19 އަދި އެބައިމީހުންގެ އެކަކު އަނެކަކަށް ބުނަމުން ދިޔައެވެ. ”ހުވަފެނުގެ ސާހިބާ އެހަރަ ވަޑައިގަންނަވަނީ!
އެކަލޭގެފާނަށް އަވަހާރަފުޅުލެއްޕެވުނު ހިނދު ބިމުންފެށިގެން އުޑާއި ހަމައަށް ފޯރާވަރުގެ ހަރުގަނޑެއް އެކަލޭގެފާނަށް ހުވަފެން ފުޅުގައި ފެނިވަޑައިގަތެވެ. މާތްކަލާނގެ މަލާއިކަތުން އެ ހަރުގަނޑުން އަރުއްވައި އަދި ފައިބައި ވަޑައިގަންނަވާތަން ވެސް ފެނިވަޑައިގަތެވެ.
ޔޫސުފުގެފާނުގެ އެންމެހާ އަޚުން އެކަލޭގެފާނާއި މެދު ހަސަދަވެރިވި ކަމުގައި ވިނަމަވެސް އެކަލޭގެފާނުގެ ބަފައިކަލުން މި ހުވަފެނުގެ ތަޢުބީރާއިމެދު ވިސްނަވަމުން ގެންދެވިއެވެ.
ޔޫސުފުގެފާނު އެކަލޭގެފާނުގެ އަޚުންނާއި ދިމާއަށް ވަޑައިގަންނަވަމުން ގެންދެވިތަން ދުރުން އެބައިމީހުންނަށް ފެނި އެކަލޭގެފާނު އަވަހާރަކޮށްލެއްވުމަށް ރޭވުންތައް ރާވަމުން ގެންދިޔައެވެ.
އެކަލޭގެ މަރާލާފައި އެކަލޭގެ ހަށިގަނޑު މިތަނުން ވަޅަކަށް ވައްޓާލަމާ ހިނގާ. އަހަރެމެން ބަފައިކަލުން އަރިހަށް ގޮސް ދަންނަވާނީ ވަލުޖަނަވާރެއް އައިސް އެކަލޭގެ މަރައި ކާލައިފިކަމުގައި. އޭރުން އެނިމުނީނު؟ ދެން އެކަލޭގެ ހުވަފެންތަކަށް ވާގޮތެއް ވެސް އެނގިދާނެތާ.“
އެއްރެއަކު ޔޫސުފުގެފާނަށް ހުވަފެންފުޅެއް ފެނިވަޑައިގެންނެވިއެވެ. އަދި އޭގެ ފަހުން ދުވަހެއްގައި އެކަލޭގެފާނުގެ އަޚުންނަށް އެ ހުވަފެންފުޅު ކިޔައިދެއްވުމުން އިހުނަށް ވުރެން ބޮޑަށް އެކަލޭގެފާނުގެ އަޚުން ނަފްރަތު ކުރިއެވެ.
”ދުނިދަނޑި ޖަހާ މީހުން އޭނާއަށް އަނިޔާވެރި ގޮތުގައި ޙަމަލާދީ ރުޅިވެރިކަމާއެކު އޭނާއާ ދިމާއަށް ތީރު އުކި.“