Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 37:15 - ކިތާބުލް މުޤައްދަސާ

15 އެހިސާބުގައި އެކަލޭގެފާނު ބޭބެމެން ނުފެނިގެން އުޅުއްވަނިކޮށް މީހަކާއި ދިމާވެ ވަޑައިގަތެވެ. އަދި އެމީހާ އެކަލޭގެފާނަށް ދެންނެވިއެވެ. ”⁠ތިބާ ތިޔަ ހޯއްދަވަނީ ކޮންއެއްޗެއް؟⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 37:15
10 ပူးပေါင်းရင်းမြစ်များ  

އޭގެ އަނެއްދުވަހު ވަރަށް ހެނދުނުގެ ވަގުތެއްގައި ކެއިންބުއިމަށް ބޭނުންވާނޭ ތަކެއްޗާއި ޖަނަވާރުގެ ހަމުން ހަދާފައިވާ ހަމެއްގެފުރާ ފެންއެޅުމަށް ފަހު އިބްރާހީމްގެފާނު އެހަން ހާޖަރުގެ ކޮނޑަށް ލައްވައި ދެއްވިއެވެ. އެއަށް ފަހު އިސްމާޢީލްގެފާނާއި ދެމައިން އެގެއިން ފޮނުއްވާލެއްވިއެވެ. ދެން އެ ދެމައިން ވަކި މިޞްރާބެއްނެތި ބިއުރުސަބްޢައާ ކައިރީގައިވާ ސަހަރާތެރޭގައި ހިނގަމުން ދިޔައެވެ.


އެ ހިނދު އެކަލޭގެފާނުގެ ބަފައިކަލުން މިފަދައިން ވިދާޅުވިއެވެ. ”⁠އެސަރަހައްދަށް ދޭ. އަދި ތިބާގެ އަޚުންނާއި ކަންބަޅިތަކުގެ ޙާލަކީ ކޮބައިތޯ ބެލުމަށް ފަހު އެނބުރި އައިސް އަހަރެންނަށް އެބައިމީހުންގެ ޚަބަރުދީ.⁠“ އެގޮތުގެ މަތިން ޔަޢުޤޫބުގެފާނު އެކަލޭގެފާނުގެ ދަރިކަލުން ޔޫސުފުގެފާނު ޙަބްރޫންގެ ވާދީން ފޮނުއްވިއެވެ. ޔޫސުފުގެފާނު ޝަކީމްގެ ރަށްބޭރާ ހަމައަށް ވަޑައިގެންނެވިއެވެ.


ޔޫސުފުގެފާނު ޖަވާބު ދެއްވިއެވެ. ”⁠އަހަރެން މި ހޯދަމުން ގެންދަނީ އަހަރެންގެ އަޚުންނާއި އެބައިމީހުންގެ ކަންބަޅިތައް. ތިބާ އެބައިމީހުން ދުށީމުތަ؟⁠“


އީސާގެފާނު ފަހަތްޕުޅަށް ބެއްލެވި ހިނދު އެމީހުން އަންނަތަން ފެނިވަޑައިގެން އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠ކަލޭމެން ތިޔަ ހޯދަނީ ކޯންޗެއް؟⁠“ އެމީހުން ޖަވާބުގައި ދެންނެވިއެވެ. ”⁠އެދުރުކަލޭގެފާނު. ކަލޭގެފާނު ހުންނަވަނީ ކޮންތާނކު؟⁠“


ވާން މިއުޅެނީ ކީއްކަން ރަނގަޅަށް އީސާގެފާނަށް އެނގިވަޑައިގެންވިއެވެ. ނަމަވެސް އެކަލޭގެފާނު ކުރިއަށް ޖެހިވަޑައިގެން ވިދާޅުވިއެވެ. ”⁠ކަލޭމެން ތިޔަ ހޯދަނީ ކާކު؟⁠“


ދެން އަނެއްކާވެސް އީސާގެފާނު ވިދާޅުވިއެވެ. ”⁠ކަލޭމެން ތިޔަ ހޯދަނީ ކާކު؟⁠“ އެމީހުން ޖަވާބުގައި ބުންޏެވެ. ”⁠އަހަރެމެން މިހޯދަނީ ނާޒަރަތުގެ އީސާ.⁠“


އީސާގެފާނު އޭނާ ކުރެން އެއްސެވިއެވެ. ”⁠ކަމަނާ ތިޔަ ރޮނީ ކީއްވެ؟ ކަލޭ ތި ހޯދަނީ ކާކު؟⁠“ އޭނާ ހީކުރީ އެއީ އެބަގީޗާ ބަލަހައްޓާ މީހާ ކަމަށެވެ. އެހެންވެ އޭނާ އެމީހާއަށް ބުންޏެވެ. ”⁠ބޭބޭ، ބޭބެ، އެކަލޭގެފާނުގެ ހަށިކޮޅު ތަނަކަށް ލީނަމަ ބުނެބަލަ. އަހަރެން ގޮސް އެކަލޭގެފާނުގެ ހަށިކޮޅު އެތަނަކުން ގެންނާނަން.⁠“


ހަމަ އެ ވަގުތު އެކަލޭގެފާނުގެ އަސްޙާބީން ކާއެއްޗެތި ގަނެގެން އެނބުރި އައެވެ. އެކަލޭގެފާނު އަންހެނަކާއި ވާހަކަދައްކަވަނިކޮށް ފެނުމުން އެމީހުން ހައިރާންވިއެވެ. ނަމަވެސް އޭގެން އެކަކު ވެސް އެކަލޭގެފާނު އެ އަންހެންމީހާ އާއި ވާހަކަދެއްކެވީ ކީއްވެތޯ ނުވަތަ ކޮން ބޭނުމަކު ތޯ ސުވާލެއް ނުކުރެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ