ފެށުން 37:11 - ކިތާބުލް މުޤައްދަސާ11 ޔޫސުފުގެފާނުގެ އެންމެހާ އަޚުން އެކަލޭގެފާނާއި މެދު ހަސަދަވެރިވި ކަމުގައި ވިނަމަވެސް އެކަލޭގެފާނުގެ ބަފައިކަލުން މި ހުވަފެނުގެ ތަޢުބީރާއިމެދު ވިސްނަވަމުން ގެންދެވިއެވެ. အခန်းကိုကြည့်ပါ။ |
އަދި މީގެ އަހަރުތަކެއް ކުރިން ޔޫސުފުގެފާނުގެ ކުރިފުޅުމަތީގައި އެކަލޭގެފާނުގެ އެންމެހާ އަޚުން ކުރުނީސް ކުރަނިކޮށް ފެނިވަޑައިގެންނެވި ހުވަފެންފުޅުގެ މަތިން އެކަލޭގެފާނަށް ހަނދުމަފުޅު ވިއެވެ. އެ ހިނދު އެކަލޭގެފާނު މިފަދައިން އެބައިމީހުންނަށް ވިދާޅުވިއެވެ. ”ކަލޭމެންނަކީ ޖާސޫސުކުރާ ބަޔަކީމު! ކަލޭމެން މި ޤައުމަށް ތިޔަ އައީ މި ޤައުމުގެ ބަލިފަޔަކީ ކޮބައިތޯ ބެލުމަށް!“
އަނެކާއަށް ރަނގަޅުގޮތެއްވާން ނޭދުން، މަސްތުވުން، ލަދުވެތި އަމަލު ތަކާ އިސްރާފުކުރުމަށް ހަފްލާތައް ބޭއްވުން އަދި އެހެން ވެސް ފާފަތައް ކުރުމެވެ. އަހަރެން ކަލޭމެން ގާތު ކުރިން ބުނި ފަދައިން އަނެއްކާވެސް ބުނަމެވެ. މިފަދަ އަމަލުތައް ކުރާ މީހުންނަށް މާތްރަސްކަލާނގެ ޙަޟްރަތުގައި އެއްވެސް ޖާގައެއް ނުވެއެވެ.
އެއްދުވަސްވަރެއްގައި އަހަރެމެން ވެސް މޮޔަކަން މަތީ ނުކިޔަމަންތެރިވީމެވެ. އަހަރެމެން ދާންވީ މަގު ނޫން މަގަކުން ގޮސް ނުބައި އެދުންތަކުން ބަނދެވިގެން ވިއެވެ. އެއީ އޭރު އަހަރެމެންގެ ޙަޔާތް ނުބައިވެގެންވީ ކަންތަކުން ފުރި ޙަސަދަވެރި ވެފައި ވީތީއެވެ. އެހެންމީހުން އަހަރެމެންދެކެ ނަފްރަތު ކުރިފަދައިން އަހަރެމެން ވެސް އެމީހުންނާއިމެދު ނަފްރަތު ކުރީމެވެ.