭރު އަހަރެމެންގެ ޙަޔާތް ނުބައިވެގެންވީ ކަންތަކުން ފުރި ޙަސަދަވެރި ވެފައި ވީތީއެވެ. އެހެންމީހުން އަހަރެމެންދެކެ ނަފްރަތު ކުރިފަދައިން އަހަރެމެން ވެސް އެމީހުންނާއިމެދު ނަފްރަތު ކުރީމެވެ.


އަހަންނަށް ވެސް އެނގޭ އިސްރާއީލުގެ ރަސްކަން ލިބޭނީ ކަލެއަށް ކަން. އަދި އިސްރާއީލުގެ ރަސްކަން ގާއިމުވެގެން ދާނީ ކަލޭގެ ވެރިކަމުގައި ކަން.


ޝާއުލްގެފާނު ދާއޫދު އަތުލައި ގެންނެވުމަށް ތިންހާސް ފަހުލަވާނުންގެ ލަޝްކަރަކާއެކު ޒީފުގެ ސަހަރާގެ ތެރެއަށް ވަޑައިގެންފިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ