ފެށުން 37:14 - ކިތާބުލް މުޤައްދަސާ14 އެ ހިނދު އެކަލޭގެފާނުގެ ބަފައިކަލުން މިފަދައިން ވިދާޅުވިއެވެ. ”އެސަރަހައްދަށް ދޭ. އަދި ތިބާގެ އަޚުންނާއި ކަންބަޅިތަކުގެ ޙާލަކީ ކޮބައިތޯ ބެލުމަށް ފަހު އެނބުރި އައިސް އަހަރެންނަށް އެބައިމީހުންގެ ޚަބަރުދީ.“ އެގޮތުގެ މަތިން ޔަޢުޤޫބުގެފާނު އެކަލޭގެފާނުގެ ދަރިކަލުން ޔޫސުފުގެފާނު ޙަބްރޫންގެ ވާދީން ފޮނުއްވިއެވެ. ޔޫސުފުގެފާނު ޝަކީމްގެ ރަށްބޭރާ ހަމައަށް ވަޑައިގެންނެވިއެވެ. အခန်းကိုကြည့်ပါ။ |
އެންމެފަހުން ޔަޢުޤޫބުގެފާނު، އެކަލޭގެފާނު ބަފައިކަލުން އިސްޙާޤުގެފާނުގެ އަރިހަށް ވަޑައިގަތެވެ. އެ ހިނދު އިސްޙާޤުގެފާނު ދިރިއުޅުއްވަމުން ގެންދެވީ ޤަރްޔަތު އަރްބަޢު (މިހާރުގެ ނަމުން ޙަބްރޫނު) ގެ ކައިރީގައިވާ މަމްރާ ގައެވެ. މިތަނަކީ އިސްޙާޤުގެފާނާއި އެކަލޭގެފާނުގެ ބަފައިކަލުން އިބްރާހީމްގެފާނާއި ދެބަފައިކަލުން ބީރައްޓެހިންގެ ގޮތުގައި ދިރިއުޅުއްވި ރަށް ވެސް މެއެވެ.