ފެށުން 37:13 - ކިތާބުލް މުޤައްދަސާ13 އެބައިމީހުން އެސަރަހައްދަށް ދިޔުމަށް ފަހު ޔޫސުފުގެފާނުގެ ބަފައިކަލުން ޔަޢުޤޫބުގެފާނު އެކަލޭގެފާނަށް މިފަދައިން ވިދާޅުވިއެވެ. ”ތިބާގެ އަޚުން ގޮސްވީ ޝަކީމް އާއި ކައިރި ސަރަހައްދެއްގައި ކަންބަޅިތަކާއިގެން ހުއިހެއްޕެވުމަށް. އަހަރެން ބޭނުން ވަނީ ތިބާ އެބައިމީހުންގެ ގާތަށް ޒިޔާރަތްކުރުމަށް.“ ޔޫސުފުގެފާނު ޖަވާބުގައި ދެންނެވިއެވެ. ”އަޅުގަނޑު ދިއުމަށް ތައްޔާރުގައި ހުރީމު.“ အခန်းကိုကြည့်ပါ။ |
އިސްޙާޤުގެފާނު މުސްކުޅިފުޅުވެ ލޯފުޅުގެ ފެނުން ވަނީ ބަލިކަށިވެފައެވެ. އެހެންވެ އެކަލޭގެފާނުގެ ލޯފުޅަށް ސާފުކޮށެއް ފެނިވަޑައެއް ނުގަންނަވައެވެ. އެއްދުވަހަކު އެކަލޭގެފާނުގެ ދޮށީ ދަރިކަލުން ޢީސޫއަށް ”މަގޭ ދަރިފުޅާ“ އޭ ވިދާޅުވެ ގޮވާލެއްވިއެވެ. އެ ހިނދު ޢީސޫ އެކަލޭގެފާނުގެ އަރިހަށް އައިސް ދެންނެވިއެވެ. ”އާދެ، ބައްޕާފުޅާ، އަޅުގަނޑު ބައްޕާފުޅަށް ކޮށްދޭންވީ ކޮންކަމެއްތޯ؟“