ފެށުން 37:2 - ކިތާބުލް މުޤައްދަސާ2 މި ބަޔާންކުރަނީ ޔަޢުޤޫބުގެފާނުގެ އާއިލާގެ ތެރޭގައި ހިނގާދިޔަ ޙާދިސާތަކެވެ. ޔޫސުފުގެފާނުގެ އުމުރުފުޅުން ސަތާރަ އަހަރުގައި އެކަލޭގެފާނުގެ އެއްބަފާ އަޚުންނާއި އެކުގައި ހުއިހެއްޕެވުމުގެ މަސައްކަތްޕުޅު ކުރެއްވުމުގައި އުޅުއްވިއެވެ. އެއީ އެކަލޭގެފާނުގެ ބަފައިކަލުން ދެ ޖާރިޔާއިން ކަމުގައިވާ ބިލްހާ އާއި ޒިލްފާއާ ކައިވެނި ބައްލަވައިގަތުމަށް ފަހު ލިބިވަޑައިގަތް ދަރިންނެވެ. އެކަލޭގެފާނު އެކަލޭގެފާނުގެ ބޭބެމެން ކަންތައްތައް ކުރަމުން ގެންދާ ބައެއް ގޯސްކަންތަކުގެ ވާހަކަ ބަފައިކަލުންގެ އަރިހުގައި ދަންނަވައެވެ. အခန်းကိုကြည့်ပါ။ |
މިއީ އުޑުތަކާއި ދުނިޔެ އުފެއްދެވި ގޮތުގެ ވާހަކައެވެ. މަތިވެރި ރަސްކަލާނގެ، އެކަލާނގެ ދުނިޔެއާއި އުޑުތައް އުފެއްދެވިއިރު ގޮވާން އަޅާ ގަސްތަކެއް ހުރި ދަނޑެއް، ނުވަތަ ދަނޑެއްގައި ހައްދާ ކަހަލަ ގަސްތަކެއް ވެސް އަދި ދުނިޔޭގެ ތަނަކު ނުވެއެވެ. މަތިވެރިރަސްކަލާނގެ އޭރަކު ދުނިޔެއަށް ވިއްސާރައެއް ވެސް ނުފޮނުއްވައެވެ. އަދި ދުނިޔޭގެ ބިމަކު ދަނޑެއް އެއްޗެއް ހައްދާނެ އިންސާނަކު ވެސް ނުމެނެތް މެއެވެ.
މިތަނުގައި އިސްރާއީލުގެފާނު ފޭލިގެ ޖައްސަވައި ދިރިއުޅުއްވަމުން ގެންދެވި ދުވަސްތަކުގައި އެކަލޭގެފާނުގެ އެންމެ ދޮށީ ފިރިހެން ދަރިފުޅު ރައޫބައިން އެކަލޭގެފާނުގެ ޖާރިޔާއެއް ކަމުގައިވާ ބިލްހާ އާއިއެކުގައި ޖިންސީގުޅުން ހިންގި ޚަބަރު ޔަޢުޤޫބުގެފާނަށް ލިބިވަޑައިގަތެވެ. ޔަޢުޤޫބުގެފާނަށް ލިބިވަޑައިގެންނެވީ ބާރަ ފިރިހެން ދަރިންނެވެ.
އެ ހިނދު ތިޔަބައިމީހުން މިފަދައިން ބުނޭ. ’އަޅުގަނޑުމެންނީ ދިރިއުޅުމަށްޓަކައި ޖަނަވާރު ހުއިހައްޕާ ބަޔަކީމުއޭ. އަޅުގަނޑުމެންގެ ކާބަފައިން ވެސް ކުރި މަސައްކަތަކީ ވެސް މި މަސައްކަތޭ.‘ އެއަށް ފަހު މިޞްރުގެ ރައްޔިތުންނާއި ދުރުގައި ޖާސާންގެ ސަރަހައްދުގައި ތިޔަބައިމީހުން ދިރިއުޅުމަށް ރަސްގެފާނު ހުއްދަ ދެއްވާނެ. ސަބަބަކީ ހުއިހައްޕާ މީހުންނާއި ކައިރީގައި އުޅުމަށް އެބައިމީހުން ހިތްހަމަ ނުޖެހޭނޭތީވެ.“
މިއީ ނޫޙުގެފާނުގެ ވާހަކައެވެ. ނޫޙުގެފާނަކީ މާތްކަލާނގެ ރުހިވޮޑިގަންނަވާ ގޮތަށް އުޅުއްވި ބޭކަލެކެވެ. އަދި އެކަލޭގެފާނަކީ އެކަލޭގެފާނު އުޅުއްވި ޒަމާނުގެ މީހުންގެ ތެރެއިން ބަދުނާމުތަކުން ހުސްދުރުވެގެން ޞާލިޙުކަން މަތީގައި އުޅުއްވި ބޭކަލެކެވެ. އެކަލޭގެފާނު މާތްރަސްކަލާނގެ ރުހިވޮޑިގަންނަވާ ފަދަ ގާތްގުޅުމެއްގެ މަތީ ހިންގަވާވަޑައިގެން އެކަލާނގެއަށް އީމާންވުންމަތީ ދެމިހުންނެވިއެވެ.